ރިޕޯޓް / ލޯކަލް އިންތިހާބު

ތައްޔާރު ނުވެވެނީ ޕީޕީއެމަށް، ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހޭތަ؟

އިންތިޚާބެއްގައި ވޯޓު ގުނަނީ: އިންތިޚާބު ފަސްކޮށްފި ނަމަ ގާނޫނީ ހުސް ކަމަކަށް އައުމުގެ ފުރުސަތު އެބަ އޮތް --ފޮޓޯ/އިލެކްޝަންސް

ސަރުކާރު ހިންގާ ޕީޕީއެމްގެ އެތެރޭގައި ޚިޔާލު ތަފާތުވުން އުފެދި، ޕާޓީ ދެ ބައިވެގެން ހިނގި ކަންކަމުގައި ސިޔާސީ މަސްރަހު ހަލަބޮލި ވެފައި ވަނިކޮށް ދެން މިހާރު މި އޮތީ މާ ބޮޑު މައްސަލައެއް ކުރިމަތިވެފަ އެވެ. ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުމުގެ ސަބަބުން، އަންނަ ޖެނުއަރީ މަހުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިންތިޚާބު ފަސްކުރަން ކޯޓަށް ދިއުމެވެ.

އިންތިޚާބު ފަސްކުރަން އިދިކޮޅު ހުރިހާ ޕާޓީތަކުން ދެކޮޅެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ކުރިން ބުނެފައިވަނީ އިންތިޚާބު ބާއްވަން މިހާރު ހަމަޖައްސާފައި ވަނީ އިންތިޚާބު ބޭއްވޭނެ އެންމެ ފަސް ތާރީޚު ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދޭން އިދިކޮޅު ޕާޓީތަކުން ކުރިން އެދުނަސް އެކަމަށް ކޮމިޝަނުން ދެކޮޅު ހެެދީ ވެސް އެހެންވެގެންނެވެ. އެކަމަކު ފަހުން ވަނީ އެ މުއްދަތު ވެސް އިތުރުކޮށްދީފަ އެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅު ހަމަވާތީ، ގާނޫނު އޮތް ގޮތުން ނަމަ އެންމެ ލަސްވެގެން ވެސް ޖެނުއަރީ މަހުގެ ފަހުކޮޅު ކައުންސިލް އިންތިޚާބު ބާއްވައި، އާ ދައުރަށް މެމްބަރުން ހޮވަން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ ޖެނުއަރީ 14 ގަ އެވެ. އެ ތާރީޚަކީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލް އިންތިޚާބު ބާއްވައި، ހުރިހާ ކަމެއް ނިންމަން ޖެހޭނެ ކަމަށް ބުނާ 30 ދުވަހުގެ މުއްދަތު ހަމަވުމުގެ ހަފުތާއެއްހާ ދުވަސް ކުރި އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ އެވަރުގެ ބޮޑު އިންތިޚާބެއް ބާއްވައި، ހުރިހާ ކަމެއް ނިންމެން އޮތް އެންމެ ލަސް މުއްދަތެވެ.

އެކަމަކު ޕީޕީއެމުން ހުށަހެޅީ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން އަދި މިހާރު އޮތް ތާރީޚަށް ވުރެ ދެ މަސް ފަހުގެ ތާރީޚެއްގައި އިންތިޚާބު ބާއްވަން އަމުރުކޮށްދޭށެވެ. ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން އިންތިޚާބު ބާއްވަން ޕީޕީއެމުން ބޭނުންވަނީ އެ ޕާޓީގެ އެތެރޭގެ ހަމަނުޖެހުމާ ހެދި ޕާޓީ މެމްބަރުންގެ ދަފްތަރާއި އިތުރު ބައެއް މުހިންމު މައުލޫމާތުތައް ގެއްލުމާއި އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުން 2009 ގައި ކުރި ހުކުމެއްގައިވާ ގޮތުން ގާނޫނު އަސާސީގައި ބުނާ މުއްދަތެއްގައި ކުރަން ޖެހޭ ކަމެއް އެ މުއްދަތުގައި ނުކޮށް ފަސް ކުރަން ދެއްކޭނެ ހަމައެކަނި އުޒުރަކީ "އިންސާނީ ބާރު ނުފޯރާ ފަދަ ގުދުރަތީ ކާރިސާތަކާއި ހަނގުރާމަވެރި ހާލަތްތައް" މެދުވެރިވުމެވެ. އެ ހުކުމް އައީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ފަސްކުރަން އެމްޑީޕީ ސަރުކާރުން އުޅުމުންނެވެ.

ޕީޕީއެމުން ބުނާ ގޮތުން އެ ޕާޓީއަށް ކުރިމަތިވި ކަންކަމަށް ބަލާއިރު މިއީ އިންތިޚާބު ފަސްކުރަން ޖެހޭ ޟަރޫރީ ހާލަތެކެވެ. އިންތިޚާބަށް ތައްޔާރު ނުވެވެނީސް އިންތިޚާބު ބާއްވައިފި ނަމަ އެ ޕާޓީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް މައްސަލާގައިވެ އެވެ. އެހެންވެ، ގާނޫނީ ޕްރިންސިޕަލެއް ކަމަށްވާ ހާލަތުއް ޟަރޫރާ (ސްޓޭޓް އޮފް ނެސެސިޓީ) ގެ އުސޫލަށް ރިއާޔަތްކޮށް އިންތިޚާބު ފަސްކުރަން ޖެހޭނެ ކަމަށް ޕީޕީއެމުން ބުނެ އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ފަހު ބުރު އޮތީ ގާނޫނުއަސާސީގައި ބުނާ މުއްދަތަށް ވުރެ ފަހުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން އެ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން ޖެހުމުން މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވުނީ ވެރިކަމުގެ ހުވާ ކުރައްވަން ޖެހޭ އަސްލު މުއްދަތު ހަމަވިތާ ހައެއްކަ ދުވަސް ފަހުންނެވެ.

ރައީސް ޔާމީނާއި ޕީޕީއެމްގެ އިސް ވެރިން: އިންތިޚާބު ފަސްކުރަން އެދެނީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޕީޕީއެމުން ވެސް ކޯޓުގައި ފާހަގަކުރީ އެ ހާލަތެވެ. ކުރިން އެތައް އިންތިޚާބެއް ލަހުން ބޭއްވިފައި އޮތުމުން ކައުންސިލް އިންތިޚާބު ފަސްކުރުމަކީ މައްސަލައެއް ކަމަކަށް އެ ޕާޓީން ނުދެކެ އެވެ. އެކަމަކު ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހޭ ކަމަށް ޕީޕީއެމުން ބުނާ ހާލަތާއި ކުރީގެ އިންތިޚާބުތައް ފަސްވަން ދިމާވި ހާލަތު ކިތަންމެހާ ވެސް ތަފާތެވެ. މިސާލަކަށް ރިޔާސީ އިންތިޚާބަށް ބަލަމާ ހިނގާށެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު މުއްދަތަށް ވުރެ ލަހުން ބޭއްވީ އިންތިޚާބުގެ ސައްހަކަން ގެއްލޭ ފަދަ ބައެއް ކަންކަން ހިނގާފައި އޮތް ކަމަށް ސުޕްރީމް ކޯޓަށް ފެނުމުން، ގޯސްކޮށް ހިނގާފައިވާ ކަންކަން ރަނގަޅުކޮށް ގާނޫނުއަސާސީއާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށެވެ. އެ އިންތިޚާބު ފަސްކުރީ ސުޕްރީމް ކޯޓުގެ އަމުރަކުން އިންތިޚާބު ފަސްކުރަން އެންގުމުންނެވެ.

އެކަމަކު އެ އިންތިޚާބު ފަސްކުރީ އެއްވެސް ހާލެއްގައި ކެންޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް އިންތިޚާބަށް ތައްޔާރު ނުވެވިގެންނެއް ނޫނެވެ.

އޭގެ ބަދަލުގައި ޕީޕީއެމަށް ދިމާވެގެން އުޅެނީ އެ ޕާޓީގެ އެތެރޭގެ މައްސަލައެކެވެ. އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނާއި އެ ޕާޓީއާ ދެމެދު ޖެހުނު މައްސަލައެއް ނޫނެވެ. ނުވަތަ ކައުންސިލް އިންތިޚާބުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އިޖްރާއަތެއް ނުވަތަ ނިންމުމެއް ގޯސް ކަމަށް ޕީޕީއެމުން ގަބޫލުކުރާތީއެއް ވެސް ނޫނެވެ. އަދި އެ އިންތިޚާބުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އެއްވެސް އުސޫލަކަށް އެ ޕާޓީން ފާޑެއް ވެސް ނުކިޔަ އެވެ.

"އެގޮތަށް ޕީޕީއެމަށް ކޯޓުގައި އަމުރަށް އެދެވޭ ނަމަ އެމްޑީޕީ މެމްބަރުން ވެސް އެދެންވީ ނޫންތޯ އެމްޑީޕީއަށް ޟަރޫރީ ހާލަތެއް ދިމާވެފައިވާތީ ނަޝީދަށް ކުރިމަތިލެވެން ދެން ރިޔާސީ އިންތިޚާބު ފަސްކުރަން. އެހެން އެކަމެއް ނުވާނެ."

އެހެންވީއިރު، ޕީޕީއެމަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިޚާބު ފަސްކުރުމަކީ ކުރެވިގެންވާނެ ކަމެއް ކަމަކަށް ގާނޫނީ ބައެއް ބޭފުޅުން ގަބޫލެއްނުކުރައްވަ އެވެ. ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވާ ގޮތުން އިންތިޚާބެއް ފަސްކުރުމަކީ ވަރަށް ބިރުވެރި ކަމެކެވެ. އޭގެ ސަބަބުން، ގާނޫނުގައި މުއްދަތު ކަނޑައަޅާފައި ހުންނަ ކަންކަން އެ މުއްދަތުގައި ނުނިންމުމުގެ ސަގާފަތަކަށް ދޮރު ހުޅުވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޟަރޫރީ ހާލަތްތަކުގައި އިންތިޚާބުތައް ފަސްކުރަން ޖެހިދާނެ ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެކަމަކު ޕީޕީއެމަށް ދިމާވި މައްސަލައަކީ އިންތިޚާބު ފަސްކުރަން ޖެހޭ ކަމެއް ކަމަކަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ.

"މުޅި ގައުމަށް ދިމާވި ކާރިސާއެއްގެ ސަބަބުން، މިސާލަކަށް މުޅި އިލެކްޝަންސް ކޮމިޝަންގެ ރޯވެ އަނދައިގެން ދިޔައީ. އެފަދަ ހާލަތެއް އެއީ އިންތިޚާބު ފަސްކުރަން ޟަރޫރީ ހާލަތެއް ނުވަތަ އިސްތިސްނާ ހާލަތެއް ކަމަށް ބެލެވިދާނެ،" އިންތިޚާބު ފަސްކުރުމުގެ މައްސަލާގައި މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވަކާލާތުކުރައްވަމުން ސުއޫދު ކޯޓުގައި ވިދާޅުވި އެވެ.

ޚާއްސަކޮށް އިންތިޚާބުގައި ވާދަކުރާ އެހެން ޕާޓީތަކާއި ކެންޑިޑޭޓުން އިންތިޚާބު ފަސްކުރަން ނޭދޭއިރު އެންމެ ބަޔަކާ ހެދި އިންތިޚާބު ލަސްކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިޚާބަށް ތައްޔާރު ނުވެވުން އެއީ އެ ބައެއްގެ ބަދު ނަސީބު. ބަދު ނަސީބަކީ ޟަރޫރީ ހާލަތެއް ކަމަކަށް ނުބެލެވޭނެ" ކޯޓުގައި ސުއޫދު ވިދާޅުވި އެވެ.

އެހެން ބައެއް ވަކީލުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރައްވަނީ ގާނޫނުގައި ބުނާ މުއްދަތުގައި ކަންކަން ނިންމަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން 2009 ގައި ކުރި ހުކުމެވެ. އެ ހުކުމުގައި ބުނާ "އިންސާނީ ބާރު ނުފޯރާ ފަދަ ކަމެއް" ކައުންސިލް އިންތިޚާބުގެ މައްސަލާގައި ނެތްއިރު ޕީޕީއެމްގެ އެތެރޭގެ މައްސަލައަކާ ހެދި އިންތިޚާބު ފަސްކުރަން ޖެހޭނެ ކަމަކަށް އެ ވަކީލުން ދެކެވަޑައެއް ނުގަންނަވަ އެވެ.

"ޕީޕީއެމަށް ތައްޔާރުނުވެވި އޮތުމަކީ އިންސާނީ ބާރު ނުފޯރާ ކަމެއް ނޫން. ގުދުރަތީ ބޮޑު ކާރިސާއެއް ދިމާވެގެން ނޫނީ އިންތިޚާބު ފަހެއް ނުކުރެވޭނެ. އެގޮތަށް ޕީޕީއެމަށް ކޯޓުގައި އަމުރަށް އެދެވޭ ނަމަ އެމްޑީޕީ މެމްބަރުން ވެސް އެދެންވީ ނޫންތޯ އެމްޑީޕީއަށް ޟަރޫރީ ހާލަތެއް ދިމާވެފައިވާތީ ނަޝީދަށް ކުރިމަތިލެވެން ދެން ރިޔާސީ އިންތިޚާބު ފަސްކުރަން. އެހެން އެކަމެއް ނުވާނެ. އެހެން ޕާޓީތަކަށް ނުވަތަ ކެންޑިޑޭޓުންނަށް ނުލިބޭ ހައްގެއް ޕީޕީއެމަކަށް ނޯންނާނެ،" ނަން ހާމަނުކުރަން އެދިވަޑައިގަންނަވަމުން ވަކީލަކު ވިދާޅުވި އެވެ.

އޭނާގެ ނަޒަރުގައި ކައުންސިލް އިންތިޚާބު އިތުރަށް ފަސްކޮށްފި ނަމަ ގާނޫނީ ހުސް ކަމަކަށް ދާނެ އެވެ. އޭރުން އިންތިޚާބު ނުބޭއްވި އޮއްވާ މިިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، ކައުންސިލްތައް ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމުން އެދޭ ގޮތަށް މައްސަލަ ނިންމައިފި ނަމަ ގާނޫނުގައި ބުނާ މުއްދަތުގައި ކައުންސިލަރުން އިންތިޚާބެއް ނުކުރެވޭނެ. މިހާރު ތިބި ކައުންސިލަރުން ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް މަގާމުގައި ތިބޭކަށް ގާނޫނު ހުއްދައެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

އިންތިޚާބުތައް ފަސްކުރަން ޖެހޭނީ ކޮންމެހެން އެކަން ކުރަން ޖެހޭ ހާލަތްތަކުގަ އެވެ. ވަކި މުއްދަތުތަކެއްގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ގާނޫނުތަކުގައި ލިޔެފައި އޮންނަނީ އެ ސަބަބަށްޓަކަ އެވެ. އާދައިގެ ކުދިކުދި ކަންކަމާ ހެދި އިންތިޚާބުތައް ލަސްކުރާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ރައީސް ޔާމީންގެ ފެކްޝަންގެ ބާރު ގަދަވުމުގެ މާނަ އަކީ އެ ފެކްޝަނުން އެދޭ ކޮންމެ ކަމަކަށް ޝަރުއީ ދާއިރާ އިން ހުއްދަ ދިނުމެއް ނޫނެވެ. އަދި ކުރިން ކޮށްފައި ހުންނަ ބޮޑެތި ހުކުމްތަކުގެ ބޭނުން ކަނޑާލުމެއް ވެސް ނޫނެވެ.

29 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

fd

02 December 2016

ކީއްކުރާ ދައުލަތެއް. ހުރިހާ ބާރެއް ކޯޓައް

The name is already taken The name is available. Register?

އެމްސް

30 November 2016

ނުޖެހޭ އަކަމަކު ކުރާނެ!

The name is already taken The name is available. Register?

ސިއްދީގު

30 November 2016

ތައްޔާރު ނުވެވެނީ ޕީޕީއެމަށް، ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހޭތަ؟ އާނ، ޖެހޭ. ރައްޔިތުން މިތިބީ ޕީޕީއެމް ސަރުކާރުން ގައުމަށާ ރައްޔިތުންނަށް ކޮއްދޭ ކަންތައްތަކާހެދި މިރައީސަށް ދަރާ، އެހެންވީމަ ޕީޕީއެމް ބޭނުންހާ ގޮތަކަށް މިގައުމުގެ ހުރިހާކަމެއްވާންޖެހޭނެ.

The name is already taken The name is available. Register?

މިދީބު

01 December 2016

ދެލޯ ކަނީތަ؟ ނޫނީ ޖާހިލީތަ؟

The name is already taken The name is available. Register?

ޖިލްބާބު ހަބީބު

30 November 2016

ޖެހުނަސް ނުޖެހުނަސް ފަސްކުރެވިދާނެ. ފަސްކުރެވޭނެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

30 November 2016

ތިޔަ ޕޕމ އަކީ މިހާރު ވުޖޫދުން ފޮހެލަންޖެހޭ ޕާޓީއެއްކަމަށް އަޅުގަނޑަށް ފެންނަނީ.

The name is already taken The name is available. Register?

ސާދު

30 November 2016

ނާފިޒު ހާދަ ޑިމޮކްރަޓޭ ދޯ. ކެކެކެކެކެ

The name is already taken The name is available. Register?

ސަރ

01 December 2016

ޖިލްބާބު ކަޅޭ އަށް އޮޅުނީތަ؟

The name is already taken The name is available. Register?

ސަމީރު

30 November 2016

ޝައްކެތް ވެސް ނެތް. ޕީޕީއެމް އަށް ދިމާވި މައްސަލައަކީ އާދައިގެ ކަމެއްނޫން. ޕީޕީއެމް އަކީ ރާއްޖޭގެ އެއްމެ ބޮޑު ސިޔާސީ ޕާޓީ އަށް ވާއިރު އެޕާޓީ އަށް ބައިވެރި ނުވެވޭ ގޮތަކަށް އިންތިޚާބު ބޭއްވުމަކީ މިރާއްޖޭގެ ގިނަ ބައެއްގެ ހައްގު ގެއްލިގެން ދިޔުން. މިހުރިހާ ވެސް ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ޕީޕީއެމް ހައިޖެކް ކޮށްގެން އުޅުނު މައުމޫން.

The name is already taken The name is available. Register?

ޖަމީލުބެ

30 November 2016

ޤާނޫނު އަސާސީގަ ތިގޮތަށް އޮތްނަމަވެސް، ޕީ.ޕީ.އެމްގެ "އަސްލު ފެކްޝަނަށް" "ފުރިހަމައަށް" ތައްޔާރު ނުވެވުމަކީ އިންތިޚާބު ލަސްކުރަންޖެހޭނެ ސަބަބެކެވެ. ކޯޓުގެ ހުކުމުން އެކަން އެގިގެންދާނެކަމަށް ވަރަށް ޤަބޫލު ކުރެވެއެވެ.

The name is already taken The name is available. Register?

ކަމަނަ

01 December 2016

އަޖައިބެެއް ޤާނޫންގަ އޮތަސް އެކަން ކުރަން ނުޖެހޭކަމަށް ތި ބުނަނީ ހަމަހޭގަ ހުރެގެންތަ ޤާނޫނުގަ ކަމެއް ވަކި ގޮތަކަށް ކުރަން އޮއްވާ އެކަމެއް ކުރަން ނުޖެހޭނަމަ ދެން ކީއްކުރަން ޤާނޫނެއް އޮތުމުގެ ބޭނުމަކީ އާން އަޅުގަނޑުވެސް އެއްބަސް ތި ކޯޓުތަކުން ކަންކަން ޕީޕީއެމް ކޮޅަށް ނިންމނީ ކޮންމެހެން ޤާނޫނަކަށް ބަލައިގެނެއްނޫން ހުރިހާކަމެއް ނިގެން ދަނީ އެމީހުން ޢެފަހަރަކު ބޭނުންވާ ގޮތަކަށް

The name is already taken The name is available. Register?

އޭއި

30 November 2016

ޕީޕީއެމް އަށް ލޯކަލް ކައުންސިލު އިންތިޚާބަށް ތައްޔާރެއް ނުވެވޭނެއެވެ. ވަރަށް ގިނަ ހައްގު ތައް ވަނީ ގެއްލިފައި. ހައްގު އެކެއް: ޕާރޓީގެ ދަފްތަރު ލިސްޓް ސޮފްޓް ކޮޕީ އަދި ހާރޑް ކޮޕީ ޕީޕީއެމް އަތުގައި ނެތުން. ހައްގު ދޭއް. ޕީޕީއެމް ގެ ލޯގޯ ޕީޕީއެމް ނޫން ބަޔަކު ރަސްމީ ކޮށް ބޭނުން ކޮށް ގެން ވަކި ފެންޝަނެއް ހެދުން. ހައްގު ތިނެއް. ރަންރީނދޫ ކުދިންގެ އުނދަގުލާއި ހުރެ ޕީޕީއެމް އަށް ހަބޭސް ޖަލްސާ ވެސް ރަނގަޅަށް ނުބޭއްވި ޕީޕީއެމް އަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދަށް ވުމުގެ ނަތީޖާ އަކީ ޕީޕީއެމް ގެ ހަބޭސް ޖަލްސާ އަށް ވެސް ކުދިން އަންނަން ޖެހިލުން ވުން. މިތިން ހައްގު މަމެން ޕިންކީންނަށް ކަށަވަރުވާނީ ލޯކަލް ކައުންސިލު އިންތިޚާބު އަދި އިލެވެން މަންތް ޓްވެންޓީ ނައިން ޑޭޒް އަށް ޑިލޭ ކޮށްލެވިއްޖެނަމަ އެވެ. އެއިރުން ރަންރީނދޫ ކުދިންނަށް ވެސް ހައްގު ލިބުނީ އަދި މަމެން ޕިންކީން ނަށް ވެސް ހައްގު ލިބުނީ އަދި ލޯކަލް ކައުންސިލު އިންތިޚާބު މަމެން ޕިންކީންނަށް ނައިންޓީ ނައިން ޕަރސެންޓް ގެއިންޑް އަދި ރަންރީނދުލޭ މެންނަށް އެއް ޕަރސެންޓް ޑެލިވާރޑް ވީ ދޯ. މީ މީގައި އެންމެ ރަނގަޅު އީކްއޭޝަން އިނގޭ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

30 November 2016

އަސްލު ފެކްޝަން އުވާލަންވީ، ޤައުމު ފުނޑިގެން މިދަނީ ތިޔަ އަސްލު ފެކްޝަނަކާ ހެދީ.

The name is already taken The name is available. Register?

ހަތާ / މެދު ޕްރޮވިންސް

01 December 2016

ކޮބާތަ އަސްލު ފެކްޝަނަކީ؟

The name is already taken The name is available. Register?

މުރަކަ

30 November 2016

ފަސް ކުރާކަށް ނުޖެހޭނެ!

The name is already taken The name is available. Register?

ނުވާނެދޯ

30 November 2016

ޕީޕީއެމް އަށް ޓަކައި ކައުންސިލު އިންތިޚާބު ފަސް ކުރަން ޖެހޭ ދަރަޖަ އަށް މިހާރު ކަންކަން ހިނގައްޖެއެވެ. ޕީޕީއެމްގެ ހައްގު ތައް ގެއްލުމުން އެކަމުގައި އިލެކްޝަންސް ކަމިޝަނަށް ކޮށްދެވުނު ކަމެއް ނެތެވެ. އެހެން ކަމަށްވާނަމަ ޕީޕީއެމް އިން ދާނެ ދޯ ކޯޓަށް. ދެން ޕީޕީއެމް ކޯޓަށް ދިއުމުން ދަށު ކޯޓުން ޕީޕީއެމް އަށް އިންސާފު ނުލިބިެއްޖެނަމަ ދެން ޕީޕީއެމް އިން މަމެން ދާނީ ހައިކޯޓް އަށެެވެ. ހައި ކޯޓް އިން ޕީޕީއެމް އަށް އިންސާފު ނުލިބިއްޖެނަމަ ދެން މަމެން ދާނީ ސްޕްރީމް ކޯޓަށެވެ. ސްޕްރީމް ކޯޓުގެ ހުކުމް އައުމުން ދެން އެގޮތަށް މަމެން ތަބާވާނަމެވެ. މިތިން މަރުހަލާ ނިމެން ދެން މަމެން އެދެނީ މަމެންގެ ހައްގު ތައް ކަށަވަރު ވަންދެން ލޯކަލް ކައުންސިލު އިންތިޚާބު ލަސް ކުރުމަށެވެ. ކައުންސިލަރުންނަށް ގެއްލުމެއް ނުވާނެއެވެ. ގައުމަށްވެސް އެއްވެސް ގެއްލުމެއް ނުވާނެއެވެ، އެއީ ކަށަވަރު ކަމެކެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

30 November 2016

އަދި ތިވަރަކުން ނުވާނެ، އިންތިޚާބު ކާމިޔާބު ނުވިއަސް ތިޔަބުނި ހުރިހާ ކޯޓުތަކަށް ގޮސްގެން ނަމަވެސް 2013ގަ ރިއާސީ އިންތިޚާބުގަ ހެދިހެން ތަމެންނަށް އިންތިޚާބު ކާމިޔާބު ވަންދެން ދުވަން ވާނެ، އަދި އޭގެ ފަހުގަ ހަވާވެސް އަރުވަން ވާނެއެވެ.

The name is already taken The name is available. Register?

ބާބޫ

30 November 2016

ކޮށްދޭންވީކަމަކީ އެއްވެސް އިންތިޚާބެއްނުބާއްވަން ނިންމާ މިހާރުތިބި މީހުން މަރުވިޔަސް އެމަޤާމުތަށް އެމީހުންގެ ދަރިން ނުވަތަ އާއިލާގެ މީހަކަށް ލިބޭގޮތަށް ހަދަންވީ؟ އަދި ކޯޓްތަކުގެ ފަނޑިޔާރުންގެ މަޤާމުތަށްވެސް އެގޮތަށް ހަދަންވީ ؟ އެއިރުން ތިހުރިހާ ސަކަރާތެއްޖަހާކަށް ނުޖެހޭނެ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454