ލައިފްސްޓައިލް / ހިތުގެ ބަލި

ފުޓްބޯޅަ ކުޅޭއިރު ބޮލުން ޖެހުން މަނާކުރަން ދިރާސާއެއްގައި ލަފާ ދީފި

މެޗެއްގައި ބޮލުން ބޯޅައިގައި ޖަހަނީ.

ފުޓްބޯޅަ ކުޅޭ މީހުންގެ ތެރެއިން ޑިފެންސަށް ކުޅޭ ކުޅުންތެރިން އެ ނޫން ކުޅުންތެރިންނާ އަޅާބަލާއިރު އުމުރުން ދުވަސްވުމުން ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންވެ ފުޓްބޯޅަ ކުޅޭއިރު ބޯޅާގައި ބޮލުން ޖެހުން މަނާކުރަންޖެހޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ކުރީގެ ދިރާސާއެެއްގައި ބުނެފައިވާ ގޮތުގައި ފުޓްބޯޅަ ކުޅެފައިވާ މީހުންނަކީ އެ ކުޅިވަރު ނުކުޅޭ މީހުންނަށް އަޅާބަލާ އިރު ނިއުރޯޑިޖެނެރޭޓިވް ބްރެއިން ޑިޒީޒްގެ ފުރުސަތު ބޮޑު ބައެކެވެ.

މި ދިރާސާގެ ނަތީޖާ އާއި ފުޓްބޯޅަ ކުޅޭ މީހުންނަށް ދިމާވާ ސިކުނޑީގެ މައްސަލަތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ގްލަސްގޯ ޔުނިވަސިޓީން ހަދާފައިވާ އާ ދިރާސާގައި ބުނީ ފުޓްބޯޅަ ކުޅޭ މީހުންގެ ތެރެއިން ޑިމެންޝިއާގެ ފުރުސަތު ބޮޑީ ޑިފެންޑަރުގެ މަގާމަށް ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ. އަދި އެ މަގާމަށް ކުޅޭ މީހުން އުމުރުން ދުވަސްވާރަކަށް ޑިމެންޝިއާގެ އަލާމާތްތައް ބޮޑުވާ ކަމަށް ބުންޏެވެ.

މެޗެއްގައި ބޮލުން ބޯޅައިގައި ޖަހަނީ.

ދިރާސާގައި ބުނީ އެއްގޮތަކަށް ވެސް ފުޓްބޯޅަ ނުކުޅޭ މީހުންނާ އަޅާބަލާ އިރު ޑިފެންސަށް ކުޅޭ ކުޅުންތެރިންނަށް ޑިމެންޝިއާގެ ޝިކާއަރަކަށްވުމުގެ ފުރުސަތު ފަސް ގުނަ ބޮޑު ކަމަށެވެ. އަދި ފޯވާޑަށް ކުޅޭ މީހުންނާ އަޅާބަލާ އިރު ކުޅުންތެރިންނަށް ޑިމެންޝިއާގެ ފުރުސަތު ތިން ގުނަ ބޮޑު ކަމަށް ދިރާސާ އިން ދައްކަ އެވެ. އަދި އައުޓްފީލްޑް ކުޅުންތެރިންނަކީ ވެސް ޑިމެންޝިއާ ފަދަ ސިކުނޑީގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ހަތަރު ގުނަ ބޮޑު ބައެކެވެ.

ނަމަވެސް ފުޓްބޯޅަ ކުޅޭ މީހުންގެ ތެރެއިން ގޯލަށް ކުޅޭ ކުޅުންތެރިންނަށް އެފަދަ އެއްވެސް މައްސަލައެއް ދިމާނުވާކަން ވެސް ދިރާސާ އިން ފާހަގަކުރެވިފައިވެ އެވެ.

އިނގިރޭސި އެފްއޭ އާއި ޕްރޮފެޝަނަލް ފުޓްބޯލާޒް އެސޯސިއޭޝަނުން ފަންޑުކޮށްގެން ގްލަސްގޯ ޔުނިވަސިޓީން ހެދި ދިރާސާ އިން ދައްކާ ގޮތުގައި ކުޅުންތެރިންނަށް ސިކުނޑީގެ މައްސަލަތައް ދިމާވާ މިންވަރު އެ ކުޅިވަރުގައި އެ މީހަކު ހޭދަކުރާ މުއްދަތާ ވެސް ވަރަށް ބޮޑަށް ގުޅެ އެވެ. އެގޮތުން ކުޅިވަރުގެ ތެރޭގައި ގިނަ ދުވަހު އުޅޭ ނަމަ، ދިމާވާ މައްސަލަތައް ފަހުން ބޮޑުވެ އެވެ.

ފަހަކަށް އައިސް ފުޓްބޯޅައިގައި ހެޑް-އިންޖަރީ މެނޭޖްމަންޓާއި މި ކުޅިވަރުގެ ތެރެއަށް ޓެކްނޮލޮޖީގެ ވަސީލަތްތައް އައިސްފައި އޮތް މިންވަރު ބޮޑު ނަމަވެސް ކުޅުންތެރިންނަށް ދިމާވާ ސިކުނޑީގެ މައްސަލަތައް ކުޑަވާކަމުގެ ހެއްކެއް ނެތް ކަމަށް ދިރާސާގައި ބުންޏެވެ. މި ދިރާސާ ހަދާފައި ވަނީ 1930-1990 އާ ދޭތެރޭ ފުޓްބޯޅަ ކުޅުނު މީހުންގެ ސިކުނޑީގެ ހާލަތު ވަޒަންކޮށްގެންނެވެ.

ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ކޮންސަލްޓަންޓް ނިއުރޯޕެތޮލޮޖިސްޓް ޕްރޮފެސަރު ޑރ. ވިލީ ސްޓިއުވާޓް ވިދާޅުވި ގޮތުގައި ފުޓްބޯޅަ ކުޅޭ މީހުން ވަކިން ހާއްސަކޮށް ޑިފެންޑަރުންގެ މަގާމަށް ކުޅޭ ކުޅުންތެރިން ޑިމެންޝިއާ އިން ރައްކާތެރިކަން ހޯދުމުގެ ގޮތުން ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ބޮލުން ބޯޅަގައި ޖެހުން ވީހާ ވެސް ބޮޑަށް މަދުކޮށް، ނުވަތަ އެކަން އެއްގޮތަކަށް ވެސް ނުކުރުން ކަމަށެވެ.

"އަހަރެމެން ފުޓްބޯޅަ ވިއްކަންވީ ސިއްހީ އިންޒާރުތަކާ ވެސް އެކު. ތަކުރާރުކޮށް ބޮލުން ބޯޅައިގައި ޖަހާ ނަމަ ބޮލަށް ލިބޭ ގެއްލުންތައް ބޮޑުވެ، އެކަމުގެ ސަބަބުން ފަހުން ކުޅުންތެރިންނަށް ދިމާވާ ސިކުނޑީގެ މައްސަލަތައް ބޮޑުވާނެކަން އެބަ ޖެހޭ އެނގިފައި އޮންނަން،" އޭނާ ވިދާޅުވި އެވެ.

މެޗެއްގައި ބޮލުން ބޯޅައިގައި ޖަހަނީ.

ސްޓިއުވާޓް ވިދާޅުވި ގޮތުގައި މިއީ މިހާރުން މިހާރަށް ކުރަންވެފައި އޮތް ކަމެކެވެ. ހަމަ އެއާ އެކު ފުޓްބޯޅައިގެ ގަވައިދާއި ހަމަތަކުގެ ތެރެއަށް ބޮލުން ޖެހުމުގެ އުސޫލަށް މިހާރަށް ވުރެ ހަރުދަނާ އަދި ރައްކާތެރި ގޮތްތަކެއް ގެންނަން ޖެހެ އެވެ.

"މިކަން އެއްކޮށް ހުއްޓާލެވެން ނެތް ނަމަ، ދެން އޮތް ގޮތަކީ ބޮލުން ޖެހުން މަދުކުރާނެ އުސޫލުތަކެއް ގާއިމުކުރުން،" އޭނާ ވިދާޅުވި އެވެ. "ފުޓްބޯޅަ އަކީ ސިއްހަތަަށް ހަމަ ވަރަށް ރަނގަޅު ކުޅިވަރެއް. އެކަމަކު މީގައި އެބަހުރި ފަރުވާތެރިވާން ޖެހޭ ކަންކަން."

ސްޓިއުވާޓް ވިދާޅުވި ގޮތުގައި ފުޓްބޯޅަ އަކީ ގިނަ ބަޔަކު ކުޅެން ލޯބިކުރާ އަދި ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރަށްވުމާ އެކު ވެސް އެ ކުޅިވަރުގެ އުސޫލުތައް ވަރުގަދަވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ހާއްސަކޮށް ކުޅުންތެރިންގެ ސިއްހަތާ އެކީގަ އެވެ.

"ފުޓްބޯޅަ އަކީ ކެންސަރާއި ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭން މަގުފަހިވާ ކުޅިވަރެއް ވެސް މެ. އެހެންވީމަ ޖުމްލަކޮށް އެބަޖެހޭ މި ކުޅިވަރަކީ ސިއްހަތަށް ހުރިހާ ގޮތަކުން ވެސް ރައްކާތެރި ކުޅިވަރަކަށް ވާން. އޭރުން މީގެ ފައިދާ ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯޗް

14 August 2021

ތީ ރަގަނޅު ލަފައެކެވެ. ކިޔަނީ ފުޓް ބޯޅަ އެވެ. އެހެންވީމަ ޖަހަންޖެހޭނީ ހަމައެކަނި ފައިންނެވެ. އަތުން ޖެހުމުން ކާޑު ދައްކާގޮތަށް ބޮލުން ޖެހުމުންވެސް ކާޑު ދައްކަންވީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454