މައިކްރޮސޮފްޓް ނެކްޓް ލޮކް ސްކްރީން: ވިންޑޯޒް ފޯނަށް ވުރެ ރަނގަޅު އެޕްލިކޭޝަން މައިކްރޮސޮފްޓުން ވާދަވެރި އޮޕަރޭޓިން ސިސްޓަމްތަކަށް އުފައްދާ
28 ނޮވެމްބަރ 2016 - 06:45
އެންޑްރޮއިޑް އަކީ ގޫގުލްގެ އަމިއްލަ މޮބައިލް އޮޕަރޭޓިން ސިސްޓަމެކެވެ. އެކަމަކު ގޫގުލުން އެންޑްރޮއިޑަށް އުފައްދާ އެޕްލިކޭޝަންތަކަށް ވުރެ، އައިފޯނަށް އުފައްދާ އެޕްލިކޭޝަންތަކުގެ ފެންވަރު ރަނގަޅެވެ. ފެންނަ ގޮތް ވެސް މުޅިން ތަފާތެވެ. އޮމާންވެފައި ބޭނުންކުރަން ވެސް އެހާ ފަސޭހަ އެވެ. އިންޓަނެޓް ފޯރަމްތަކުގައި މިއީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ.
ވިންޑޯޒް ފޯނުތައް ހިނގައިނުގަނެގެން އުޅެނީ އެޕްލިކޭޝަންތައް މަދުކަމުންނެވެ. މަޝްހޫރު ކިތަންމެ އެޕްލިކޭޝަނެއް ވިންޑޯޒް ފޯނަކަށް ނެތެވެ. އެ އެޕްލިކޭޝަންތައް ލިޔާ މީހުން ވެސް ވިންޑޯޒް ފޯނުތަކަށް ޝައުގުވެރި ނުވަނީ އެވެ.
މައިކްރޮސޮފްޓް އަކީ ވެސް ގޫގުލް ކަހަލަ ކުންފުންޏެކެވެ. މި ބުނީ ވާދަވެރި އޮޕަރޭޓިން ސިސްޓަމްތަކަށް މައިކްރޮސޮފްޓުން ވެސް އެޕްލިކޭޝަން އުފައްދާ ވާހަކަ އެވެ. މައިކްރޮސޮފްޓުން، އައިއޯއެސް، އެންޑްރޮއިޑް އަދި މެކްއޯއެސް އަށް ވެސް އެޕްލިކޭޝަން އުފައްދަ އެވެ.
މި އޮތީ މައިކްރޮސޮފްޓް "ނެކްސްޓް ލޮކް ސްކްރީން" އެވެ. މިއީ އެންޑްރޮއިޑް އެޕްލިކޭޝަނެކެވެ. އެންޑްރޮއިޑް ފޯނެއް ގެންގުޅޭ ނަމަ "އިންސްޓޯލް"ކޮށްލާށެވެ. އަހަރެން ވެސް ކޮށްފީމެވެ. ވަރަށް ފައްކަލެވެ.
"ނެކްސްޓް ލޮކް ސްކްރީން" އަކީ ކީއްކޮށްދޭ އެޕްލިކޭޝަނެއްކަން އެ އޮތީ އެނގޭށެވެ. އެއީ ފޯނުގެ ސްކްރީން "ލޮކް"ކޮށްދޭ އެޕްލިކޭޝަނެކެވެ. މައިކްރޮސޮފްޓުން އެންޑްރޮއިޑް ފޯނުތަކަށް އުފެއްދި ކީބޯޑް، "ހަބް ކީބޯޑް" ވެސް ދުށީމެވެ. އެކަމަކު މައިކްރޮސޮފްޓުން "ސްވިފްޓްކީ ކީބޯޑް" ގަތުމުން، "ހަބް ކީބޯޑް" މަތިން ހަނދާން ނެތިއްޖެ އެވެ.
މައިކްރޮސޮފްޓުން "ނެކްސްޓް ލޮކް ސްކްރީން"ގެ ފެންވަރު މަތިކޮށްފި އެވެ. ބޭނުންކުރެވެނީ ކޮން ބައެއްގެ އެޕްލިކޭޝަނެއްކަން ނޭނގި ބޭނުންކުރާ މީހަކު، އެެއީ މައިކްރޮސޮފްޓްގެ އުފެއްދުމެއް ކަމަކަށް ނުބުނާނެ އެވެ. އިނގިލިކޮޅަށް ލުއިވެފައި ދުވެލި ބާރެވެ. މަސައްކަތްކުރަނީ އެޕަލް ސްޓައިލްގަ އެވެ.
"ނެކްސްޓް ލޮކް ސްކްރީން" އަކީ މާ ބޮޑު ކަމެއް ކޮށްދޭ އެޕްލިކޭޝަނެއް ނޫނެވެ. އެކަމަކު ކުރަން ބޭނުންވެގެން އުަޅުނު ސުވާލަކީ ވިންޑޯޒް މޮބައިލް އަށް އެކަހަލަ ލުއި، ފަސޭހަ އެޕްލިކޭޝަންތަކެއް މައިކްރޮސޮފްޓުން ނުއުފައްދަނީ ކީއްވެ ބާ އެވެ. ވަރަށް "ސިމްޕަލް" އެވެ. އެ އަށް ވުރެ ލުޔެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނަންތަ?
03 December 2016
ތި ލޮކްސްކްރީން ކިތަންމެ ހަބަކަސް ސްޓޮކް ލޮކްސްކްރީން އޮފްކޮއްފިއްޔާ ރީސެންޓް އެޕް ކީ މަސައްކަތްކުރޭ. ތިޔައީ އަދި ފުރިހަމަނުވާ ލޮކްސްކްރީނެއް. މަގޭ ތަޖުރިބާ
އަލީ
28 November 2016
ވިންޑޯސް ފޯނަކީ އެންޑްރޮއިޑާ ބަލާއިރު އެހާ މަޤުބޫލު ފޯނެއް ނޫނެވެ. މައިކްރޯސޮފްޓަށް ވިންޑޯޒް ފޯނުން ލިބޭ ވަރަށްވުރެ ބޮޑު އާމްދަނީއެއް އެންޑްރޮއިޑްގެ ޕެޓަންޓް ރޯޔަލްޓީސް އުން ލިބެއެވެ. އެހެންކަމުނ ގޮތަކަށް އެންޑްރޮއިޑަކީ މައިކްރޯސޮފްޓަށް ވަރަށް މުހިންމު އެއްޗެކެވެ.
ހުސޭނު
28 November 2016
ނިޔާޒު ކީކޭތަ ބުނަންތިއުޅެނީ..؟ ކިޔައިނިމުނު އިރުވެސް ވާނުވާގަ
އަސްމާ
28 November 2016
ތެދެއް. ނެކްސްޓް ލޮކް ސްކްރީން އިން ވާގޮތެއް، ސްވިފްޓް ކީ އެއީ ކޯއްޗެއް ކަމެއް ވެސް އެނގެނީ އެއްނޫން.