ސަންޖަނާ.
04 ސެޕްޓެމްބަރ 2021 - 15:16
މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ފަހު ފިލްމު "ދިލް ބޭޗާރާ" ގެ ބަތަލާ ސަންޖަނާ ސާންގީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މި މަހުގެ ދެ ވަނަ ދުވަހު ފާހަގަކުރި އޭނާގެ 25 ވަނަ އުފަން ދުވަހާ ގުޅުވައިގެން ރާއްޖޭގެ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ސަންޖަނާ ޕޯސްޓްކޮށްފައިވެ އެވެ.
ސުޝާންތާ އެކީ ސަންޖަނާ ކުޅުނު "ދިލް ބޭޗާރާ" އަކީ ހޮލީވުޑްގެ 2014 ގެ މަޝްހޫރު ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމޭކެކެވެ. އެ ފިލްމު މިދިޔަ އަހަރު ގެނެސްދިނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.
ސަންޖަނާގެ ކުރިއަށް އޮތް ފިލްމަކީ އަދިތިޔާ ރޯއި ކަޕޫރާ އެކު ކުޅެފައިވާ އެކްޝަން ފިލްމު "އޯމް: ދަ ބެޓްލް ވިތިން" އެވެ. އޭނާ ބޮލީވުޑަށް ނުކުތީ ރަންބީރް ކަޕޫރްގެ 2011 ގެ "ރޮކްސްޓާ" ގެ ސަޕޯޓިން ރޯލެކެވެ. އަދި އޭގެ ފަހުން އިރުފާން ޚާންގެ 2017 ގެ "ހިންދީ މީޑިއަމް" ގެ ރޯލެއް ވެސް ސަންޖަނާ ކުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުއްބާ
04 September 2021
ސްޕޮންސާރ ކޮއްގެން އައި ކުއްޖެއް.
ރަޒާމަން2
04 September 2021
އާޗާ. ރީތި މަންޒިލެއްގަ ރީތި ކުއްޖެއް. މިރީތިކަން ރާއްޖޭ ކުދިންނަށް ވެސް ވާނެ.
ނަޝީ
04 September 2021
ބޭރު މީހުން ރާއްޖެ ދެކެނީ ދެވަނައެއް ނެތް ފަދައިން. އަހަރަމެން ދިވެހިންވެސް ބޭނުން މިގޮތައް ރާއްޖެ އެކްސްޕީރިންސް ކޮއްލަން. އެކަމަކު މާފަގީރު ތިފަދަ ރަށަކަށް ދެވޭވަރަށް ވުރެން. އަދި ތިފަދަ ހެދުމެއް ލެވޭވަރަށް ވުރެން ސިކުނޑިފިތިފަތިބި އަންހެނުންނަށް އުދަގޫކުރާ ތުބުޅި ގުރޫޕު ދެކެ މާބިރުގަނޭ. ދިވެހީންނަށް މިނިވަން ގަައުމެއް ނޫން މީކީ.
ޙަސަން އަޙްމަދު
04 September 2021
މިގޮތަށް ރާއްޖެ އެކްސްޕިރިއަންސް ކުރެވެނީ ބޭރު މީހަކަށް ވިޔަސް ފައިސާ ހުރެގެން. އެކަމަކު ދިވެހިންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން އެކްސްޕިރިއެންސް ކުރެވެން އެބޮތް ހިލޭ ވެސް.
ވިސްނާށޭ
04 September 2021
މިފަދަ މީހުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން ސޯޝަލް މީޑިޔާގަ ނުވަތަ އާންމު ތަންތާނގަ އިސްތިހާރުވާން މުސްލިމުންނަށް ހުއްދައެއް ނޫން...އައުރަ ނިވާކުރަން އެންގެވީ މާތްﷲ..ބިރުގަންނަންވީވެސް އެފަރާތްދެކެ..މިނިވަންކަމަކީ ހެއްދެވި ގޮތަށް ހުރެ އާންމުވުންކަމުގަ ދެކޭނަމަ އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަށް ފަހަނަ އެޅުން..