ެއިހަވަންދޫ ބަނދަރުގެ ބޭރު ތޮށީލާން ބޭނުންވާ ބޮޑު ހިލަ އެރަށަށް ގެންދަނީ-- ފޮޓޯ: އެމްޓީސީސީ
28 އޯގަސްޓް 2021 - 16:20
ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 60 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ބަނދަރުގެ ބޭރު ތޮށިލުމަށް ބޭނުންވާ ބޮޑުހިލަ ވެސް މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 59.1 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 95 މީޓަރުގެ އެއްގަމު ތޮއްޓަކާއި 248 މީޓަރުގެ ބޭރު ތޮއްޓެއް ލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ. އަދި ޕޭވްމަންޓު ހެދުމާއި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy