އެޕަލް އިންޑިއާ ސްމާޓްފޯން މާކެޓްގައި ގަދަބާރަކަށް ވުމަށް އިތުރު ފިހާރަތައް ހުޅުވަން ބޭނުންވި ނަމަވެސް އިންޑިއާގެ ގައިވައިދުތައް ހުރި ގޮތުން ވަނީ ހުރަސްތަކެއް ކުރިމަތިވެފައި
01 ޑިސެމްބަރ 2016 - 06:34
ވިޔަފާރި އަށް އަންނަ ބަދަލުތަކުގައި ބާރުގަަދަ ކުންފުނިތައް ވެސް އޮޔާ ދެ އެވެ. ޗައިނާ ސްމާޓްފޯން މާކެޓް އެޕަލް އަށް ފަހިވެފައި އޮތް އޮތުން ނިމުމަކަށް އަތުވެދާނެ ކަމަށް ބެލެވެން ފެށީއްސުރެ، އެޕަލުން ވަނީ ބައްރުތަކަށް ކަޅިއަޅަށް ފަށާފަ އެވެ. އެ ގޮތުގައި އެޕަލް އަށް އެންމެ ބޮޑު ފައިދާއެއް ހެދިދާނެ ކަމަށް ބެލެވުނީ އިންޑިއާ އަދި ސައުތު އެފްރިކާގަ އެވެ.
ވަތަނީ ފޯނުތަކުގެ ނުފޫޒުގަދަ އޮއިވަރުގައި ޖެހި، ޗައިނާ ސްމާޓްފޯނު މާކެޓްގައި ހިފަހައްޓާލުން އެޕަލް އަށް ވެސް ވަނީ އުނދަގޫވެފަ އެވެ. ޗައިނާގައި ހައިސިއްޔަތު ގެއްލުމުގެ ކުރިން އެޕަލް ވަނީ އިންޑިއާ ސްމާޓްފޯން މާކެޓަށް ބާރުގަދަކޮށްފަ އެވެ. މާކެޓް ދިރާސާކުރާ ފާމްތަކުން ބުނާ ގޮތުގައި އެޕަލްއާ ވާދަކުރެވޭ ވަރުގެ ސްމާޓްފޯން ކުންފުންޏެއް އިންޑިއާގައި އަދި އިންވެސްޓެއް ނުކުރެވެ.
އިންޑިއަން ޓައިމްގައި ބުނެފައިވާ ގޮތުގައި، ގެލަކްސީ ނޯޓް 7 ކޮޅެއްގައި ނުޖެހި ސެމްސަންގް އަށް މާކެޓް ގެއްލުމުގެ ސަބަބުން އެޕަލް އަދި ގޫގުލް އަށް ވެސް ފައިދާވި އެވެ. އެޕަލްގެ މައްޗަށް އިންޑިއާ މާކެޓްގައި ބާރުފޯރުވަން ގޫގުލުން ކުރި ހުރިހާ މަސައްކަތަކުން ވެސް 10 ޕަސެންޓް ފަހަނައަޅައި ގޫގުލް ކުރިއަރާ ގޮތެއް ނުވި އެވެ. ހަމަ އެ މުއްދަތުގައި ސްމާޓްފޯން މާކެޓްގެ 66 ޕަސެންޓް އެޕަލް އަށް ފަހިވި އެވެ.
އިންޑިއާގައި ވިޔަފާރި ފުޅާކުރުމަށްޓަކައި އިތުރު ފިހާރަތައް ހުޅުވަން އެޕަލް ބޭނުންވިޔަސް، ގަވާއިދުތައް ހުރި ގޮތުން އެޕަލް އަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގަވާއިދުތައް ބާރުއަޅަނީ ފިހާރަތަކުގައި ވިއްކާ މުދަލުގެ 30 ޕަސެންޓް އިންޑިއާގައި އުފެއްދުމަށެވެ. ނަމަވެސް ސްމާޓްފޯން މާކެޓް ފުޅާކުރުމަށްޓަކައި އިންޑިއާ ސަރުކާރުން އެޕަލް އަށް ލުއިތަކެއް ދީފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މާކެޓް ދިރާސާކުރާ މީހުން އަންދާޒާކުރާ ގޮތުގައި، އިންޑިއާ އަށް ރަނގަޅަށް ކުޅެން އެނގިއްޖެ ނަމަ، ސްމާޓްފޯން މާކެޓްގައި އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭނެ އެވެ. އެޕަލުން ވެސް އެ މޭރުމުން ވަނީ ވާހަކަދައްކާފަ އެވެ. އިންޑިއާގައި ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޝައުގުވެރިވާ ކަމަށް އެޕަލް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy