ސަނާ އާއި ފިރިމީހާ.
09 އޯގަސްޓް 2021 - 09:56
މިދިޔަ އަހަރު ފިލްމު ކުޅުން ހުއްޓާލައި، ބުރުގާ އެޅުމަށް ފަހު އިންޑިއާގެ މުފްތީއަކާ ކައިވެނިކުރި ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ސަނާ، 32، އާއި އަނަސް ސައްޔިދު އާދީއްތަ ދުވަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ފިނޮޅު ރިސޯޓްގަ އެވެ. ރާއްޖެ އައިސް އެ މީހުން ޗުއްޓީ ހޭދަކުރާ ރިސޯޓަށް ދެވުމާ ހަމައަށް ކަންކަން ދިޔަ ގޮތުގެ ވީިޑިއޯއެއް ވެސް ސަނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. އޭގައި އެއާޕޯޓްގައި ދެމަފރިން އެކީގައި ނަމާދުކުރާ ތަން ވެސް ފެނެ އެވެ.
ވީޑިިއޯ ޕޯސްޓްކޮށްފައި ވަނީ ކެޕްޝަނަކަށް "މޯލްޑިވްސް" ޖަހައިފަ އެވެ.
ފިލްމު ކުޅުން ހުއްޓާލައި ބުރުގާ އެޅުމަށް ފަހު ސަނާގެ ހެދުން އެޅުން ވެސް ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ. ސަނާ އެންމެ ފަހުން ކުޅުނު ފިލްމަކީ ހާއްސަ ފެނިލުމެއް ކުޅުނު އަކްޝޭ ކުމާރުގެ 2017 ގެ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އެވެ.
ސަނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ހައްލާ ބޯލް (2008)، ޖޭ ހޯ (2014) އަދި ވަޖާ ތުމް ހޯ (2016) ހިމެނެ އެވެ.
ރިއަލީޓީ ޝޯތަކުގެ ތެރެއިން ކަލާޒްގެ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ސަނާ ވާދަކޮށްފައިވެ އެވެ.
ސަނާ އާއި އަނަސް ކައިވެނިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ގަ އެވެ.
މި އަހަރުގެ މާޗް މަހުގެ ތެރޭގައި އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެޕްރީލް މަހުން ފެށިގެން އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އައުން "ހުއްޓިފައި" ވަނިކޮށް އަނެއްކާ ވެސް ފިލްމީ ފަންނާނުންގެ ޗުއްޓީ މަންޒިލަކަށް މި ވަނީ ރާއްޖެވެފަ އެވެ. އެގޮތުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އައި އިންޑިއާގެ ތަރިންގެ ތެރޭގައި "އިޝްގްބާޒް" އާއި "ނާގިން 5" ފަދަ ސިލްސިލާތަކުގެ ބަތަލާ ސުރްބީ ޗަންދުނާ އާއި ނެށުންތެރިން ކަމަށްވާ ޝަކްތީ މޯހަން އާއި ކޮއްކޮ މުކްތީ މޯހަން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
10 August 2021
ހާދަ ކަޓުމުއްލާ ހެދުމެކޭ ދޯ؟
މުހައްމަދު..
10 August 2021
ހުޅުލޭ އެއަރޕޯޓްގައި ނަމާދުކުރެވެން އެހާ ފަސޭހައިން ނުހުންނަކަން މިވީޑިއޯއިން ސާފުވޭ. ގަތަރު އެއަރޕޯޓުގައި ނަމާދުކުރަން އެތައް ކޮޓަރިއެއް ހުރޭ. މިސްކިތް ހުންނަނީ ފަސިންޖަރުންނާ ދުރުގަ. ނަމާދުކޮޓަރިވެސް ހުންނަނީ ކަނެއްގަ އެންމެ ދެ ހިސާބުގަ (ނޫންތަ؟). އެމީހުން ރާއްޖެއައި އިރު ދިވެހިރާއްޖެއަކީ މުސްލިމުގައުމަކަށްވާތީ އެކްސްޕެކްޓްކުރި ގޮތަށްބާ އެމީހުން މިހާރު ހިތަށްއަރާނީ.