އެމްޓީސީސީގެ ސީއީއޯ އާޒިމް އާއި އެމްއެންޑީއެފްގެ ސާވިސް ކޯ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެމްޓީސީސީ
15 ޖޫން 2021 - 09:44
ކ. ގިރިފުށި ބަނދަރު ތަރައްގީކުރުމަށް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފްގެ ހެޑްކުއާޓާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސާވިސް ކޯ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރާނީ 314 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 18.35 މިލިއަން ރުފިޔާއަށެވެ. އަދި އެއްބަސްވުމުގައި ބުނެފައިވާގޮތުގައި މި މަސައްކަތް 145 ދުވަސްތެރޭ ނިންމަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
15 June 2021
ދިވެހިންނަށް އެނގޭތަ ތިކަހަަ މަސައްކތް ކުރަން. އިންޑިއާއަކަށް ނޫންތަ ތިޒާތުގެ ކަންކަން އެނގެނީ
އައްބެ
15 June 2021
ދެންކީއްވެބާ އުތުރު ތިލަފަޅުގެ ބަނދަރު އެމްޓީސީސީއަށް ނުދީ އިންޑިޔާއަށް ދޭން ތިއުޅެނީ.
ލޮލްލޮލްލޮލް
15 June 2021
އެމްޓީސީއަށްތޯ އިންޑިއާއަށްތޯ؟ މިހާރުވާނެ ޑަބަލް ޗެކްކޮށްލަން.
ވަރަ
15 June 2021
އިންޑިޔާއިން ނުކުރީ ކީއްވެތޯ. ތީ ދިވެހިންނަށް ކުރެވޭ ވަރުގެ ކަމެއްތަ؟
ރަދީފްއޮފިޝިއަލް
15 June 2021
އަހަރެން ހިތާމަކުރަން ތިޔާ މަސައްކަތްވެސް އިންޑިޔާގެ ކުންފުންޏަކަށް ނުދިނީމަ.ލަދު ކޮބާ؟/ ވ.ވެދުން
ސިވެކް
15 June 2021
ހަދަނވީ ގޮތަކީ ސިފްކޯއާއި ސިވެކް އުވާލަންވީ. ކުދި ވިޔަފާރިތައް ފުނޑެނީ.. ހުރިހާ ވިޔަފާރިއެއް ސިފައިން ފުލުހުން.