ޚަބަރު / އާދަމް ޝަރީފް (ލޯކަލް ގަވަމަންޓް މިނިސްޓަރު)

އޯޑިއޯ ލީކުވި މައްސަލަ ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަަނީ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރެއްވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކްވި މައްސަލަ އޭނާ މިއަދު މަޖިލީހަށް ހުށަހެޅުއްވި.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ހިންގި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ލީކްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެއް ބަލައިގަންނަން ފާސްނުކޮށް މިއަދު ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ އަށް މަޖިލީހުގައި ބަހުސްކުރުމާ މެދު ފެންނަ ގޮތެއް ބަލަން ނެގި ވޯޓްގައި އެކަމާ އެއްކޮޅަށް ވޯޓްދެއްވީ އެންމެ ހަތް މެމްބަރުންނެވެ. މަޖިލީހަށް އެ މައްސަލަ ބަލައިގަންނަން ފެނިވަަޑައިނުގަންނަވާ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވި އެވެ. ވޯޓްގައި ބައިވެރިވެވަޑައިގެންނެވީ 27 މެމްބަރުންނެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާފައިވާ ކަން، ލީކްވެފައިވާ އޯޑިއޯތަކަކުން ހާމަވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގުކޮށްދޭން އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އާދަމް ޝަރީފު ގޮވައިލެއްވި އެވެ.

ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރަކު ދައްކަވާފައިވާ ވާހަކަތަކެއްގެ ރެކޯޑިން ކަމަށް ބުނެ ބަޔަކު ލީކްކޮށްލި އޯޑިއޯތަކުގެ މައްސަަލައިގެ ކަންބޮޑުވުން މަޖިލީހުގެ އިދިކޮޅު މެމްބަރުން އިއްޔެ ވެސް ފާޅުކުރެއްވި އެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށް ދިޔަ އިރު، މަޖިލީހުގެ ރިޔާސީ މޭޒުގެ ކައިރީގައި ތިއްބަވައިގެން އެކަމާ އަޑު އުފުއްލެވުމަށް ފަހު ރައީސް އޮފީހަށް ވެސް އެ މެމްބަރުން އިއްޔެ ވަޑައިގެންނެވި އެވެ.

އެކަމަކު އެ އޯޑިއޯތައް ލީކްވުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެށި ތަހުގީގުގައި ތިންް ފަނޑިޔާރުން ވެސް ވިދާޅުވީ އޯޑިއޯތަކުގައި ވަނީ އެބޭފުޅުންގެ އަޑު ނޫން ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތަހުގީގަށް އަޑުގެ ސާމްޕަލް ދެއްވަން ވެސް ތިން ފަނޑިޔާރުން އެއްބަސްވެވަޑައިގެންނެވި އެވެ. ފަނޑިޔާރުން އެގޮތަށް ޖަވާބުދެއްވިކަން ޖޭއެސްސީން އިއްޔެ ހާމަކުރީ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގަ އެވެ.

ނޮވެމްބަރު 28، 2019 ގައި ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ.

އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގައި މިހާރު ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ. އޭގެ ތެރެއިން ލީކުވެފައިވާ އޯޑިތަކުގައި ވަނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރުގެ އަޑު ކަމަށް އަންނަނީ ތުހުމަތުކުރަމުންނެވެ.

މި އޯޑިއޯތަކާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައި ވަނީ މިއީ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމުގެ ހެއްކެއް ކަމަށާއި ޔާމީން ވަގުތުން މިނިވަންކުރަންޖެހޭ ކަމަށެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސްނުހީނާ

31 August 2021

ރަނގަޅު. މިކަހަލަ ފޭކު ކަންތައްތަކާއި އަޅާލާނެ ކަމެއްނެތް! ްްް

The name is already taken The name is available. Register?

އެކަމު

31 August 2021

އެމައްސަލަވަނީ ކަމާބެހޭ ފަނޑިޔާރު ބަލައިގަނެފައި. އެކަމުން ކުރި އަސަރުން ހުންނެވީވެސް ސަލާމުގައި.

The name is already taken The name is available. Register?

އިބުރާ

31 August 2021

"ލީކުވި އޯޑިއޯ" މީއީ ކިހިނެތްވާ ކަމެއްތޯ؟ ލީކުވި އޯޑިއޯއެކޭ ބުނީމަ އެބުނެވެނީ އެއީ އަސްލު އޯޑިއޯއެކޭ. އެކަމަކު އަސްލު އެއްޗެއް ކަމެއް ނުވަތަ ހަދާފައިވާ އެއްޗެއްކަމެއް ޔަގީން ނުވާހައި ހިނދަކު ބުނަން ޖެހޭނީ "ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ" އެއް ކަމަށް

The name is already taken The name is available. Register?

1234

31 August 2021

މިމީހުން ހިތަކަށްނާރާ ވެރިކަމާއި ބާރު ތިމާމެންގެ އަތުއޮތްއިރު ކަންކުރިގޮތެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454