މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަރުޖުން.

08 ސެޕްޓެމްބަރ 2021 - 07:05

މި އަހަރުގެ ކުރީކޮޅު ކޮވިޑާއި އިންޑިއާ އަށް އެރި ތޫފަނަކާ ހެދި ޝޫޓިން ނުނިންމި އޮތް، އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމު "މައިދާން" ގެ ފަހު ޝެޑިއުލް ނިންމުމުގެ މަސައްކަތް އަންނަ މަހަށް ތާވަލުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ފުޓްބޯޅަ މެޗްތަކެއްގެ މަންޒަރު ޝޫޓްކުރަން ހަދާ ސެޓްގެ މަސައްކަތް މި މަހުގެ މެދުތެރޭގައި ނިންމާނެ ކަމަށާއި ފަހު ޝެޑިއުލްގެ ޝޫޓިން އަންނަ މަހުގެ 25 ގައި ފަށައި، ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާނެ ކަމަށެވެ.

މައިދާން އަކީ ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ 2018 ގެ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ އެވެ.

ކުރިން އަންނަ މަހުގެ 15 ގައި ރިލީޒްކުރަން ތާވަލުކުރި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރު އެވެ. "މައިދާން" އަކީ އިންޑިއާގެ ޒަނާމީ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ.

"ބޫތު ޕޮލިސް" އިން ލޯބީގެ ލަވައެއް

މި މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ލަވަތަކުގެ ތެރެއިން ލޯބީގެ ލަވައެއް ދޫކޮށްލައިފި އެވެ.

އަރުޖުން ކަޕޫރާއި ޔާމީ ގޯތަމްގެ "މުޖެ ޕިޔާރު ޕިޔާރު ހޭ" ލަވަ އަކީ ސަޗިން-ޖިގަރް މިއުޒިކް ހަދައި، އަރުމާން މާލިކާއި ޝްރެޔާ ގޯޝަލް ކިޔާފައިވާ ލަވައެކެވެ. މި ލަވަ އަކީ "ބޫތު ޕޮލިސް" ގެ ޓައިޓްލް ލަވަ އަށް ފަހު އާންމުކުރި ދެވަނަ ލަވަ އެވެ.

މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ބޫތު ޕޮލިސް" ގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ޖެކްލިން ފެނަންޑޭޒް ވެސް ހިމެނެ އެވެ.

"ކޮފީ ވިތު ކަރަން" ގެ ހާއްސަ އެޕިސޯޑެއް

މިދިޔަ މަހުގެ 27 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ވަރުގަދަ ވެބް ސީރީޒް "ދި އެމްޕަޔާ" ޕްރޮމޯޓްކުރުމުގެ ގޮތުން ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން" ގެ ހާއްސަ އެޕިސޯޑެއް އޭގެ ބައެއް ކާސްޓުންނާ އެކު ގެނެސްދީފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާގެ އިތުރުން ޔޫޓިއުބުން ވެސް މި އެޕިސޯޑް ބަލައިލެވޭނެ އެވެ.

"ދި އެމްޕަޔާ" އަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ 2003 ގެ ފިލްމު "ކަލް ހޯ ނަ ހޯ" ގެ ޑައިރެކްޓަރު ގެނެސްދިން އެއްޗެކެވެ. އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ވާހަކައެއް ކިޔައިދޭ ސީރީޒްގެ ކާސްޓްގައި ކުނާލް ކަޕޫރް، ޝަބާނާ އާޒްމީ، ޑީނޯ މޯރިއާ، ޓީވީ ބަތަލާ ދުރަޝްތީ ދާމީ، ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނުކުތް ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ބަތަލާ ޝަހެރް ބާމްބާ، އަދިތިޔާ ސީލް އަދި ރާހުލް ދޭވްއާ އެކު ބޮޑު ކާސްޓެއް ހިމެނެ އެވެ.

އެޗްބީއޯ އިން ގެނެސްދިން ސިލްސިލާ "ގޭމް އޮފް ތުރޯންސް" ސްޓައިލަށް ގެނެސްދިން "ދި އެމްޕަޔާ" އަކީ 8 އެޕިސޯޑްގެ އެއްޗެކެވެ.

އަރުޖުންގެ "ދަ ރޭޕިސްޓް" ބުސާން ފެސްޓިވަލަށް

އަރުޖުން ރާމްޕާލް މުހިއްމު ރޯލެއް ކުޅެފައިވާ "ދަ ރޭޕިސްޓް" އަންނަ މަހު ބާއްވާ 26 ވަނަ ބުސާން ފިލްމު ފެސްޓިވަލްގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ ބަތަލާ ކޮންކޮނާ ސެން ޝަރުމާގެ މަންމަ ކުރީގެ މަޝްހޫރު ބަތަލާ އަޕަރްނާ ސެން ލިޔެ، ޑައިރެކްޓްކޮށްފައޮވާ ފިލްމެކެވެ. "ދަ ރޭޕިސްޓް" ގެ ކާސްޓްގައި ކޮންކޮނާ ވެސް ހިމެނެ އެވެ.

އަންނަ މަހުގެ 6-15 އަށް ދެކުނު ކޮރެއާގައި އޮންނަ ފެސްޓިވަލްގައި ފިލްމު ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ "އަ ވިންޑޯ އޮން އޭޝިއަން ސިނެމާ" ކެޓަގަރީގަ އެވެ.

އަޕަރްނާ އަކީ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454