މައްޗަންގޯޅި ދެކުނު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު ޒަމީރު. ކައުންސިލްގެ ނިއުސް ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ: "އިންޑިއާ އައުޓް" ޕެޓިޝަނުގައި އޭނާ ސޮއިކުރެއްވުމުން އެކަން ކުށްވެރިކޮށް، ސޮއި އަނބުރާ ގެންދެވުމަށް އެމްޑީޕީން ގޮވައިލި--- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
10 އޮކްޓޯބަރ 2021 - 10:54
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ސޮއިކުރެއްވުމުން އޭނާގެ ދާއިރާ އިން އެކަން ކުށްވެރިކޮށްފި އެވެ.
މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު ޒަމީރު، ޕީޕީއެމް/ޕީއެންސީގެ އެ ޕެޓިޝަންގައި ސޮއިކުރެއްވުމުން، އެކަން ކުށްވެރިކޮށް، އެމްޑީޕީގެ އެ ދާއިރާގެ ގޮފިން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ ސިޔާސީ ހަރަކާތެއްގައި، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި، ކާމިޔާބު ކުރެއްވި ކައުންސިލަރަކު ސޮއިކުރެއްވުމަކީ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުން ކަމަށް ދެކޭ ކަމަށެވެ.
އެމްޑީޕީން ބުނިގޮތުގައި، ޒަމީރުގެ އެ ކަމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެކެވެ. އެހެންވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރި އެވެ.
އެމްޑީޕީގެ ހާރިޖީ ސިޔާސަތަކީ އެހެނިހެން ގައުމުތަކާ އެކު ހާރިޖީ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުން ކަމަށާއި ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޒަމާންތަކެއްވީ ހަރުދަނާ ގުޅުންތަކެއް އޮންނަ އަވަށްޓެރި ގައުމެއް ކަން ބަޔާނުގައި ފާހަގަކުރި އެވެ.
"އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ އިންޑިއާ މިލިޓަރީ އައުޓް ހަރަކާތަކީ ރާއްޖެ އާއި އަވަށްޓެރި އިންޑިއާ ދެމެދު އޮންނަ ވަރުގަދަ ގުޅުންތައް ހީނަރުކޮށް ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް މަގުފަހިވާ ގޮތަށް ރޭވިގެން ކުރިއަށް ގެންދާ ވިޔާނުދާ އަމަލަކަށް ވާތީ، އިދިކޮޅުން ހިންގާ މިފަދަ ނޭއްގާނީ ހަރަކާތްތަކުގައި އެމްޑީޕީގެ މެދު ދާއިރާގެ ކައުންސިލް މެންބަރު ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ބަޔާނުގައި ބުންޏެވެ.
އިންޑިއާގެ ސިފައިންނާ ދެކޮޅު ޕެޓިޝަންގައި ސޮއިކުރުން އިދިކޮޅުން ކުރިއަށް ގެންދަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އަދި އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމަކީ ރާއްޖޭގެ ސަލާމަތާއި ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބުނެ، "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި ޒަމީރު ކުރެއްވި ސޮއި އަނބުރާ ގެންދެވުމަށް ގޮވައިލި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެ އިން ބޭލުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލައި މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅު ކޯލިޝަނުން ފެށި ޕެޓިޝަން ހުށަހަޅާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ހާމައެއް ނުކުރެ އެވެ.
އެ ޕެޓިޝަނުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމުކޮށް، ރާއްޖޭގައި އެ ގައުމުގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް އެ ޕެޓިޝަނުގައި އެދިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިލަރަންމާ
10 October 2021
އިދިކޮޅަސް އެއްކޮޅަސް ހެޔޮ ވާނީ ހެވަށް. ނުބައި ވާނީ ނުބަޔަށް.
ދޮން ތަކުރު
10 October 2021
އެންމެންވެސް ސޮއި ކުރަންވީ. މަވެސް ތާއީދު
އުދުހޭ
10 October 2021
އިންޑިޔާއަށް ގައުމު ވިއްކަށް އުޅެނީ ބަރުލަމާނުގަ ޖެހިގެން އުޅޭ މަދުބައެއް. ޒަމީރު މިކަމުގައި ނަމޫނާ ދެއްކެވީތީ ޒަމީރަށް ޝުކުރިއްޔާ.
ބޮޑުމީހާ
10 October 2021
އިންޑިއާ އައުޓް ގޮވުމަކީ ގައުމީ ކަމެއް. އެމްޑީޕީއަށް ވުރެ ގައުމު މުހިންމުވާނެ. ޒަމީރުގެ ވިސްނުމަށް އެމްޑީޕީންވެސް އިހްތިރާމްކުރުމަކީ އެންމެ ރަގަޅުގޮތް
އަބްޑޫޅް
10 October 2021
އެކަން ކުއްވެރި ކުރީ އޭނަގެ ދާއިރާއަކުން ނޫން؛ އޭންގެ ދާއިރާގެ، އިންޑިޔާއަށް ވިކިފަ ތިބި އެންޑީޕީން. އިންޑިޔާ އައުޓު!
ސޯލިހުނޫންސަރުކާރު
10 October 2021
އިންޑިއާގެ އަސްކަރީ މީހުން މިގައުމުގަ ތިބޭ ތިބުމުގެ ހުރިހާ ކަމެއް ސިއްރުކުރާކަށް ނުޖެހޭނެ. ސިއްރުކުރާނަމަ އެކަމުގައި ނުކިއްސަރު ކަމެއް އޮންނާނެ ކަމަށް ބެލެވޭނީ. އެހެން ގައުމުތަކުގަ ތިބޭ އެމެރިކާ ސިފައިންގެ އަދަދު އެނގެން ހުންނައިރު އެމީހުންވެސް އެކަންކުރަނީ މިއަށްވުރެ ފާޅުކަން ބޮޑުކޮށް. މިގައުމުގައި ކޮންފަދަ އަގުބޮޑު އެއްޗެއް އޮވެގެންބާ އިންޑިއާގެ އަސްކަރީ މީހުން މިތަނުގަ ތިބިކަން ނާންގާ ތިބެންޖެހެނީ؟
ޗަކަ
10 October 2021
އެމްޑީޕީ މީހުން ޗައިނާއޭ ސައުދީއޭ ޓޫރިޒަމް ބޯއިކޮޓްކުރާށޭ ގައުމު ހިފަން އަރާށޭ ކިޔައިގެން ގޮވާލިއިރު އެކަންކަން ނުވި އެހެން ގައުމުތަކާ އޮންނަ ގުޅުންތައް ހީނަރުވެ ރައްޔިތުންގެ މަސްލަހަތު ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ވިޔާނުދާ ކަންކަން ކަމަކަށް. މި ހުންނަނީ މިމީހުންގެ ޑަބަލް ސްޓޭންޑަރޑް ހުންނަވަރު.
ޑޮކްޓާރ. ބަނާނާ
10 October 2021
އިންޑިޔާ އަކީ ދުވަހަކުވެސް ދިވެިރައްޔިތަކަށް ހެޔޮ އެދޭބައެއްނޫން. މިހާރުވެސް އިންޑިޔާ އަށް ދިއުމަށް ވިސާޔަށް ނިކަމެތި ރައްޔިތުމީހާ އެދަނީ ސަލާމް ޖަހަމުން. މީގެ 26 އަހަރު ކުރިން އައިޖީ އެމް އެޗް ކިޔާ އިންޑިޔާ ގެ ޑޮކްޓަރުން ޔޫރަޕްގެ ގައުމުތަކަށް ވަޒީފާއަށް ފޮނުވުމާއި ޓްރިވެންޑްރަމް އަށް ދިވެހިން ބޭސްފަރުވާއަށް ދާން ހެދި ހޮސްޕިޓަލަކީ އިންޑިޔާ މީހުން ގެ މަގުސަދު ވަރަށް ރަގަޅަށް އަހަރެމެނަށް ސާފުވާ ދިރިހުރި މިސާލެއް. ޝުކުރިއްޔާ ލޮބުވެތި ޒައީމް!
އަހުމަދުވަގާރު
10 October 2021
ދިވެހިންނަށް އެންމެ ހެޔޮ އެދެނީ ސައުދީން އަދީ ޕާކިސްތާނުން
އަބުޑުލް
10 October 2021
100 ޕަސެންޓް ރަގަޅު ވާހަކައެއް ޑޮކޮޓަރ ދޮންކެޔޮ ތި ވިދާޅުވަނީ..
ފަޓާސްބެ
10 October 2021
ޙާދަ ވަރުގަދަ ޑޮކްޓަރަކޭ މީބޫދާ ޙަމައަސްލުގަވެސް ތެދެއްތި ބުނޫ.
މޫސާދައްޔާން
10 October 2021
ހަގީގަތަކީ އެމްޑީޕީ ގެ ޙާރިޖީ ސިޔާސަތު ބިނާވެފައިވަނީ މިގައުމުގެ ހަމަޖެހުމާއި އިންޑިޔާގެ މަސްލަހަތު ރައްކާތެރިކުރުން. އެސިޔާސަތުގެ ދަށުން ޒަމީރުގެ ނިއްމުން ޕާޓީގެ ނިއްމުމާއި ހލާފްވާތީ އޭނާ ބޭރުކުރަންޖެހޭ ނޫނީ ޕާޓީންވަކިކުރަން ގޮވާލަން.
ދައޔާނޫ
10 October 2021
މިގައުމުގެ ހަމަޖެހުމަށް ބަލާބައެއް ނޫން އެމްޑީޕީއަކީ. ވެރިކަމުގަ ނެތިއްޔާ ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވާލައި މިގައުމުގެ ބޮޑުބައެއްގެ އާމްދަނީ ހުއްޓުވާލަން ފަހެއްނުޖެހޭ އެމީހުންނެއް. އަދި އެހެން ގައުމަކުން މިގައުމަށް އަރާ ހިފާކަށް ނުގޮވާނެ ގައުމުދެކެ ލޯބިވާ އެއްވެސް ބަޔަކު. އިންޑިއާއަށް ސިޔާސަތު ބިނާކޮށްގެން އުޅެނީ އަމިއްލަ އެޖެންޑާއެއްގެ ދަށުން.
ޖަމީލުބެ
10 October 2021
އެއްވެސް ފިކުރީ މިނިވަންކަމެއް ނެތް ބަޔެއްދޯ.....