މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ނޯރާ.

ކާތިކް އާރިޔަން އާއި "ފްރެޑީ" ކިޔާ ފިލްމަކާ ގުޅުވައިގެން ވާހަކަ ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. ކުރިން އަޑު އަރާފައިވާ ގޮތުން ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ހަދާ މި ފިލްމުގެ ފުރިހަމަ ނަމަކީ "ގުޑްބާއި ފްރެޑީ" އެވެ. އަދި އޭގެ ޑައިރެކްޓަރަކީ އަޖޭ ބާލް އެވެ.

އެކަމަކު ފަހުން މީޑިއާތަކުން ބުނީ ކާތިކް އެ ފިލްމު ދޫކޮށްލައިފި ކަމަށެވެ. މިހާރު ނޫސްތަކުން ބުނަނީ "ފްރެޑީ" އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ކާތިކް ކުޅޭ ރޮމޭންޓިކް ތުރިލާއެއް ކަމަށެވެ. އަދި އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އޭގެ ޝޫޓިން ފަށަން މިހާރު ތާވަލުކޮށްފައިވާ އިރު "ފްރެޑީ" ގެ ޑައިރެކްޓަކީ އެކްތާ 2018 ގައި ގެނެސްދިން "ވީރޭ ދީ ވެޑިން" ގެ ޑައިރެކްޓަރު ޝަޝަންކާ ގޯޝް ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

ކާތިކް ސޮއިކޮށްފައި އޮތް ތެލެގޫ ފިލްމު "އާލާ ވައިކުންތުޕުއްރަމުލޫ" ގެ ހިންދީ ރިމެކަކީ ވެސް އެކްތާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ.

އަނީސް ބަޒްމީގެ "ބޫލް ބޫލައްޔާ 2" ގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ކާތިކް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ހެންސަލް މެހެތާގެ "ކެޕްޓަން އިންޑިއާ" އާއި ސަމީރު ވިދުވަންސްގެ ނަން ބަދަލުކުރަން ނިންމި ފިލްމު "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.

ރިލީޒްވާން ހުރި ކާތިކްގެ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ހިމެނެ އެވެ.

"ރާދޭ ޝާމް" އަންނަ އަހަރަށް ފަސްކޮށްފި

ކުރިން މިދިޔަ ހުކުރު ދުވަހު ރިލީޒްކުރަން ތާވަލުކުރި ޕްރަބާސްގެ "ރާދޭ ޝާމް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ގެނެސްދޭ ޕީރިއަޑް ރޮމޭންސް ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 އަށެވެ. "ރާދޭ ޝާމް" އަކީ 2019 ގެ "ސާހޯ" އަށް ފަހު ރިލީޒްކުރާނެ ޕްރަބާސްގެ ފުރަތަމަ ފިލްމެވެ.

ރާދާ ކްރިޝްނާ ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޕޫޖާ ހެގްޅޭ، ބަގިޔާޝްރީ، ކުނާލް ރޯއި ކަޕޫރް، މުރާލި ޝަރުމާ އަދި ކްރިޝްނަމް ރާޖޫ ހިމެނެ އެވެ.

"ރާދޭ ޝާމް" އަކީ 350 ކްރޯޑް ރުޕީސް (47.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

ނޯރާގެ އާ ލަވައެއް

މިހާރު ބޮލީވުޑްގެ އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަތެހީގެ އާ ލަވައެއް އާންމުކޮށްފި އެވެ.

މި ލަަވަ އަކީ އޭނާ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ލަވައެކެވެ. ނޯރާގެ އެހެން ލަވަތަކާ އެއްގޮތަށް ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ ލަވައިގެ ނަމަކީ "ޒާލިމާ ކޮކަ ކޯލާ" އެވެ. ލަވަ ކިޔާފައި ވަނީ ޝްރެޔާ ގޯޝަލް އެވެ. މި ލަވައިގައި ނޯރާ ފެނިގެން ދަނީ ޓްރެޑިޝަނަލް ލުކެއްގަ އެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށްފައިވާ ވަތަނީ ފިލްމު "ބޫޖް" އަކީ އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ސަންޖޭ ދަތު، ސޮނާކްޝީ ސިންހާ އަދި އައްމީ ވާކް ފަދަ ތަރިން ހިމެނެ އެވެ.

ކާތިކްގެ "ދަމާކާ" އޮކްޓޯބަރުގައި

މިދިޔަ ޑިސެމްބަރު މަހު އެންމެ 10 ދުވަހުގެ ތެރޭގައި ޝޫޓިން ނިންމި ކާތިކް އާރިޔަންގެ ފިލްމު "ދަމާކާ" އަންނަ އޮކްޓޯބަރު މަހު ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ޓީޒާއެއް ވެސް ކުރިން ދައްކާލާފައިވެ އެވެ. އެކަމަކު ފިލްމު ޕްރީމިއާކުރާނީ އޮކްޓޯބަރުގެ ކޮން ތާރީހެއްގައި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

"ދަމާކާ" އަކީ މިދިޔަ އަހަރު ސުޝްމިތާ ސެންގެ ވެބް ސީރީޒް "އާރިއާ" ގެނެސްދިން ޑައިރެކްޓަރު ރާމް މަދުވާނީގެ ދެވަނަ ފީޗާ ފިލްމެވެ. މި ފިލްމަކީ ކޮރެއާގެ 2013 ގެ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެވެ.

މަދުވާނީގެ ފުރަތަމަ ފީޗާ އަކީ 2016 ގެ "ނީރްޖާ" އެވެ.

"ބޫޖް" ގެ އިތުރު ލަވައެއް

އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ބޫޖް" ގެ އާ އިތުރު ލަވައެއް ދައްކާލައިފި އެވެ.

އަޖޭ އާއި ޕްރަނީތާ ސުބާޝް ފެނިގެންދާ ލަވަ "ހަންޖުގަމް" އާއި ނޯރާގެ "ޒާލިމާ ކޮކަ ކޯލާ" އަށް ފަހު ދައްކައިލި ލަވަ އަކީ ސަންޖޭ ފެނިގެންދާ "ބާއީ ބާއީ" އެވެ. މި ލަވަ ކިޔާފައި ވަނީ މިކާ ސިންގް އެވެ. ލަވަ އާންމުކުރީ ބުރާސްފަޔި ދުވަހު ފާހަގަކުރި ސަންޖޭގެ 62 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށްގައިވާ "ބޫޖް" ގެ ކާސްޓްގައި ސޮނާކްޝީ އާއި އައްމީ ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454