އެމްޕީއެލް ސަރަހައްދުގައި ހިންގާ ފިހާރައަކުން ހިދުމަތް ހޯދަން މިދިޔަ ހަފުތާގައި ބަޔަކު ބޮނޑިވެގެން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
08 ޖޫން 2021 - 23:36
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މަހުގެ 25 އިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް އެޗްޕީއޭ އިން މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތައް އަންނަ އަންގާރަ ދުވަހާ ހަމައަށް ދަންމާލައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމުގައި ވަނީ، ކޮވިޑުން ރައްކާތެރިވުމަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ހަތް ދުވަހަށް ދަންމާލާފައިވާ ކަމަށެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އާދަޔާ ހިލާފަށް މައްޗަށް ދާން ފެށުމުން އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ 25 އިން ފެށިގެން ވަނީ ލޮކްޑައުން އިއުލާންކޮށްފަ އެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ހެނދުނު 8 އަށް ކާފިއު ހިންގާފައިވާއިރު، އެ ނޫން ގަޑިތަކުގައި ވެސް އެއްވެސް މީހަކަށް ބޭރުތެރޭގައި އުޅެވެނީ ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. އަދި އެ މުއްދަތުގެ މާ ކުރިން ފެށިގެން ވަނީ މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުކޮށްފަ އެވެ. އެ ތަންތަނުން ހަމައެކަނި ދެވެނީ ޑެލިވަރީ/ޓޭކްއަވޭގެ ހިދުމަތެވެ.
ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން، މާލެ ސަރަހައްދުން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ދަށްވާން ފަށައިފަ އެވެ.
މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި، މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ހަފުތާއެއް ފަހުން ލުޔެއް ދެވޭތޯ ބަލަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކިތާ
09 June 2021
ޓޭކަވޭ ޚިދުމަތޭ ކިޔާއިރު ކިތައް ތަނުގައި ބަންދު ބޯޑު އަޅުވައިގެން ރޭގަނޑު 12 ޖަހަންދެން އެތެރެއަށް މީހުން ވައްދައިގެން ވިޔަފާރި ކުރަނީ. ގިނަ ކެފޭ ރެސްޓޯރަންޓްތަކުގައި ބަންދު ބޯޑުއެކަނި އަޅުވާފައި އޮންނަނީ. އެތެރެ ފުރެންދެން މީހުން އުޅޭ
ސޯ--ވަޓް
09 June 2021
ތިބުނާ ކަންކަން ކުރިއަށްދާއިރުވެސް އަދަދުތައް މަދުވާނަމަ ތިކަމުގަ އެއްވެސް މައްސަލައެއްނެތް.
ށަވިޔަނި
09 June 2021
ފޯރޑް ކިޔެވުމުގެ އެއްވެސް ބޭނުމެއްނެތް. މިހާރު މީހާ މޮޅުވަނީ ގޮނޑިއަކަށް އެރުމުން. ހަމަ ގޮނޑީގައި ފޫކޮޅު ބީހޭއިރަށް ޕްރޮފެސަރަކަށްވުރެވެސް މޮޅުއެބަވޭ. އެވެސް ހުރިހާ ޢިލްމަކުން.
އިބްރާހީމްބެ
09 June 2021
އަސްތާ! އާން ތިހާ ވަރަކަށް ދެން ހަރުކަށިވާނީ.
ގިތެޔޮގުޅި
09 June 2021
އަޅުގަނޑު ދަންނަވާނީ ހަރުކަށްޓޭ ކިޔާވަރެއް ނޫނޭ މިހާރުގެ ފިޔަވަޅުތަކެއް. އެއްވެސް ދަތިކަމެއް ނެތޭ ކަންކަން ކުރުމުގައެއް. މިއީ އަޅުގަނޑުގެ ތަޖުރިބާ.
އާރީ
09 June 2021
އިންޑިޔާ މީހުންނަށް ފުރަފުރައިގެން ގޮސް އައިސް ހެދޭ . މި ކޮން އުސޫލެއް
ހާރީ
09 June 2021
އެއީ އަޅުވެތިވުމުގެ އުސޫލުގެ ތެރެއިން ހިނގާ ކަންކަން.
ފިކުރު
09 June 2021
ހަރުކަށި ފިކުރު ނުގެންގުޅޭށޭ ކިޔާފަ ހަރުކަށި ފިޔަވަޅު އަޅައިގެން އެތިބެނީ.
މޯޑް
08 June 2021
ވެކުސިން ފުރިހަމަ ކުރުމުގެ ބޭނުމެއް ނެތް ގައުމެއް މިނޫނީ ދުނިޔޭގަ ވެސް ނެތް ކަންނޭ. އެހެން ގައުމްތަކުގަ ދެޑޯޒް ޖެހި އެއްމެންނަށް ވެސް ދަތުރު ފަތުރުގެ ލުއި ކުޅިވަރު ދަނޑް ތަކަށް ވަދެ މީނޫސް ވެސް އެތަށް ލުޔެއް ދީ ނޯމަލް ކޮށް އެ އުޅެނި. މި އެޗްފީ އޭގަ މިތިބެނި ކޮން ތާކުން ކޯއްޗެއް ކިޔަވައިގެން އައިސް ތިބި ބައެއްބާ?
ފޯރޑް
09 June 2021
ކިތައްމެ ކިޔަވައިގެން ތިއްބަސް ގޮތް ނިންމަން ވޯޓް ދީގެން ހޮވާފަ ހުރީ ނުކިޔަވާ ހުރި މީހެއް.
އޯޑް
09 June 2021
މައްސަލައަކީ ހެޔޮފުޅުކަމުގެ ތެރެއިން ހިލޭ ޖެހި ވެކްސިނުގެ ބާރެއް ނެތުން. އަދި އެވާހަކަ ދެއްކުމުގެ މިނިވަންކަވެސް ނެތުން. އަދި ދެން ނުޖަހާނަމޭ ބުނުމުގެ ހައްގު ނެތުން. އަޅުވެތިކަމަކީ ބަޔަކު ބަޑި ހިފައިގެން އެރުމެއް ނޫން މިޒަމާނުގައި.