ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޓަވަރުތައް: ސޯޝަލް ހައުސިންގެ ދަށުން އިމާރާތްކުރި މި ފްލެޓްތަކުން ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފްލެޓް ލިބުނު-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
06 ޖުލައި 2021 - 16:05
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި، 16 ބުރީގެ 25 ޓަވަރުން ފްލެޓް ލިބުނު ފަންނީ މީހުން ބޭނުން ނަމަ ފްލެޓް ބަދަލުކުރަން ދިން ފުރުސަތުގައި އެކަމަށް އެދި ނަން ނޯޓުކުރީ އެންމެ 50 އެއްހާ މީހުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކުރިން އިއުލާންކުރި ގޮތުން ނަމަ، ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ބޭނުން ނަމަ ސަރުކާރުން ކުރިއަށް ގެންދާ ގޯތިގެދޮރު މަޝްރޫއުގެ ތެރެއިން މަޝްރޫއަކަށް ފުރުސަތު ބަދަލު ކުރެވިދާނެ އެވެ. ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވާން ބޭނުން ނަމަ ފަންނީ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް އޭރު ދޭން ނިންމި ނަމަވެސް މިހާރު ވަނީ އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެކަމަކު އެގޮތަށް ބަދަލުކުރަން ހުޅުވައިލި ފުރަތަމަ ފުރުސަތުގައި ބަދަލުކުރުމަށް އެދިފައި ވަނީ 50 އެއްހާ މީހުންނެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން ކުރިން ދޭން ނިންމާފައި އޮތީ 475 ފްލެޓެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އަދަދު 233 އަށް ބަދަލުކޮށްފަ އެވެ. ޓީޗަރުންނަށް ހާއްސަަކުރި ފްލެޓުތަކުން 625 ގެ ބަދަލުގައި ދޭން ނިންމީ 523 ފްލެޓެވެ. އެ ފްލެޓްތައް އުނިކުރުމަށް ފަހު ސަރުކާރުން ނިންމީ މާލޭ ރަށްވެހިންނަށް އެ ފްލެޓްތައް ދޭށެވެ.
އެ މީހުންނަށް ސޯޝަލް ހައުސިންގެ ބަދަލުގައި އާމްދަނީގެ ހާލަތަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަޅާފައިވަނިކޮށް، ފްލެޓް ބަދަލުކުރުމުގެ ފުރުސަތު ހުޅުވައިލިއިރު، އެގޮތަށް ފްލެޓް ބަދަލުކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ. ފްލެޓު ބަދަލުކުރުމަށް ނަން ނޯޓުކުރުމުގެ މުއްދަތު އެންމެ ފަހުން އިތުރުކުރިއިރު ސަރުކާރުން ނިންމާފައި ވަނީ ހިޔާ މަޝްރޫއުގެ ހުރިހާ ކެޓަގަރީއަކުން ފްލެޓް ލިބުނު މީހުންނަށް ވެސް އެ ފުރުސަތު ދިނުމަށެވެ.
އެ މީހުންނަށް ފްލެޓް ބަދަލުކުރެވޭނީ ވިނަރެސް މަޝްރޫއަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ކުރަން ފެށި 13 ބުރީގެ 10 ޓަވަރުގެ މަސައްކަތެވެ. އެ ތަންތަނުގައި 1،344 ފްލެޓު ހުންނާނެ އެވެ. މިއީ ހިޔާ ފްލެޓަށް ވުރެ ޖާގައިގެ ގޮތުން ބޮޑު، ރަނގަޅު ފެންވަރުގެ އެޕާޓްމެންޓްތަކެކެވެ.
"ވިނަރެސް" މަޝްރޫއުގައި ހިމެނޭ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ. މި ތަންތަނުގެ އަގު އުޅޭނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
ހިޔާ މަޝްރޫއުގެ ފިނިޝިން ނުނިންމައި އެ ތަންތަން ހަވާލުކުރި ނަމަވެސް "ވިނަރެސް" މަޝްރޫއުގެ ދަށުން ފްލެޓް ދޭނީ އެއްކޮށް މަސައްކަތް ނިންމުމަށް ފަހު އެވެ. އެ ތަންތަން އަންނަ މޭ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
"ވިނަރެސް" ފްލެޓްތައް ވިއްކުމަށް ހުޅުވައިލުމުގެ ކުރިން ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް އެ މީހުން ބޭނުން ތަނަކުން ބޭނުން އެޕާޓްމަންޓެއް ނެގުމުގެ ފުރުސަތު ވެސް ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
07 July 2021
އެހެންވީމަ ހިޔާފުލެޓު ތަ ކަކކ ކީ ވަގުތީ ހައްލެއްގެ ގޮތުގަ އަލާފަ ހުރި ތަންތަން ކަމައް ބެލެވެނީ ހަމަޖެހިލުމުން ބޮޑެތި ތަންތަނައް ބަދަލު ކުރެވޭގޮތައް ޔާމީނު ވަރެއްނެތް
ހެހެ
07 July 2021
ބަދަލު ކުރިޔަސް އެވިއްކާ އަގު ދޭ ކަމުގަ ވަންޔާ ބަދަލު ކުރުމުގެ ބޭނުމެއް ކޮބާ... ތި ކަމުން ސަރުކާރުގެ ވިސުން ހުންނަ ދޯހަޅިކަން އެނގެނީ..
ސަލީމާ
07 July 2021
އެ 50 އެއްހާ މީހުންނަކީ އޮޅިގެން ދެވިފައި ތިބި މީހުން. ބޭނުން ޖެހިފަނެތް މީހުން. ކެންސަލްކުރަން ފެނޭ. އަދި ބެލެކްލިސްޓް ކުރޭ މަކަރާތް ހީލަތުން ފްލެޓް ހޯދަން އެއުޅެނީ
އެމެރިކާ
07 July 2021
މިޅި އޮޑީގަވެސް ރައިސް ޔާމިންގެ ފްލެޓުތަ.
ކައްޕަޅިންދޯ
06 July 2021
ރާއްޖޭގައި ހުރި އެންމެ ކައްޕަޅި ދެމިނިސްޓްރީ އަކީ އެއީ ހައުސިންގް މިނިސްޓްރީ އާއި ތިމާވެށި މިނިސްޓްރީ މަމެން ހައިރާނެއް ނުވަން އެދެ މިނިސްޓްރީން ކުރާ ކައްޕަޅި ކަންކަން ފެނިފައި ތަމެންގެ ކައްޕަޅި ސަރުކާރުދޯ...
ޡަމަ
06 July 2021
މާލެ ރއްވެހިންނަށް ދިންއިރު ދީނީ ކުރިން ފިރިމީހާ އަށް ފްލެޓް ލިބިފަ ހުރިއްޔާ އަނބި މީހާއަށް. ދެމަފިރިން ނަށް ފްލެޓް ލިބުނީމަ ބޯ ހިޔާ ވަނީ. ދެން ދާނީ ފްލެޓް ކުއްޔައްދީފަ ބޭރުގައުމަކަށް
މަގުމަތި
06 July 2021
ހިޔާއިން އުވާލި ކެޓަގަރީގެ މީހުންނަށް ދީބަލަ. އެއީ ތީގެ އެއްމެ ހައްގުވެރިން
ގޯތިނުދެވޭނެއޭ
06 July 2021
ފްލެޓް ބަދަލުކުރަން ފަންނީ ކެޓަގަރީން ހުށަހެޅީ މަދު ބައެއް ކަމަށްވާނަމަ މީ ވަރަށް ބޮޑަށް މަމެން ހިތާމަ ކުރަން ޖެހޭނެ ކަމެކޭ މިސަރުކާރު ވެރިކަމަށް އައިސް ފުރަތަމަ ވެސް ހައުސިންގް މިނިސްޓަރު ކުރި ކަމަކީ އެއީ ކުރީ ސަރުކާރާއި ރައްޔިތުންނާއި ޖެހޭ ގޮތަށް އޮޅުވާލާ މަކަރާއި ހީލަތުން ދޮގު ވާހަކަ ތައް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ފޯރު ކޮށްދިނުމޭ އާޚިރުގައި އޭނާ އަތަށް މިއަދު އެކަން ގޮވާ ތަނޭ ފެނިގެންދަނީ މިސަރުކާރަށް ރައްޔިތުންނަށް މާލެ ސަރަހައްދުން
ކަމެއްނުކުރެއޭ
06 July 2021
ފްލެޓް ބަދަލުކުރަން ފަންނީ ކެޓަގަރީން ހުށަހެޅީ މަދު ބައެއް ކަމަށް ވާނަމަ މިހާރު ރައީސް އޮފީހަށް ވެސް އަދި މަޖްލީހުގެ ރައީސަށް ވެސް އިނގެންވާނެ ނޫންތޭ ތަމެންގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރު ގެންގުޅެނީ ރައްޔިތުން ނުރުހޭ ކައްޕަޅި ކޮންސެޕްޓް ކަން މާލެ ސަރަހައްދުން މީހުންނަށް ބޯހިޔާ ވައްސެއް ދިނުމަށް ޓަކައި އައި ކެނޮޓް އެކްސްޕްލެއިން ދިސް އޯއް އޯއް މަމެން ޕިންކީންގެ ވެރިކަން ދިޔަ ފަހުން މިވެރިކަމުން ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އެއްވެސް
ވާނުވާގައި
06 July 2021
ހޭބުއްދި ސަލާމަތުން ހުރި އެއްވެސް އިންސާނަކު މިހާރު ހުރި ޕްލޭނިންގ މިނިސްޓަރު ބުނެގެން އެކަމެއް ނުކުރާނެ. ގަބޫލުވެސް ނުކުރާނެ. އެހެނެއް ނޫން. ހޭހުސްވެފައި ހުރި ދުނިޔޭގެ އެދުމާހެދި ހޭބަލިވެފައިހުރި މީހަކު މިހާރު ހުރި ޕްލޭނިންގ މިނިސްޓަރު ބުނާ ބަސް ގަބޫލުކޮށްފާނެ.