މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަކްޝޭ.

ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާ ފިލްމަކުން އެކްޓިން އަށް ނުކުންނަން، މިދިޔަ އަހަރު މަރުވި އެކްޓަރު އިރުފާން ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ބާބިލް ޚާން ތައްޔާރުވަމުން އަންނަ އިރު، ޑައިރެކްޓަރު ޝޫޖިތު ސިރްކާގެ ޕްރޮޖެކްޓެއްގައި ވެސް މަސައްކަތްކުރަން ފަށައިފި އެވެ.

އެއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަނުކުރި ނަމަވެސް ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ޕްރޮޑިއުސަރު ރޯނީ ލެހެރީގެ އިތުރުން ބާބިލް ވެސް އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ޝޫޖިތާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުނު އިރު، ބާބިލްގެ ބައްޕަ އިރުފާނާ އެކު، ޝޫޖިތު އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2015 ގައި އަމީތާބް ބައްޗަން އާއި ދީޕިކާ ޕަދްކޯން ވެސް މުހިއްމު ރޯލުތަކެއް ކުޅުނު "ޕީކޫ" އެވެ.

ޝޫޖިތަކީ އަޔޫޝްމަން ކްރާނާގެ "ވިކީ ޑޯނާ" އާއި ޖޯން އަބްރަހަމްގެ "މެޑްރާސް ކެފޭ" އަދި ވަރުން ދަަންގެ "އޮކްޓޯބާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވިކީ ކޯޝަލްއާ އެކު ގެނެސްދޭ "ސަރުދާރު އުދަމް ސިންގް" އެވެ.

ބާބިލްގެ އަލަތު ފިލްމަކީ އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން ހަދާ "ގަލާ" އެވެ. އަންވިތާ ދަތު ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ ޓްރިޕްރީ ދިމްރީ އެވެ.

އަކްޝޭގެ ވެބް ސީރީޒް ޖުލައި 9 ގައި

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކަންނާގެ ފުރަތަމަ ވެބް ސީރީޒް "ސްޓޭޓް އޮފް ސީޖް: ޓެމްޕަލް އެޓޭކް" އަންނަ މަހުގެ 9 ގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޒީ5 ގެ މި ސީރިޒަކީ ކެން ގޯޝް ޑައިރެކްޓްކޮށްފައިވާ ވަތަނީ އެއްޗެކެވެ. އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ރޯލް އަކްޝޭ ކުޅެފައިވާ ސީރީޒްގެ ކާސްޓްގައި ގޯތަމް ރޯޑް، އަބިމަންޔޫ ސިންގް، ޗަންދަން ރޯއި، ސަމީރު ސޯނީ، އަކްޝޭ އޮބެރޯއީ، މަންޖާރީ ފަޑްނިސް އަދި މިހިރު އަހޫޖާ ހިމެނެ އެވެ.

"ސްޓޭޓް އޮފް ސީޖް: ޓެމްޕަލް އެޓޭކް" ގައި ކިޔައިދޭނީ ޓެރަރިސްޓުންގެ ބަޔަކު އޮކްޓޯބަރު 22، 2014 ގައި ގުޖްރާތުގެ ގަންދީނަގަރްގައި ހުންނަ އަކްޝްދަރުދަމް ފައްޅި އަށް ދިން ހަމަލާއެއްގައި 30 މީހަކު މަރާލައި 80 މީހަކު ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާއިން ރައްދުގައި ދޭ ދިފާއީ ހަމަލާތަކުގެ ވާހަކަ އެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އަކްޝޭގެ އަތުގައި މިހާރު ރަވީނާ ޓަންޑަނާ އެކު "ލެގަސީ" ގެ ނަމުގައި ކުޅެން ހަމަޖެހިފައިވާ ވެބް ސީރީޒެއް ވެސް އެބަ އޮތެވެ.

ނިކިލްގެ ފިލްމެއް ޝާހިދަށް

ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ ފިލްމެއް ޝާހިދު ކަޕޫރަށް ހުށަހަޅައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ. ނަމަވެސް އެއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. އަންނަ މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އަމްޝޭ ކުމާރުގެ "ބެލް ބޮޓަމް" އަކީ ވެސް ނިކިލް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމުތަކުގެ ތެރެއިން ކުރިން ޝާހިދަށް ހުށަހެޅި ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހިދުގެ ބަދަލުގައި އަކްޝޭ އަށް ފިލްމުން ފުރުސަތު ދިނީ ފިލްމުގެ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓް ގުޅުނު ހިސާބުންނެވެ.

ޝާހިދު މިހާތަނަށް އަދި ނިކިލްގެ ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރު 5 އަށް ތާވަލުކޮށްފައި އޮތް "ޖާޒީ" އެވެ.

ބޮލީވުޑުން އިތުރު ކައިވެންޏެއް

އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ އާނަންދު ތިވާރީ އާއި ބަތަލާ އަންގިރާ ދާރް ކައިވެނިކުރިކަން އިއުލާންކޮށްފި އެވެ.

ދެ ތަރިން ކައިވެނިކުރީ އެޕްރީލް މަހުގެ 30 ގައި ނަމަވެސް އެކަން އިއުލާންކުރީ މި މަހުގެ 25 ގަ އެވެ. އާނަންދު ކައިވެނިކުރި އަންގިރާ އަކީ އޭނާ 2018 ގައި ޑައިރެކްޓްކުރި ފިލްމު "ލަވް ޕާ ސްކެއާ ފީޓް" ގެ ބަތަލާ އެވެ.

އާނަންދު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގޯ ގޯއާ ގޯން" އާއި "ކައިޓްސް" އާއި "ޗަޕާކް" އަދި "އުޅާން" ހިމެނެ އެވެ. އޭނާ ޑައިރެކްޓްކުރި އެއްޗެހީގެ ތެރޭގައި "ޓިކެޓް ޓު ބޮލީވުޑް" އަދި ވެބް ސީރީޒް "ބަންދިޝް ބަންޑިތުސް" ހިމެނެ އެވެ.

"ކޮމާންޑޯ 3" ގެ ބަތަލާ އަންގިރާ އަކީ އަޖޭ ދޭވްގަން ޑައިރެކްޓްކުރަމުން އަންނަ ފިލްމު "މޭޑޭ" ގެ އެއް ބަތަލާ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454