މަގުމަތީގައި ރެންޑަމް ސާމްޕަލް ނަގަނީ.
15 ޖޫން 2021 - 19:01
ކޮވިޑް-19 ގެ ކޭސްތައް މަދުވާން ފެށުމާ އެކު މަގުމަތީގެ އެކި ހިސާބުތަކުން ރެންޑަމް ސާމްޕަލް އަލުން ނަގަން ފަށައިފާވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެކްޓިވް ސަވައިލަންސްގެ މަސައްކަތްތަކާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާތީ މަޑުޖައްސާލުމަށް ފަހު މިހާރު އަލުން ފަށާފައިވާ ކަމަށެވެ.
ޕޮޒިޓިވްވާ މީހުންގެ 80 ޕަސަންޓް މީހުންގެ ކޮންޓެކްޓް ޓްރޭސިން 24 ގަޑިއިރު ތެރޭ ނިިންމަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި 48 ގަޑިއިރު ތެރޭ ހުރިހާ ކޭސްތަކެއްގެ ކޮންޓެކްޓް ޓްރޭސިން ނިންމަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކޮންޓެކްޓް ޓްރޭސިން އާއި އެކްޓިވް ސަވައިލަންސް މަޑުޖައްސައިލުމުން މިހާރު ފެންނަ ގިނަ ކޭސްތައް އެހެން ކޭސްތަކާ ގުޅުމެއް ނެތެވެ. އޭނާ ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން 62 ޕަސަންޓް ކޭހަކީ އެ ފަދަ "އަންލިންކް" ކޭސްތަކެވެ.
ފްލޫ ކުލިނިކްތަކުން ނަގާ ސާމްޕަލްތައް ނިސްބަތުން މަދުވެފައިވީ ނަމަވެސް 23 ޕަސެންޓްއާ ހަމައަށް ފްލޫ ކުލިނިކުން ޕޮޒިޓިވް ކޭސްތައް ފެނިފައިވެ އެވެ. ފްލޫ ކުލިނިކުތަކުން ސާމަޕަލް ނަގާ މިންވަރު މަދުވެފައިވަނީ ކާފިއު ގަޑިތަކުގައި ބޭރަށް ނުކުންނަ މީހުންގެ އަދަދު މަދުވުމުން ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައި
16 June 2021
ނަގާ ކޮންމެ ސާމްޕަލަކަށް ލިބެޔޯ ވަކިވަރެއް. ބ ނަޒްލާ ބޭނުންވަނީ އަބަދު ލާރި ޖީބަށް ލެވޭނެގޮތަކަށް މިކަން ބޭއްވުން.
އިއްބެގެ
16 June 2021
ބޯ ހަލާކު
ލަސް
15 June 2021
ކުރިއަށްގެންދޭ. އަޑީގަ ކޮންމެވެސް އެހެން ކަމެއްވާނެ.
މަހޭބެ
15 June 2021
މާތްކަލާކޯ ތިވެރިން މުޅިއެތި ގަޑުބަޑުކޮށްފި... މިކަން ނިމުނަކަނުދޭނެ ޑޮކްޓަރުންގެ ޓީމުން ވަރަށް އެންޖޯއީ ކުރާކަމެއް.މޭމަހުގެ ގިނަބަޔަކު މަރުވީވެސް ހަމަ މިޗެރިންގެ އިހްމާލުން
ކިޝޯރު ކުމާރު
15 June 2021
ހެޔޮނުވާނެ. ރެންޑަމްސާމްޕަލް ނުނަގާ. އަދަދުތައް މައްޗަށްދާނެ.
ޢީދުހަދިޔާ
15 June 2021
ދެން ހަމަ ކޭސްތައް ގިނަވާނީ އީދު އަންނަންވާއިރަށް.
ހަސަނުބޭ
15 June 2021
ކީކޭ؟
ރަދީފު ބިން ރަފައިދާ
15 June 2021
ތިވީގޮތުން އަނެއްކާ ނަންބަރުތައް މަތިވާންފަށާނެ. ސަހާދެއް ބޯހަލާކު.