ބޮޑު އީދާއި މިނިވަންދުވަހާއި ދިިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ފުރަނީ .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
20 ޖުލައި 2021 - 14:53
އަޟްހާ އީދު ފާހަގަކުރުމުގެ ހަރަކާތްތައް މި ބަންދު ތެރޭގައި ކުރިއަށް ގެންދިޔަ ނަމަވެސް ކޮވިޑް-19 ގެ އިތުރު ރާޅެއް ނާންނަ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އަނެއްކާ ވެސް ހަނދާން ކޮށްދީފި އެވެ.
އެ އިދާރާ އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު ފާހަގަކުރާ އީދާ ގުޅިގެން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށެވެ.
- ދަތުރުމަތީގައި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުނާ ދެމެދު މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުން.
- ތިމާ ދިރިއުޅޭ އާއިލާގެ މީހުންނާއެކު އެކަނި އީދުގެ ކެއުން ބޭއްވުން.
- ގިނަ މީހުން ބައިވެރިވެގެން ބާއްވާ އީދު ކުޅިވަރުތަކާއި ރަށްރަރަށަށް ގޮސްގެން ބާއްވާ މުބާރާތްތައް ނުބޭއްވުން.
ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމޭ ހިތަން ވާނެ-- އެޗްޕީއޭ
ސްކޫލު ބަންދާއި ބޮޑު އީދު އަދި މިނިވަން ދުވަހުގެ ބަންދު ދުވަސްތަކާ އެކު 16 ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބުމުން މާލޭގައި އުޅޭ ގިނަ ބަޔަކު ވަނީ ރަށްރަށަށް ގޮސްފަ އެވެ. އަދި އެކި ރަށްރަށުން ވެސް މާލެ އަށް ގިނަ ބަޔަކު އައިސްފައިވާއިރު އެއްތަނަކަށް އެއްވަގުތެއްގައި ޖަމާވާ މީހުންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރެވެ އެވެ.
ކޮވިޑު ކޭސްތައް މަދުވުމާ އެކު ބޮޑު ލުޔެއް މި ފަހަރު ދިން ނަމަވެސް ކުއްލިއަކަށް ކޭސްތައް މައްޗަށް އަރައިގެން ހިނގައިދާނެތީ ރަށްރަށް ދިއުމުގެ ފުރުސަތެއް ވެސް ކުރިއަކުން ނުލިބެ އެވެ. އަނެއްކާ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއްގައި ތިބެން ޖެހޭތީ ގިނަ މީހުން ތިބީ އާއިލާގެ ގާތަށް ނުގޮހެވެ.
އެކަމަކު ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވުމުން ކަރަންޓީނު ނުވެ ދަތުރުކުރަން ދިން ލުޔާ އެކު ގިނަ ބަޔަކު ވަނީ ރަށްރަށަަށް ދަތުރުކޮށްފަ އެވެ. އަދި މޮނިޓަރިންގައި ނެތް ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރަމުން އަންނައިރު އެ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވަމުން އެބަދެ އެވެ.
މިހެންވެ އީދު ފާހަގަކުރިޔަސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބި
21 July 2021
އަންނި އަދި ހަސަންލަތީފު ޕާޓީން ވަކިކުރުމަށް ގައުމީ މަޖުލީސް އަދި އެމްޑީ ހީވާގި ފައުޖަށް ގޮވާލަން.
ޖޯކަރު
21 July 2021
މަށެއްހީވަނީ ކޮވިޑޭ ކިޔައިގެން މުޅި ޤައުމު އިދަޖައްސާލީ..... މިއޮތްހާ ދުވަހު މާލެޢާއި، އައްޑޫ ލޮކުގެން ކީއްތަކުރީ... ކީއްވެ މަގަުތަކާ ޢާއްމުން އެންމެ ގިނައިން އެއްވެފަ ތިބިތަނާ އަދި ގިނައިން މީހުން އެއްވާ ތަންތަނާއި ހުރިހާ މަގުތަކެއް ދޮވެސާފުނުކުރީ؟؟ ދުނިއޭގެ އެހެން ޤައުމުތަކުގައިވެސް މިގޮތަށް އެބަކުރޭ!!
އީދުމީހާ
21 July 2021
ތިޔަ ދަރުބާރުގޭގަ އުޅޭ ރރޓ ކުދިންވެސް އީދުހަދަން ގްރޫޕް ހަދާފައި ރައްތަކައް ދިޔަ ކަމަައްވަނީ. ސާމްޕަލް ނެގިކަމެއް ނުނަގާކަމެއް ނޭންގެ
ޙުމާ
20 July 2021
ފުރަތަމަ ޕަބްލިކް ޓްރާންސްޕޯޓުގަ އެންމެ ކުޑަމިނުން ތި މިންގަނޑު ހިފަހައްޓަދީ. ހޮސްޕިޓަލް ލިފްޓަށްވެސް އެ އަރަނީ ނުކަތާވަރަށް. ހުޅުމާލެ ބަހުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. ޖާގަނެތަސް ކޮޅަށް ތިބެންވެސް އެ އެއަރުވަނީ ކައްޓެއް ބައިންދާނެ ތަންފުކެއް އިނަސް
ހީލަބަލާ ސައިޓް
20 July 2021
ފުރަތަމަ ކަޔޭމެން، ސިޔާސީ މީހުންނަށް ކެމްޕެއިން ކުރުމާއި އެއްވުންތައް ކުރިޔައް ގެންދަން ހުއްދަދިނީ. ރެސްޓޯރެންޓް ކެފޭތައް ބަންދުނުކޮއް މިސްކިއްތައް ބަންދުކުރީ. ޕޮޒިޓިވް މީހުންނަށް އެންމެގެތެރޭ ނިކުމެ ވޯޓްލެވޭ ގޮތްހެދީ. ސިޔާސީ ވެރިން އަދިއަދައް ވެސް ނުޖެހޭ ގެރެންޓީން ވާކައް، ބޭނުން ގައުމަކައް ރަށަކައް ގޮސްގޮސް އަންނަނީ. އާމުން އިންދަޖެހި ނިކަމެތިވަނީ. އަމާނާތައް ކޮޅުފައިން ޖަހާފަހުރި ފެއިލްޑް އެޗްޕީއޭ.
ޖޫކި
20 July 2021
ދެން ހުރިހާ މުއްސަނދިންނާ ރަށްރަށުގަ ތަންތަން ހުރި މީހުން ހޫރޭނެ ހާ ގޮތަކަށް ހޫރިފަ އައިސް އަނެއްކާ ލޮކްޑައުން. މި މާލޭގަ މާ ތަނަވަސްކަމެއް ނެތި، އެހެން ރަށެއް ނެތް އާއިލާތަކެއްވެސް އެބަ އުޅޭ. މިއުޅެނީ ދަރިފުޅު ސްކޫލަށް ނުގެންދެވިގެން. ލޮކްޑައުންއެއްގަ ވެސް އެންމެ އަސަރު ކުރަނީ މިއަޑުގަދަ މުއްސަނދިންނަކަށް ނޫން.