މާލޭގައި އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ބައެއް މީހުން ފުރައިގެން ރަށަށް ދަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
14 ޖުލައި 2021 - 11:20
ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ނަމަވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދެވޭނީ ހާއްސަ ހުއްދައިގެ ދަށުން ކަމަަށް އެޗްޕީއޭ އިން ހަނދާން ކޮށްދީފި އެވެ. ޒަރޫރީ ބޭނުމަށް އެ ރަށްރަަށަށް ދާ މީހުން ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ނަމަ ކަރަންޓީނު ވާކަށް ވެސް ނުޖެހޭ އެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.
އެ އުސޫލު އިތުރަށް ސާފުކޮށްދީ، މިދިޔަ ހޯމަ ދުވަހު އެޗްޕީއޭ އިން ލޯކަލް ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މޮނިޓަރިންގައި އޮތް ރަށްރަށަށް ވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ނަމަ ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. ނަމަވެސް އެ ރަށްރަށަށް ދެވޭނީ ވަޒީފާ އާއި ބޯހިޔާވަހިކަން ގެއްލުން ފަދަ ހާއްސަ ހާލަތެއް ކުރިމަތިވެގެން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްއީއޯސީގެ ފަރާތުން ތަސްލީމާ އުސްމާން ވިދާޅުވީ، އެންމެ ފުރަތަމަ ފިޔަވަޅުތަކަށް ލުއި ދިން އިރު ވެސް ކަނޑައަޅާފައި އޮތީ މޮނިޓަރިންގައި އޮތް ރަށްރަށަށް ޒަރޫރީ ބޭނުންތަކަށް ދާއިރު ވެކްސިން ފުރިހަމަކުރި މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ކަމަށެވެ. އުސޫލު ކައުންސިލުތަކަށް އިތުރަށް ސާފުކޮށްދިނީ އެ ރަށްރަށަށް ދަތުރުކުރާ، ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނުވުމާ މެދު ބައެއް ކައުންސިލުތަކުން ސުވާލު އުފައްދަނިކޮށެވެ.
މޮނިޓަރިންގައި އޮތް ރަށްރަށަށް މި މަހުގެ އަށެއްގެ ކުރިން ގޮސް ކަރަންޓީނުގައި ތިބި މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ނަމަ ޕީސީއާރް ޓެސްޓު ނެގެޓިވްވެ، ކަރަންޓީނުން ދޫކުރެވޭނެ ކަމަށް ވެސް ހޯމަ ދުވަހުގެ ސާކިއުލާގައި ވެ އެވެ.
އެކަމަކު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވި ނަމަވެސް ކޮވިޑަށް ޕޮޒިޓިވް މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ އެވެ.
ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރު ކުރީގެ ޕީސީއާރް ނެގެޓިވް ޓެސްޓަކާއެކު ރަށްރަށް ދަތުރުކުރުމުގެ ހުއްދަ ވެސް އެޗްޕީއޭ އިން ވަނީ ދީފަ އެވެ.
މާލޭގެ ކޮވިޑް ކޭސްތައް މަދުވެ، ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު، ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
14 July 2021
ޔޯރަޕިއަން ޔޫނިއަން، އިންޑިޔާ، ޗައިނާ، އެމަރިކާ އަދި ކެނަޑާ އާއި ދުނިޔޭގެ ބައެއް ވިޔަފާރިވެރިން ދިވެހިންނަށް ހިލޭ ހަދިޔާކުރި ކޮވިޑް ވެކްސިންގ ރައްޔިތުނަށްދީ ފުރިހަމަ ނުކުރެވުނީ ކީއްވެގެންތޯ. # މިދެންނެވި ފަރާތްތަކުން ރާއްޖޭގެ 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ވެކްސިންގ ދެވޭވަރަށް ވެކްސިން ހަދިޔާކުރި ކަމުގައިވިޔަސް މިކަން ކުރާން ސަރުކާރުން އުޅުނު ގޮތުގެ ސަބަބުން ގިނަ ދިވެހިން ވެކްސިން އިން ވަނީ މަޙްރޫމް ވެފައި.
ޔނޖކނ
14 July 2021
މޮޅެތި ވާހަަކަ ނުދައްކާ ތި ހަދާފައިން ޕޯރޓަލް ރަގަޅު ކޮންބަލަ.
ކަމާލު
14 July 2021
މި މީސަރޫކާރުން ކުރާ އެއްންމެ ގޯސްކަންތައް މީހަކު ފޮސިޓިއުވާއިރައް މުޅި ރައް ބަންދުކޮއް ރައްޔިތުނައް އެތައް ނުފޮރުޕާނެއް ޖައްސާ! އެކަމަކު ވެކުސިން ޖެހިޔަސް ކުޑަކުދިން ކަރަންނަކާ ނުލައި ރަތެރޭ އުޅެވޭ ކުކުދިން ގައިންވެސް ބަލިއަރާނެ ލާހޫރޭ ސިއާސަތު ފަސްލައްކަ މީހުނައް ވެކުސިން ދެވުނު ސަރުކާރެ އިބޫއަކީ ގައުމެގަ ވެރިކަން ކުރެވޭވަރު މީހެއްނޫން
އޮނަރަބްލް އަފީފު ދީދީ
14 July 2021
ދިރިއުޅެން މަޖުބޫރުކުރުވާފައިވާ ކޮޓަރިގަނޑަށް ލިބޭއާމްދަނީއާއިނުބައްދަލު ކުލިދައްކާންޖެހޭތީ ކޮވިޑްގެހާލަތުން އަރައިގަނެވެންދެންވެސް ދަރަނިވެރިނުވެ ސަލާމަތްވުމަށްޓަކާ މާލޭގައި ކުއްޔަށްއުޅޭތަންދޫކޮށް އަމިއްލަވަޒަނަށް ދާންއެދޭ ރައްޔިތުން ޕީސީއާރު ޓެސްޓްހަދާ ރިޒަލްޓްލިބުމުން އެބަޔަކު އެދާރަށެއްގައި ކޮރަންޓީނުވެވޭގޮތް ހަދާދިނުމުގެ ބަދަލުގައި ސަރުކާރުން ގަދަކަމުން ކ.އަތޮޅު މާލޭގައި މީހުން ބަންދުކުރާން މިއުޅެނީ މާލޭމީހާއަށް ކުލި ނުލިބިދާނެތީތޯ؟!