02 އޯގަސްޓް 2021 - 07:00
އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ ޒުވާނުންގެ ނިސްބަތް އިތުރުކުރުމުގެ ގޮތުން، ވެކްސިން ޖަހާ ޒުވާނުންނަށް އެކި ހިދުމަތްތަކުން ޑިސްކައުންޓް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ހެލްތުން މިކަން ކުރިއަށް ގެންދާނީ އޫބާ އާއި އޫބާ އީޓްސް އާއި ބޯލްޓާއި ޑެލިވަރޫ އާއި ޕިއްޒާ ޕިލްގްރިމްސް ފަދަ ކުންފުނިތަކާ ގުޅިގެންނެވެ. އެ ކުންފުނިތަކުން ހިދުމަތް ހޯދާ ޒުވާނުންގެ ތެރެއިން ވެކްސިން ޖަހާ މީހުންނަށް ހިދުމަތްތަކުން ޑިސްކައުންޓް ދޭނެ އެވެ.
ހެލްތު ޑިޕާޓްމަންޓުން ބުނީ މިއީ ވެކްސިން ޖަހާ ޒުވާނުންގެ ނިސްބަތް އިތުކުރަން ފެށި ކަމެއް މަސައްކަތެއް ކަމަށާއި މިކަމުގެ ސަބަބުން ވެކްސިން ޖަހާ ޒުވާނުންގެ އަދަދު އިތުރުވާން ފަށާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"މި ފުރުސަތުގެ ބޭނުން ވީހާ ވެސް ގިނަ ޒުވާން ހިފުމަށް އެދެން،" އިނގިރޭސި ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވި އެވެ. "އަދި މިކަމުގައި ބައިވެރިވާ ކުންފުނިތަކަށް ޝުކުރު ވެސް އަދާކުރަން."
We delivered our 100,00th and 100,001st #CovidVaccine today to Emmanuel (18) and Andriana (21) - who urged others to get vaccinated.
— Lewisham and Greenwich NHS Trust (@LG_NHS) July 30, 2021
Emmanuel’s message: https://t.co/hkvLy3JnWA
Andriana’s message: https://t.co/yr1PbCvOfx@NHSEngland @NHSEnglandLDN @ourhealthiersel pic.twitter.com/9xv2JJXd94
ހެލްތު ޑިޕާޓްމަންޓުން ބުނި ގޮތުގައި އިނގިރޭސިވިލާތުގެ 18-29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 67 ޕަސެންޓް މީހުން މިހާރު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި ވެކްސިން ޖަހަން ޖެހޭ ބޮޑު މީހުންގެ ތެރެއިން 72 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، ބޮޑެތި މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ނިސްބަތަކީ 88.5 ޕަސެންޓެވެ.
އިނގިރޭސިވިލާތަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އެއް ގައުމެވެ. އެ ގައުމު މިހާރު ވެސް އޮތީ ޑެލްޓާ ވޭރިއަންޓާ ހެދި ގިނަ ފިޔަވަޅުތަކެއްގެ ތެރޭގަ އެވެ.
ކޮވިޑަށް މި ވަގުތު އޮތް ފަރުވާ އަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށްވާތީ ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުކުރަން އިނގިރޭސިވިލާތުން އަންނަނީ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.
އާބާދީ 68.3 މިލިއަނަށް ވުރެ ބޮޑު އެ ގައުމުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ އާބާދީގެ 57.0 ޕަސެންޓް މީހުންނެވެ. އެއީ 38 މިލިއަން މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy