ކިނބިދޫގައި ކުރިއަށްގެންދިޔަ އީދު ހަރަކާތްތަކުގެ ތެރެއިން ---
22 ޖުލައި 2021 - 21:35
ތ. ކިނބިދޫން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެ ރަށަށް އަރައިފޭބުން މަނާކޮށް، މޮނިޓަރިންގެ ހާލަތުގައި އޮއްވައި މި އަޟްހާ އީދުގެ ކުޅިވަރުތައް ކިނބިދޫގައި ކުރިއަށް ގެންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާނު "މިހާރު" އަށް މިރޭ ވިދާޅުވީ، މޮނީޓަރިންގައިވާ އެއްވެސް ރަށެއްގައި އީދު ކުޅިވަރު ކުޅުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައި ނުވާނެ ކަމަށެވެ.
ނަމަވެސް ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން "މިހާރު" އަށް ވިދާޅުވީ، އެ ރަށުގައި އީދު ކުޅިވަރުތައް ކުރިއަށް ގެންދަނީ ރަށުގެ ހާލަތާ ގުޅިގެން އެޗްޕީއޭއާ ވާހަކަ ދެއްކުމަށް ފަހު، އެ އިދާރާގެ ލަފާގެ މަތިން ކަމަށެވެ. އަދި ކުޅިވަރުތައް ބާއްވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށުން އަމަލު ކުރުމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށް އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކިނބިދޫން ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާއާ ޑައިރެކްޓް ކޮންޓެކްޓުވި އެއްވެސް މީހެއް ވެސް އަދިި ރަށުން މިހާތަނަށް ނެގި ރެންޑަމް ސާމްޕަލްތަކުން ވެސް އެއްވެސް މީހަކު ޕޮޒިޓިވް ނުވާ ކަމަށެވެ. އަދި ރައްޔިތުން ނުރައްކަލަކަށް ހުށަހެޅޭނެ ގޮތަކަށް އަމަލު ކުރުމަށް ކައުންސިލުން ހުއްދަ ނުދޭނެ ކަމަށް އަލީ ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު ކިނބިދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ ތުއްތު ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
24 July 2021
އީދު ނިމިގެން އަންނަ ދުވަސްތަކުގައި ކިނބިދޫ ގައި ކޮވިޑް ކޭސް އިތުރުވެއްޖިއްޔާ ކައުންސިލުގެ ރައީސް އެކަމުގެ ޒިންމާ ބަގައި އަމިއްލަޔަށް އިސްތިއުފާ ދޭނެބާ! ނޫނީ އެލް.ގީ.އޭ އިން އޭނާ ވަކިކުރަން ކެރޭނެބާ!
ޖޫކި
23 July 2021
ދެން ގޯސްކުރޭ މާލެ މީހުން. އެ ނިމުނީ. ދުނިޔޭގެ ޖެހޭ ހުރިހާ މުސީބާތަކީ މާލެ މީހުންގެ ފަރާތުން ވާކަންކަން.
އުސްމާން
23 July 2021
އެޕްއީއޭއިން ކިނބިދޫ ކައުންސިލް އަށް ކުޅިވަރު ކުޅެން ހުއްދަދީފިނަމަ އެޕްފީއޭއިން ލިޔެކިއުމުން ކިނބިދޫ ކައުންސިލް އަށް އަންގާ އެޗްޕީއޭގެ ވެބްސައިޓްގަ ލިޔެކިއުމުން ސާއިރު ކުރާނެ ކަމަށް ހުރިހާ ފަރާތަކެއްގެ މައުލޫމާތައްޓަކައި ދަންނަވާލަން. އީދު ކުރިންވެސް ނެރިފައިވާ ސާކިއުލާ އަމަލުކުރަން އޮންނާނީ. ކިނބިދޫ ކައުންސިލުން ކުރިޔަސް ތީ ވަރައް ގޯސްކަމެއް. ރަށުގައި ބަލިފެތުރުން ކައިރި ނުވިސްނާ ކުރެވޭ ކަންކަމުން
ނަރެލް
23 July 2021
އީދުބަންދު ނިމޭއިރު ސަލާމަތްވާނީ ކިތައްރަށްބާ ޒިންމާދާރުކައުންސިލްތަކުން އަޅާވެސްނުލާތިބެ ހެސްކިޔާފަ އީދުކުޅުވަނި ބޮއްސުންލީމަ ސަރުކާރަށްވުރެ ވިޔާނުދާބައެއް ނޯންނާނެ އިދިކޮޅުން ނޫސްބަޔާންނެރެ މުޒާހަރާވެސް ކުރާނެ
ދިލްބަހާރު
23 July 2021
ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން "މިހާރު" އަށް ވިދާޅުވީ އެޗްފީއޭގެ ގަވާދާ އެއްގޮތައް ކުޅިވަރުތައް ބާއްވާކަމަށް. ހަވީރުގަ ޖަހާފައިން ފޮޓޯއިން ފެންނަނީ ގައިދުރުކަމެއް މާސްކް ނާޅާކަން. މިހާރު އެޗްޕީއޭގެ ގަވާދު ބަދަލްވީތަ؟ ކޮވޮޑް ކޭއްސެއް ފެނުނު ރަށަކު އަރާފޭބުން މަނާއިރު ކުޅިވަރުކުޅެ އެއްވުންތައް ބޭއްވުން. މިހެންކަންކުރުމުން މުޅިރަަށައް ބަލިފެތުރުމުން ޒިންމާވާނީ ކޮންބައެއްބާ؟؟؟
ސުވާލު
22 July 2021
ފެންނަމުންތިދަނީ ކުރިއަށްއޮތްތަނުގެ ނަމޫނާ. ޢީދުބަންދު ދާންވާއިރަށް ހުރިހާރައްތަކެއް މޮނިޓަރިންގަށްގޮސް، ރަށްރަށުން ވައިރަސްހިފައިގެން މާލެއަންނައިރަށް މާލެ އަނެއްކާވެސް ބަންދަށް. ޝާހިދު އެގަންދަވަނީ ވެކްސިންގެ ހަމަހަމަކަން ހޯއްދަވަމުން. އޭގެމާނައަކީ ވެކްސިން އަދިވެސްއޮތީ ކުރިއަށޭ! މިރާޅުދާއިރަށް އަނެއްރާޅު ނަގަންއޮންނާނީ ތައްޔާޜުވެފަ. މިއީ ނިމުމެއްއޮތްކަމެއްނޫން! ދުރާލައި އަޅާފައޮތް "ޖެހޭނީ މިއާއިއެކުއުޅެންދަސްކުރަން"، ނިމުމެއް އަންނާނެބާ؟
ޙައްވާ
23 July 2021
ރަށްރަށަށް ވައިރަސް ގެނައީ ކޮންބައެއްބާ؟؟؟ ރަށުމީހުންތަ؟؟؟ ނޫނީ މާލޭމީހުންތަ؟؟؟
ޢަޖައިބެއް
23 July 2021
ބަލި މާލެ ގެންނަނީ ރަށްރަށުންތަ؟ ނޫނީ ރަށްރަށަށް ބަލި ފެތުރުނީ މާލެއަ ކުން ނޫންބާ؟ ޜަައްފުށު މީހުންގެ ބޮލުގަ ތުހުމަތު އެޅުވިޔަސް ތީދެން ބޮޑުވަރު އިނގޭ.
މިސްކީްން
22 July 2021
އަލީ ތެދުހަދަން ދަސްކޮއްބަލަ، އިއްޔެ ކީ ރަށު މީހަކު ކުރިކަމެކޭ މުޅި ސޯސަލް މީޑިޔާގަ އަނޑު ފެތުރީ. ތީދެން ބޮޑުވަރު
ބަބުރަންޖީ ހާޖީ
22 July 2021
ރައްޔިތުންގެ ނޭވައިކޮޅުންލީމާ މިހެންވާފަހަރުވެސް އަންނާނެ.
ފި ކުރު
22 July 2021
ތ. ކިނބިދޫ މޮނިޓަރިން ހާލަތުގައި އޮވެމެ އެފަދަ ހަރަކ ކާތްތަށް ބޭއްވުމަ ކީ ގަބޫލު ކުރެވޭނެ ކަމެއްނޫނެވެ. ފަހަރެއްގެ ނޫފޫޒް ގަދަބަޔަކު އަޑީގައި އޮވެގެން ކުރަމުން ދާ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ. ގާނޫނާއި ގަވާއިދު ހަދަނީ ކަން ކަން ރަގަޅު ކުރުމަށްޓަ ކައެވެ. ސިޔާސީ ބޭނުން މީހުން މި ކަމުން ފައިދާ ނެގުން ހުއްޓާލުމަށް ގޮވާލަމެވެ.
އިމްރާހް
22 July 2021
އަލީ ކައުންސިލް ރައީސް މީހަކަށް ދައްކަން ކުރިކަމެއްތީ
ފާތިމާ މުޙައްމަދު
23 July 2021
ކޮންރަށަ ކު ޢީދު ކުޅެން އެޗްޕީއޭ އިން ހުއްދަދިނީ؟؟؟ އެހެން ރަށްރަށުގައި ޢީދު ކުޅެނީ ހަމަ އެޗްޕީއޭއިން އެނގި ގޮތަށް މީހުން އެއްނުވެތަ؟؟؟