ލީކުވި އޯޑިއޯ މައްސަލައިގައި ރައީސްއާ ބައްދަލުކުރަން އިދިކޮޅު މެމްބަރުން ރައީސް އޮފީހަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ޕީޕީއެމް
30 އޯގަސްޓް 2021 - 11:16
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ކްރިމިނަލް ކޯޓްގައި ހިންގި އިރު، އެ ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވި މައްސަަލައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުން ރައީސް އޮފީހަށް މިއަދު ވަޑައިގެންފި އެވެ.
އެ ކޯލިޝަންގެ ފަސް ވަރަކަށް މެމްބަރުން ރައީސް އޮފީހަށް ވަޑައިގަތީ، އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖު ކުރައްވައި އަޑުގަދަ ކުރެއްވުމަށް ފަހު އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ލީކުވެފައިވާ އޯޑިއޯތަކުން، ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ، ކޯޓުގެ ފަނޑިޔާރުން ރަހީނުކޮށް ނުފޫޒު ފޯރުވައިގެން އެނގޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފު ވެފައިވާ ތީ އިސްތިއުފާ ދެއްވުމަށް ދެންނެވުމަށް އަދި އެކަމުގެ ކަންބޮޑުވުން ރަޖިސްޓާ ކުރަން ރައީސް އޮފީހަށް މި އައީ،" ޝިޔާމް ވިދާޅުވި އެވެ.
ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ވަނީ ލީކުވެފަ އެވެ.
ލީކުވި އޯޑިއޯ މައްސަލައިގައި ރައީސްއާ ބައްދަލުކުރަން އިދިކޮޅު މެމްބަރުން ރައީސް އޮފީހަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ޕީޕީއެމް
ނޮވެމްބަރު 28، 2019 ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި މިހާރު ޑްރަގް ކޯޓުގައި ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ. އޭގެ ތެރެއިން ލީކުވެފައިވަނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރު، ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކަވާ އޯޑިއޯތަކެކެވެ.
އެކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލާނެ މައްސަލައެއް ކަމަށެވެ. އެއީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކަައި ކަމަށް ޖޭއެސްސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައީސްބެ
30 August 2021
މީދެން މާ ރަގަޅުގޮތެއް. އޯޑޮތަކެއް ހަދާފަ ރައީސް އާ ބައްދަލްކޮށްފަ ބުނަންވީ މިހިރީ ފަނޑިޔާރުން ދައްކާފަހުރި ވާހަކައޭ. އެކަމު ކުރިކަމެއް ނުކުރާ ކަމަކަށް ހެދޭތަ.
ފިލޮޅު
30 August 2021
ކޮން ސަކަރާތެއް ޖަހާކަށް ޢަލީ އާދަމް ޤާޟީއާއި ސަމިރު ޤާޟީ ދަންނަ ކޮންމެ މީހަކަށްވެސް އިނގޭނެ އެއީ އެދެމީހުންގެ އަޑެއް ނޫންކަން. ދެން ފާއިޒަކީ ޔާމީންގެ ބޯއީއެއް އަބަދުވެސް. އެކަން އިނގޭނެ ޕީޕީއެމް އެންމެނަށްވެސް. ތިއީ ސްޕްރީމް ކޯޓުގައި އަޑުއަހަންތަށް ފަށަންއުޅޭތީ ކުޅޭ ޑްރާމާއެއް
ދިއްދޫހޮޓާ
30 August 2021
ސްޕްރީމް ކޯޓްގަ އިސްތިއުނާފް ފެށެންއުޅޭތީ ދައްކާނެ ވާހަކައެއް ހަދާލީ ނޫންބާ.
މުޙުއްމާ
30 August 2021
ކިތަންމެ އިޙްތިޖާޖެއްކުރިޔަސް ޔާމީނު ވައްކަން ނުކުރާކަމަކަށް ނުވާނެ. އަދި ތި އިޙްތިޖާޖް ކުރާމީހުންވެސް ވާނީ އެވައްކަމުގަ ބައިވެރިވެފައި ކަމަށް ބެލެވެނީ. އެމީހުންވެސް ޖެހެނީ ހައްޔަރުކުރަން. އިންޑިއާ އައުޓް.
ވަކިން ގުނާ ބޭބެ
30 August 2021
ކުދިންނޭ ކުދިންނޭ... އެކި އެކި ލީކުތައް އެކި ސިފައިގައި އަންނާނެ. މިވެރިން ޖަލުގައި އޮތް މީހަކު މިނިވަން ނުކުރެވިގެން ހޭވޭތާ ވަރަށް ދުވަސްވެއްޖެ.
ހައިރާންވޭ
30 August 2021
އޭރު ފުރާޅުން ޓިނުނަގާ ވަނީމަ އޯކޭ މަޖުލިސް ހުއްޓުވާފަ ކިތަންމެ ދުވަހެއް ވިޔަސް އޯކޭ އެންމެން ޖަލައްލީ އިރު އޯކޭ ސޯ ނައު ވަޓް އިޒް ރޯންގ ވިތް ދިސް ގާއިސް ނައު
ސީޒަން ޖެކްޝަން
30 August 2021
އިދިކޮޅު އަނެއްކާ މޮޔަވާންފެށީދޯ. ޔާމީނު އެއޮށްފަގީރުމީހާ ކުއްލިއަކާ 100 މިޔަން ހޯދިގޮތް އިދިކޮޅުން ރައްޔިތުންނަށް ސާފުނުކޮށްދީ ތިޖަހާ ސަކަރާތް ބަލައެއްނުގަނެވޭ.
އެމްސް
30 August 2021
އޯޑިއޯ ތަކެއް ލީކްވީބާ، ކުޅުނީކީ ނޫންބާ
ސައީދާ
30 August 2021
ގަބޫލްކުރެވެނީ ކުޅެފަ ހުރި ޑްރާމާ ތަކަކާ.
އަހަރު
30 August 2021
ހަމަ ދެފައިތަޅާލާފަ ކުއްލިއަކާ ރައީސާ ބައްދަލްކުރުން މީ އޮންނަން ޖެހޭ ގޮތެއް ނޫން
ނިރު
30 August 2021
އޭނަ ބައްދަލެއް ނުކުރާނެ ކުރާކަށް ނުވެސް ކެރޭނެ މިސަރުކާރުން ރާވާގެން ހިންގާފަ އޮތް ބަޑުޖަރީމާއެއް ހަގީގަތް ފަޅާއެރީމަ މިހާރު އެތިބީ ފިލާ ހޮރަށްވަދެ މިކަހަލަ ކިއްތަޖަރީމާ މިހާރު ހިންގާފަ އޮންނާނީ ކޮނުނު ކޮނުނުހެން ފަސް ގިނަވާއޭ ބުނާ އުސޫލުން އަދި އޮތީ ކުރިޔަށް
އެމްސް
30 August 2021
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގުނީ ނިމިދިޔަ ވެރިކަމުގަ، ހަމަ ގައިމުވެސް މިވެރިކަމުގަ އެއް ނޫން!
ހައްޕުނޑު
30 August 2021
އޭ . ޝަރީއަތް ކުރީ ރައްޔިތުންގެ ކުރިމަތީގަ. ދެއްކި ވާހަކައާއި ކީ "ޚުތުބާ" އާއި އިއްވި ހުކުމެއް އިއްވީ ރައްޔިތުންގެ ކުރިމަތީގައި. އަރުވާނެ ފޮނެއް އަރުވާ. މިސަރުކާރަކުން ނޫޅޭނެ ސުޕްރީމް ކޯޓްގެ ފުރާޅުން ޓިނު ނަގާކަށް.
އޯބުލް ރެޑީ
30 August 2021
ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި "ލީކުވުމަކީ" އާކަމެއް ނޫން... ކޮފީ މޭޒަށް އަރާތިބެ އެހެންބާ މިހެންބާ ދައްކާ ވާހަކަތައްވެސް މިވެރިންނަށް މިވަނީ މާ ބޮޑު އެއްޗަކަށް. ޔާމީނުގެ ޝަރީއަތް އާންމުންނަށް ފެންނާނެހެން ލައިވް ކުރިކަމީ ވަރަށް ރަނގަޅަށް ކުރި ކަމެއް. ހުކުމް ކުރި ވަގުތު ގާޒީގެ ބޮލުގަ ބަޑިޖައްސާފައި ހުއްޓޭ ކިޔާފަވެސް މިވެރިން ލީކުކޮށްފާނެ. އެމަންޒަރު ކޮންމެވެސް ނަންބަރެއްގެ ޓީވީން ދެއްކުމުން އާޝޯޚްވާނެ ބަޔަކުވެސް އުޅެފާނެ.