13 ޖުލައި 2021 - 20:27
ބޮޑު އީދާއި މިނިވަންދުވަހުގެ ބަންދަށް ފަހު އަންނަ ހަފްތާގައި ސަރުކާރު ހުޅުވަން ކުރިން ހަމަޖައްސާފައި އޮތް ޖުލައި 28 ވަނަ ދުވަހާއި 29 ވަނަ ދުވަސް ވެސް ބަންދުގެ ގޮތުގައި ހަމަޖައްސައި ޗުއްޓީ އިތުރަށް ދިގުކޮށްލައިފި އެވެ.
ކުރިން އޮތީ 15 ވަނަ ދުވަހާއި 25 ވަނަ ދުވަސް ވެސް ބަންދުކަން އިއުލާނުކޮށްފަ އެވެ.
އަންނަ ހުކުރު ދުވަހުން ފަށައިގެން ސަރުކާރުން ބަންދުވާ އިރު، 28 އަދި 29 އަކީ ބަންދުދުވަސްތައް ކަމަށް ހަަމަޖެއްސުމުން 16 ދުވަސް ބަންދުވާނެ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސީ އީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ޗުއްޓީގައި އަދި އެނޫން ބޭނުންތަކުގައި ވެސް ރަށުން ބޭރަށްދާން ބޭނުންވާ މީހުންނަސް ދަތިތަކެއް ކުރިމަތިވެދާނެތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތަށް ހަމަޖެއްސުމުން އީދާއި މިނިވަން ދުވަހުގެ ބަންދަށް ފަހު އޮފީސްތައް ދެން ހުޅުވާނީ އަންނަ މަހުގެ އެކެއް ގަ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އައި ފަހުން އެ ބަލި ފެތުރިފައިވާ ރަށްތަކުން އެހެން ރަށްތަކަށް ދަތުރުކުރުމުގައި ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތުމަށް ފަހު، ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް މިހާރު ވަނީ ލުއިދީފަ އެވެ. އެގޮތުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނާއި އެ ބަލިން ދިފާއުވާ ވެކްސިން ޖަހާފައިވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.
މި ލުއިތަކާއި އެކު މިފަހަރުގެ އީދު ބަންދާއިި މިނިވަންދުވަހުވެ ބަންދު ވެގެންދާނީ ބަލިމަޑުކަން އައި ފަހުން އެންމެ ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ޗުއްޓީއަށެވެ. ސަރުކާރުގެ ވަޒީފާތައް ފިޔަވާ އެހެން މަސައްކަތްތައް ކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވެސް ވަނީ މާލެއިން އެހެން ރަށްތަކަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންތަރުހީބު
14 July 2021
ކޮވިޑްގައި ތަންތަނަށް ދިއުން ގިނަކޮށް ގިނަ ބަޔަކު އެއްވެގެން ތިބެ ގިނަ ކަންކަން ކުރުމަކީ ކޮވިޑް ފެތުރުމަށް ބޮޑު ހިތްވަރެއް. އެކަމު މިގައުމުގެ ރައީސް މީހާ އެކަންކަން ކުރެވޭނެ މަގުފަހިކޮށްދީ އެކަންކަމަށް ބާރު އަޅާދެނީ މިއޮތްގެން. ދެން ކޮވިޑް މައްޗަށް ދިއައިމަ އެ ވާނީ ބަޔަކު ފަރުދީ ޒިންމާ އަދާނުކޮށްގެން ވީ ކަމަކަށް.
ސަރުދާރުު
14 July 2021
ދިވެހިންނަށް ރަނގަޅު އެއްގޮތެއްވެސް ނެތެއްނުން؟ ތިމާ މީހާއަށް ޗުއްޓީއެއް ނުލިބޭތީ ހަދަސަވެރިވުން މީ ދެރަ ކަމެއް. މަމީ ސަރުކަރުގައި އުޅޭ މީހެއްނޫން އެހެންވިޔަސް ސަރުކާރުގައިވެސް އެބަހުރި ވަރަށް ހިދުމަތް ކުރާ ތަންތަނާ މީހުންވެސް. ކޮވިޑުފަދަ ހާލަތެއްގައި ބަޔަކަށް ފަސޭހަ ވުމުން ތިހާ ހަސަދަލާން ހެޔޮ ނުވާނެ.
ހަސަނު1
14 July 2021
ހަސަދަވަނީކިނޫން. ކަންކަން ނުވާތީ ރައްޔިތު މީހާ ގޮތް ހުސްވަނީ. މިދިޔަ ދޮޅު އަހަރު ބޮޑުބައިގައި އުޅުނީ ޗުއްޓީގައި.. ސިވިލްސަރވިސް އިން ކަމެއް ކޮށްލަން އުޅެފިއްޔާ މީހާ ހަލާކުވޭ. ކަމެއް ނިންމަން އެތަށް މަހެއް އެބަނަގާ.. އެވަގުތުވެސް މިބަލަނީ މަތިމައްޗަށް ބަންދު ދެވޭތޯ.. ކަންނެތް ދިވެހިން ކަންނެތްކަންމަތީ އަބަދަށް!
ރޯނު އެދުރުު
15 July 2021
މިނިސްޓްރީ ތަކުން ކަންކަން ނުވަންޏާ ނުވާ ސަބަބު ބަލާފަ އެކްމެއް ރަނގަޅު ކުރުވީމަ ނިމުނީ. ބަޔަކަށް ޗުއްޓީއެއް ލިބިގެން ހާދަ ހިތިގައި ޖެހުނީ؟
ފުއްލާކެޔޮޅު
14 July 2021
15 ޖުލައި ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި ކަމަށް ޚަބަރުގައި އޮތް އޮތުމަކީ ކިޔުންތެރިންނަށް ބޮޑު އޮޅުމެއް އަރާނެކަމެއް! އިސްލާހު ކޮށްދެއްވާ!
ހަސަދު
14 July 2021
ރައީސް ބޭނުން ފުޅުވާހާގޮތަކަސް ބަންދު ކުރުމުން މަސައްކަތްތަކަސް ގެއްލުންވޭ. ވީމާ ރައީސަސް ދުވަސް ތައް ބަންދު ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުން ކިހިނެތްވާނެބާ!!!.
ޢަލީ
14 July 2021
ތިޔަހާ ދިގު ޗުއްޓީތައް ގިނަގިނައިން ދީ ސަރުކާރާއި ދައުލަތުގެ މަޒައްކަތްތައް ދިގު މުއްދަތަކަށް ދޭތެރެއިން މިގޮތަށް ހުއްޓާލާފައި ބާއްވާއިރު ރައީސް ސޯލިހުގެ މޮޔަކަމުން އެއްގޮތަކަށްވެސް ނުވިސްނޭ ދައުލަތުގެ މުއައްސަސާތަކުން ޚިދުމަތް ހޯދާ ރައްޔިތުންނަށް ވާނެ އުނދަގުލެއް. މިހާރުވެސް ދައުލަތުގެ މުއައްސަސާއަކުން ޚިދުމަތެއް މި ލިބެނީ ރައްޔިތު މީހާ ދެކޮޅަށް ދެމިދެމި ހަންކެނޑޭ ފަހުން.
މުރާދު21
14 July 2021
އާންމު ހާލަތުގަ މިހެން ހެދިނަމަ އޯކޭ, އެކަމަކު ކޮވިޑާ ހެދި އެތައް ދުވަހެއް ބަންދުގައި ދުއްވާލާފަ މިހެން ހެދީމަ ކަޑަ, ވިޔަފާރިޔާ ގުޅޭ ބައެއް މަރުހަލާތައް ސަރުކާރު ތެރެއިން ނުނިންމިގެން އުޅޭތާ 3 މަސް ވެއްޖެ. މިފަދައިން އެތައް މަސައްކަތެއް ފުނިޖެހިފައި އޮންނާނެ ކަން ޔަގީން
ރައްޔިތުސޮރު
13 July 2021
ރޯމްގަވެސް ނާޤާބިލު ވެރިން ވެރިކަން ނުކުރެވުނީމަ ކުޅިވަރުގަ ދުވަސްތައް ދުއްވާލަނީ... މިތާންގަވެސް ކުޅިވަރު ފަށަންވީނު ޤަޢުމު ހިންގާނެ ގޮތެއް ނޭންގެންޏާ!
ހަސަން މާލެ
13 July 2021
ޗުެއްޓީ ޗުއްޓީ ސާބަސް
ރާއްޖެ
13 July 2021
ހުރިހާ ދިވެހި މަސައްކަތްތެރިން (ސިވިލް ސާވަންޓުން) ގޭގަ ތިބޭ. ގައުމު ހިންގާނެ ބަންގާޅު އަދި ބިދޭސީ މީހުން. އެމީހުން ތިބޭނެ މަސައްކަތުގަ. ކަންނެތް ދިވެހިން ގިނަ ވީމަ ގައުމު އިންޑިއާއަށް ވިއްކާފަ މިއޮތީ.
ސަސު
13 July 2021
ރައީސް ދެން ހާދަ ހެޔޮފުޅޭ، ދުވަސްތައް ބަންދު ކުރަން ނިންމާ ގޮތަށް އިންޑިއާ ސިފައިންވެސް މިތަނުން ފޮނުވާލަ ދީބަލަ. ޕްލީސް.
ސަލީމު އިދުރީސް
14 July 2021
ކީއްކުރަން އިންޑިޔާ ސިފައިން ފޮނުވަނީ ބަޑައްޖެހިފަތިބި ވިއްސަކައް ތަމަޅާންނާއެކު ލުތުފީއެރީމަވެސް މިގައުމުގެ ސިފައިނައް ނުވެގެން ގޮވަންޖެހޫނީ އެމިހުނައް! ދެންމިގައުމާޖެހޭނީ ތަމަޅައިނައްވުރެ ނުރައްކާބާޔެއް އިހައްދުވަހު ބޮންގޮވާލީ ސަލާމާތީ ބާރުތަކައް ދޮންކަޅު އަންގައިނުލާ!
ސަލީމޫއިދުރީސޫ
14 July 2021
ލުތުފީ އެރި ޒަމާނަށްވުރެ މިގައުމުގެ އަސްކަރިއްޔާ މާ ތަރައްގީވެފައޭ އޮތީ. ތަމަޅައިންކޮޅެއް މިހާރު އަރައިފިނަމަ އެމީހުން ފައްސާލަން އިންޑިއާ މީހުން ބޭނުމެއްނުވާނެ މިހާރަކު.
ސަލީމު އިދުރީސް
14 July 2021
ތިކަންކިހެން ގަބޫލު ކުރާނީ ފަޅުބޭރުވެގެން އޮޔާދާ ބޮއްކުރައެއް ހޯދަންވެސް މިހާރުވެސް އެމިހުންގެ އެހީޔައް އެދެޔޭނޫންތޯ! އަދި އުޅަނދެއް ފެތުނަސް ހަމަ އާންމް ރައްޔިތުންނުކުމެ ނޫންތޯ އެހީވަނީ! މިކަން މިގޮތައް ހުރީމަ ތިވާހަކަ ގަބޫލެއް ނުކުރެވޭ! މީންޙުން މަރާމީހުނާ ބޮންގޮއްވާ މީހުން ހޯދާ އަދަބެއް ދެވޭވަރައް ސަލާމަތީ ބާރުތަކައް މިއޮއް ފަދަ ޒަމާނުގަ ތަހުގީގު ނުކުރެވޭއިރު ރައްޔިތުން ކިހެނެންތޯ އިތުބާރު ކުރާނީ