ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
11 ސެޕްޓެމްބަރ 2019 - 16:11
ރައްޔިތުންގެ މަޖިލިީހުގެ ފުރަތަމަ ދައުރުން ބޭރުގައި ބާއްވާ ޖަލްސާ މާދަމާ ކުރިއަށް ގެންދަން ނިންމައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެ ޖަލްސާ އަށް ހުށަހަޅަން އެޖެންޑާކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅުއްވާނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ. މާދަމާގެ ޖަލްސާގައި ހަމައެކަނި އޮތީ އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ޖަލްސާގައި އިތުރު އެއްވެސް ކަމެއް އެޖެންޑާކޮށްފައެއް ނުވެ އެވެ.
ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވޭނީ މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެވެ. ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި މިހާރު ހިމެނޭ 87 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.
ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅީ އެމްޑީޕީންނެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ އަށް އެޅުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރުމެވެ.
ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހެނީ މިހާރު ގާނޫނު އޮތް ގޮތުން، އޭގެ އަސްލު ޓެރަރިސްޓުންނާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ހަމައަށް ދިއުމަށް ވުރެ ބޮޑަށް އެ ގާނޫނުގައި އެހެން ދިމާލަކަށް ދިއުމުގެ އަމާޒު ހިފާފައި އޮތުމުން ކަމަށެވެ.
"އެހެންވީމަ ޓެރަރިޒަމް މާނަކޮށްދީ، އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހަ އިން ހައްޔަރު ކުރެވި، ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލު ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
މަޖިލިހަށް ހުށަހަޅަން ނިންމި ޓެރަރިޒަމް ބިލްގެ ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޖިލީހުގެ ރައިސް
11 September 2019
މާދަމާ ހުރިހާ މީހުންނަށް 1 ދުވަހުގެ ސެލަރީ އެލަވަންސް ދޭން ނިންމާފައިވަނީ
ކުޑޭ
11 September 2019
އިބޫއަށް އަޅުގަނޑު ދޭނެ ނެސޭހަތަކީ ޔާމިނު ހިނގިމަގުން ނުހިނގައްޗޭ! ގާނޫނުތަކާ އެއްޗެހި ބަދަލުކޮއްގެން ރައްޔިތުންނަށް އަނިޔާވެރި ނުވައްޗޭ!
މާދުރު ތަރި
11 September 2019
މަޖިލީސް އަކީ މިޔަދު އެމްޑީޕީގެ ހަރުގެއެއް! ނަޝީދުގެ ޕާޓީ އޮފީސް! ވަރަށް ދެރަ! ރައީސް އިބޫއަށް ރައްޔިތުންގެ މަޖިލީސް އުވާލައި އަލުން މަޖިލީސް އިންތިހާބް ބޭއްވުމަށް ގޮވަަލަން
ދޮން އަލީ
11 September 2019
ސާބަސް މެންބަރުން އަހަރެން ގަބޫލް ކުރާ ގޮތުގަ މިގައުމުގެ ވަރަށް ބޮޑެތި ކުއް ކޮއްފަ މިހާރު ހުރި ގާނޫން ތަކުގެ ސަބަބުން މިނިވަން ކަމާ އެކު ބަޔަކު އެބަ އުޅޭ.ރިލްވާން ޔާމީން އަފްރާޝިމް މިހެން ގޮސް ކިޔާނެ ކަމެއްނެއް މިދިޔަ 8 އަހަރު ވަނީ އެތައް ބަޔަކު މަގުމަތިން ކަތިލާފަ.އިންސާފް ލިބެން ޖެހޭ އިބޫ އައް ހަމަ ގައިމް އަހަރެން ވޯޓް ދިނީ ގައުމު ދަވާލި މީހުންނާ މި މަރުތަކުގެ ކުއްވެރިވާމީހުން ޝަރިޔަތުގެ މަޖިލިސް އައް ގެނެސް ހައްގު އަދަބު ދިނުމަށް ސަލާމް