01 ޑިސެމްބަރ

December 01, 2018 82
އެމްޑީޕީން އެއްބަސްވީ 35 ދާއިރާއަކަށް ވާދަކުރަން

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 61 ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީން މިހާރު ބޭނުންވެ، އެކަން ކޯލިޝަންގެ އެހެން ޕާޓީތަކަށް ހުށަހެޅި ނަމަވެސް، މީގެ ކުރިން އެ ޕާޓީން އެއްބަސްވެ ސޮއިކޮށްފައި އޮތީ 35 ދާއިރާ އަކަށް ވާދަކުރަން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

30 ނޮވެމްބަރ

November 30, 2018 23
ރައީސް މުލީއާގެ އަށް ބަދަލުވެވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިއާސީ ގަނޑުވަރު މުލީއާގެ އަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.

29 ނޮވެމްބަރ

27 ނޮވެމްބަރ

November 27, 2018 57
ހައްދުތަކާ ދެކޮޅުވުމަކީ ދީނަށް ގޮންޖެހުން: އިލްޔާސް

އިސްލާމްދީނުގެ ހައްދުތަކާ ދެކޮޅަށް ކަންކަން ނިންމުމަކީ އިސްލާމްދީނަށް ގޮންޖެހުން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް، އަދާލަތު ޕާޓީގެ...

November 27, 2018 10
ކައުންސިލްތަކަށް ބާރުދިނުން އަވަސްކުރަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ލޯކަލް ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އިއާދަކުރުން އަވަސްކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

26 ނޮވެމްބަރ

November 26, 2018 20
ރައީސް، އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

November 26, 2018 38
ސިޔާސީ ނުފޫޒުން ފުލުހުން ދުރުކުރަން އެއްބާރުލުންދޭނަން

ފުލުހުންގެ މުއައްސަސާ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް...

23 ނޮވެމްބަރ

November 23, 2018 39
30 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް ބަދަލުތަކެއް ގެނެސް، ބަޖެޓު ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ. ބަޖެޓު ދިރާސާ ކުރާ...

November 23, 2018 30
ކޮރަޕްޝަން ބަލާ ކޮމިޝަނުން ހަނާ އިސްތިއުފާ ދެއްވައިފި

ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ރައީސް އިބްރާހީމް...

22 ނޮވެމްބަރ

November 22, 2018 16
ކަރެކްޝަންސްގެ އިސްވެރިޔާ މަގާމުން ވަކިކުރައްވައިފި

ކޮމިޝަނާ އޮފް ޕްރިޒްންސް އަހުމަދު ޝިހާން މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.

November 22, 2018 6
ފޮރިން ސެކްރެޓަރީއަކަށް ޣަފޫރު އައްޔަން ކުރައްވައިފި

ރާއްޖޭގެ ފޮރިން ސެކްރެޓަރީއަކަށް އަބްދުލް ޣަފޫރު މުހައްމަދު އަދި އިތުރު ތިން މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން...

21 ނޮވެމްބަރ

November 21, 2018 6
ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ!

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަށް ކުޅިވަރުގެ ގައުމީ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

20 ނޮވެމްބަރ

November 20, 2018 44
ދައުލަތް ވަނީ ބޮއްސުންލާފައި، ހައްލު ކުރާނަން:އިމްރާން

ދައުލަތް ބޮއްުސުންލާފައިވާ މިންވަރު އިތުރަށް ސާފުވެ ވަޑައިގެންފި ކަމަށާއި އެކަންކަން ހައްލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް...

November 20, 2018 14
ރިޔާސީ ކޮމިޝަނަށް ބާރު ދޭން ގާނޫނެއް ހުށަހަޅަނީ

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ...

19 ނޮވެމްބަރ

November 19, 2018 9
އާ ކޮމިޝަނަރަކު އައްޔަން ކުރަންދެން ހުންނާން: ޖުނައިދު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް، މި ސަރުކާރުން އާ ބޭފުޅަކު އައްޔަން ކުރައްވަންދެން އެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ކަސްޓަމްސްގެ ވެރިޔާ މުހައްމަދު ޖުނައިދު މިއަދު...

November 19, 2018 34
ކޮރަޕްޝަނުން ދުރުވެ ތިބުމަށް ވަޒީރުންނަށް އަންގަވައިފި

ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހައި ކަންތައްތަކުން ދުރުވެ ތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު...

18 ނޮވެމްބަރ

November 18, 2018 12
ސިޔާސީ ހައްޔަރީން މިނިވަންކުރަން ކޮމިޓީއެއް އުފައްދައިފި

ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އިއްޔެ އެކުލަވާލައްވައި، އެ ކޮމިޓީ އަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

November 18, 2018 31
ރައީސް، ރައްޔިތުންނަށް ބޮޑު ޖާފަތެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްޔިތުންނަށް މިރޭ ބޮޑު ޖާފަތެއް ދެއްވައިފި އެވެ.

17 ނޮވެމްބަރ

November 17, 2018 41
ހޮޓާ، ފިހާރަތައް 24 ގަޑިއިރު ހުޅުވްން ހުއްދަ ދެނީ

ސައި ހޮޓާތަކާއި ވިޔަފާރިކުރާ ފިހާރަތައް 24 ގަޑިއިރު ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް، މިއަދު ވެރިކަމާ ހަވާލުވެ ވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހް މިއަދު...

November 17, 2018 17
ކޮމަންވެލްތަށް ވަނުމަށް ހަފުތާއެއްގެ ތެރޭގައި ހުށަހަޅަނީ

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުން ވުމަށް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ހުށަހަޅަން ނިންމައިފި އެވެ.

16 ނޮވެމްބަރ

November 16, 2018 157
ހުވާ ކުރުމުގެ ހަފުލާގައި ރައީސް ޔާމީން ބައިވެރި ނުވާނެ

ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި...

November 16, 2018 27
ރައީސް ޔާމީން އަމިއްލަ ގެކޮޅަށް ބަދަލުވެވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ހ. ދޫވެހި އަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.

15 ނޮވެމްބަރ

November 15, 2018 21
ހުވާކުރާ ރަސްމިއްޔާތަށް ވީހާވެސް ކުރިންދާން އެދިއްޖެ

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރާ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ގަލޮޅު ދަނޑަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ އެދިއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2018 12
ކުންފުނިތަކުން ފައިދާނުވީ ކީއްވެތޯ ބަލަނީ

ދައުލަތުގެ ބޮޑެތި ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައްކާފައިވާ ފައިސާ މަދުވެފައި ވަނީ ކީއްވެތޯ ބަލަން، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.

November 14, 2018 18
ގިނަ ކުންފުނިތައް އޮތީ ދަރަނިވެރިވެފައި: ކޮމެޓީ

ސަރުކާރުގެ ގިނަ ކުންފުނިތައް އޮތީ ދަރަނިވެރިވެފައި ކަމަށް، އެ ކުންފުނިތަކުގެ ހާލަތު ބެލި ޓްރާންސިޝަނަލް ކޮމެޓީތަކުން މިއަދު ބުނެފި އެވެ.

13 ނޮވެމްބަރ

November 13, 2018 27
"ސިވިލް ސާވިސްގެ ތެރޭގައި ސިޔާސީ ނުފޫޒު ބޮޑު"

މި ސަރުކާރުގައި ސިވިލް ސާވިސްގެ ތެރެ އަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައި ހުރި ކަން ފާހަގަ ކުރެވޭ ކަމަށް ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.

November 13, 2018 37
އިބޫގެ ވެރިކަމުގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގައި، ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި...

12 ނޮވެމްބަރ

November 12, 2018 70
މަހްލޫފް އެމްޑީޕީއަށް ސޮއިކުރައްވައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، އިދިކޮޅު އެމްޑީޕީއަށް މިރޭ ސޮއިކުރައްވައިފި އެވެ.

November 12, 2018 33
އެކުލަވައިލާނީ ޚަރަދު ކުޑަ ސަރުކާރެއް: ގާސިމް

އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވައިލައްވާނީ ޚަރަދު ކުޑަ ސަރުކާރެއް ކަމަށާއި އެކަމަކު އެ ސަރުކާރުގައި އުފައްދާ މިނިސްޓްރީތަކުގެ އަދަދެއް އަދި ކަނޑަނޭޅުއްވޭ...