07 އޯގަސްޓް

August 07, 2017 14
ޖަވާބެއް ނުލިބުމުން އިދިކޮޅު ފަރާތްތަކުން ޕީޖީ އޮފީހަށް

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ބައްދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ފޮނުވި ސިޓީއަށް މިހާތަނަށް ވެސް ޖަވާބެއް ނުލިބުމުން، އެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ބައެއް އިސްވެރިން ޕީޖީ އޮފީހަށް މިއަދު ވަޑައިގެންފި އެވެ.

01 އޯގަސްޓް

August 01, 2017 19
ޝާހިދު، އަސްލަމް، ޑީޑީ ފުލުހަށް ހާޒިރުކުރަނީ

ފުލުހުންގެ ސަފުތައް ފަޅާލައި ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމު އަދި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

30 ޖުލައި

July 30, 2017 8
ޑިކްޓޭޓާޝިޕަކަށް މި ގާނޫނުއަސާސީ ތަނެއް ނުދޭ: އިބޫ

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގައި، ޑިކްޓޭޓަޝިޕެއް ހިންގަން ތަނެއް ނެތް ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2017 20
ފުލުހަށް ގެންދަނީ ގޮނޑިތަކެއް ގެއްލުވާލަން: އިބޫ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

27 ޖުލައި

July 27, 2017 23
އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގުކޮށްދީ: އިބޫ

ފުލުހުން ކުރަމުން އަންނަ ތަހުގީގުތައް ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާ އެކު ކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

26 ޖުލައި

July 26, 2017 31
މަޖިލިސް އިދާރާއަށް ވަން މެމްބަރުން ފުލުހަށް ގެންދަނީ

މިދިޔަ ހޯމަ ދުވަހު ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލީސް ބަންދުކޮށްފައި ވަނިކޮށް އެތަނަށް ވަން މެންބަރުން ފުލުސް އޮފީހަށް ހާޒިރުވާން އަންގަމުން އެބަދެ އެވެ.

25 ޖުލައި

July 25, 2017 22
ސަލާމަތީބާރުތަކުގެ ވެރިންނަށް ފިޔަވަޅު އަޅާނެ: އިބޫ

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ތަޅުއަޅުވައި، މެމްބަރުން އެތަނަށް ވަނަ ނުދީ ހިފަހައްޓައި އަދި ވަދެވަޑައިގެންނެވި މެމްބަރުން ފުލުހުންނާއި ސިފައިން ގަދަކަމުން ނެރުނު...

July 25, 2017 23
ޝިޔާމް މަގާމުން ދުރުކުރަން ޖެހޭ: އިބޫ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް، އަހްމަދު ޝިޔާމް އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ސިފައިން ލައްވައި ކުރުވަމުންދާ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމަށް...

23 ޖުލައި

July 23, 2017 37
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

July 23, 2017 11
މަޖިލީހުގެ ޖަލްސާ މާދަމާ އޮންނާނެ: އިބޫ

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވައި، އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ކާމިޔާބު ލިބޭނެ ކަމަށް އިދިކޮޅު...

July 23, 2017 14
މުޒާހަރާ ލައިވް ކުރުމަށް ހުރަހެއް ނޭޅޭނެ

ހަމަޖެހިފައިވާ ގޮތަށް އިދިކޮޅު ފަރާތްތަކުގެ އެއްވުން މާދަމާ ބާއްވާނެ ކަމަށާއި އެއީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ކަށަވަރުވެފައި އޮތް މިނިވަން ކަމެއް ކަމަށް ބުނެ، އެކަމަށް...

20 ޖުލައި

July 20, 2017 34
އިތުބާރުނެތްކަމުގެ ވޯޓު ބާތިލެއް ނުކުރެވޭނެ: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލި ނަމަވެސް އެކަން ބަލައި ނުގަންނަ ކަމަށާއި ކަނޑައެޅިފައި އޮތް ދުވަހު އެ...

July 20, 2017 43
"އިލެކްޝަންސް ކޮމިޝަނާއި މަޖިލިހުގެ އަމަލް ވެސް ގޯސް"

ހަތަރު މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި އެ ކޮމިޝަނަށް ރަައްޔިތުންގެ މަޖިލިހުން ލަފާދިން ދިނުން، މުޅިން ގޯސް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ...

14 ޖުލައި

July 14, 2017 21
"ގޮނޑި ގެއްލުމުގެ ބިރު އޮތަސް ދުލެއް ނުދެއްވާނެ"

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުން އިސްލާހަށް މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، ބިރު ދައްކާފައި އޮތް ނަމަވެސް އެފަދަ ފިއްތުންތަކަށް މެމްބަރުން ދޫ ނުދެއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.

13 ޖުލައި

July 13, 2017 24
"އަނިލް އުޅުއްވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން"

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން ސުޕްރީމް ކޯޓަށް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މައްސަލަ ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

06 ޖުލައި

July 06, 2017 7
މަޖިލިހުގެ ޖަލްސާތައް ނުބާއްވާ މަސީހަށް ނުހުންނެވޭނެ

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވާ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހަށް ނުހުންނެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2017 8
އެމްޑީޕީގެ މެމްބަރުން މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ހުރިހާ މެމްބަރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

27 ޖޫން

June 27, 2017 78
އިދިކޮޅު މީހުން މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ؟

ރޯދަމަހާ އެކު ސިޔާސީ މަސްރަހު މި އޮތީ ހިމޭންވެފަ އެވެ. މި ހިމޭންކަމުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ މަސްރަހުން އުއްމީދުކުރާ ބަދަލެއްގެ ވާހަކަ އެވެ. އެމީހުން ބުނާ ގޮތުގައި ކުރިއަށް އޮތީ އުފާވެރި ޚަބަރުތަކެކެވެ. ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ހިތްހަމަޖެހޭ ފަދަ ވާހަކަތަކެއް ވަރަށް އަވަހަށް އަޑު އިވޭނެ...

19 ޖޫން

June 19, 2017 26
ނަޝީދުގެ ފަރާތްޕުޅުން އަދީބާ ބައްދަލުކުރައްވަން އެދިއްޖެ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.

14 ޖޫން

June 14, 2017 8
މައުމޫން ވަޑައިގަތުމަކީ ލިބުނު ހިތްވަރެއް: ގާސިމް

ކުރީގެ ރައީސް މައުމޫން އެމަނިކުފާނުގެ އާއިލީ ބޭނުންފުޅެއްގައި ތިން މަހެއްހާ ދުވަހު ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، އަނބުރާ ރާއްޖެ ވަޑައިގަތުމަކީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

12 ޖޫން

June 12, 2017 32
ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގަން ގޮވާލައިފި

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ އެކުގައި ކަނޑައިލުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ގޮވާލައިފި އެވެ.

11 ޖޫން

June 11, 2017 17
އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް އަނެއްކާވެސް އިބޫ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ ގްރޫޕުގެ) ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބަކާ ނުލައި އެ މަގާމުގެ އިތުރު ދައުރަކަށް މިއަދު ހޮވިވަޑައިގެންފި އެވެ.

09 މެއި

May 09, 2017 76
ހިންނަވަރުގައި އެމްޑީޕީގެ ނާކާމިޔާބަށް އިބޫގެ ޖަވާބު

ސިޔާސީ މައިދާނުގައި ޅ. ހިންނަވަރު މަޝްހޫރުވެފައި އޮންނަނީ "ރަތްލާ ޖެހި އެމްޑީޕީގެ ރަށެއް"ގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހިންނަވަރުގެ އެ ތާރީޚް ވަނީ ބަދަލުކޮށްފަ އެވެ.

18 އެޕްރީލް

April 18, 2017 15
ލީޑަރުންގެ ކަންބޮޑުވުންތައް އދ. އާ ހިއްސާކޮށްފި

އިދިކޮޅު ފަރާތްތައް ގުޅިގެން އިސްލާހީ މަސައްކަތްތައް ފެށުމާ އެކު، ސަރުކާރުން ކުރިމަތި ކުރަމުން އަންނަ ސިޔާސީ ގޮންޖެހުންތައް ރާއްޖޭގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮކޯ ނޮޑައާ މިއަދު ހިއްސާކޮށްފި އެވެ.