14 ޖުލައި 2021 - 10:54
ރާއްޖޭގައި އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތްދޭ ކުންފުނި މީޑިއާނެޓުން، ސްޓްރީމްކޮށްގެން ގިނަ ކޮންޓެންޓްތަކެއް ބަލައިލެވޭ ގޮތަށް ތައާރަފުކޮށްފައިވާ ސްޓްރީމިން ޕްލެޓްފޯމް، މަލްޓި ސްކްރީނުން "ބޮލީވުޑް ސަންޑޭސް" ގެ ނަމުގައި ހާއްސަ ޝޯއެއް މިދިޔަ އާދީއްތަ ދުވަހު ފަށައިފި އެވެ.
މިއީ ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު ބޮލީވުޑްގެ ފަހުގެ ފިލްމެއް މީޑިއާ ނެޓްގެ މަލްޓިސްކްރީނާއި އެމްއެސްޓީވީން ބެލޭ ގޮތަށް ގެނެސްދޭ ޝޯއެކެވެ.
"ބޮލީވުޑް ސަންޑޭސް" ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ. މީގެ ދަށުން ގެނެސްދިން ފުރަތަމަ ފިލްމަކީ މިދިޔަ އާދީއްތަ ދުވަހު ދެއްކި "ހެކްޑް" އެވެ. މި ފިލްމަކީ މިދިޔަ އަހަރު ވިކްރަމް ބަޓް ޑައިރެކްޓްކޮށް ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާއެކެވެ.
Bollywood Sundays are Here 💥 A new Bollywood movie will premiere every Sunday till end of August on Multi-Screen and MSTV VOD!
— Medianetmv (@Medianetmv) July 11, 2021
Download Multi-Screen 👉 https://t.co/Fz1hcLkFdd
Register for MSTV 👉 https://t.co/6kzUnT7O59
Subscribe Now 👉 https://t.co/ePCBSaeTO8 pic.twitter.com/nLttMoccxe
"ހެކްޑް" އަކީ ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޔޭ ރިޝްޔާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން އަކްޝަރާގެ ރޯލު ކުޅެގެން މަޝްހޫރުވި ޓީވީ ބަތަލާ ހީނާ ޚާން ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އޭނާއާ އެކު ފިލްމުގެ ލީޑް އެކްޓަރުންގެ ރޯލު ކުޅުނީ ޓީވީ އެކްޓަރު މޯހިތު މަލްއުތުރާ އާއި ސިދު މައްކަރްގެ އިތުރުން ރޯހަން ޝާހް އެވެ.
މީޑިއާނެޓްގެ މަލްޓިސްކްރީން ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ފިލްމު ކުންފުނި ޑާކް ރެއިން އެންޓަޓައިމަންޓްގެ ފުރަތަމަ ވެބް ސީރީޒް "ރޫމީއާ ޖަންނަތު" އާ އެކު ލޯންޗްކުރީ މި އަހަރުގެ ޖެނުއަރީގަ އެވެ. މިހާރު ގިނަ ކޮންޓެންޓްތަކެއް ބަލައިލެވޭ އެ އެޕް، އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.
އެންޑްރޮއިޑް ޓީވީތަކަށް މީޑިއާނެޓްގެ އެމްއެސް ޓީވީ ތައާރަފުކުރީ މިދިޔަ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބާނާ
14 July 2021
ވަރަށް ސަޅި، ބޭނުންކުރަން ފަސޭހަ ، ސާފު އެޕެއް. ދުނިޔޭގަ ލެއްވިހާ އެއްޗެއް އެޅީމަ ކަމަކުނުދޭ. ޥަރަށް ކުރިމަގު ތަނަވަސް ވާނެހެން ހީވެ.