15 މާޗް

March 15, 2019 33
އަޅުގަނޑުވި ވައުދުތަކާ ދުރަށް ދެވޭކަށް ނެތް: ރައީސް

ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކާ ދުރަށް ވަޑައިނުގެންނެވޭނެ ކަމަށާއި "އެޖެންޑާ 19" އަށް ވޯޓު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެދިވަޑައިގެންފި އެވެ.

March 15, 2019 23
އެމެރިކާ އިން ރާއްޖެ އަށް 310 މިލިއަން ރުފިޔާ ދެނީ

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެމެރިކާ ސަރުކާރުން 20 މިލިއަން ޑޮލަރު (310 މިލިއަން ރުފިޔާ) ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ.

March 15, 2019 14
ޖީހާނަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ހިންނަވަރުގައި

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޖީހާން މަހްމޫދަށް ކެމްޕެއިން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުފަން ރަށް ޅ....

14 މާޗް

March 14, 2019 45
ޚިޔާނާތުގެ ފައިސާ ނެގި މީހުންނަށް ތާއީދެއް ނެތް:ރައީސް

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ނެންގެވި ބޭފުޅުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވ. ފެލިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

March 14, 2019 18
އެސްއެމްއީ ލޯނު އަންނަ ހަފުތާގައި ދޫކުރާނެ: ރައީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކު މެދުވެރިކޮށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް...

March 14, 2019 22
އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން: ރައީސް

ސަރުކާރު ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ދެރަ ގޮތެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވ. ކެޔޮދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

13 މާޗް

March 13, 2019 18
ތަރައްގީގެ މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެންދާނެ

ތަރައްގީގެ އެކި މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

March 13, 2019 3
އީސީގެ މެމްބަރުކަމަށް ހަބީބް އައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް މިހާރު އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން މިއަދު އައްޔަންކުރައްވައިފި އެވެ.

March 13, 2019 84
ކެމްޕެއިނަށް ރަސްމީލޯންޗު ބޭނުންކުރަނީ ސަލާމަތީ ސަބަބަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކުގައި ރަސްމީ ލޯންޗުކޮޅު ބޭނުން ކުރައްވަނީ ސަލާމަތީ...

12 މާޗް

March 12, 2019 17
ވަކި ގައުމަކާ ހާއްސަ ގުޅުމެއް ނުބާއްވާނެ: ޝާހިދު

ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ރާއްޖޭން ނުގެންގުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

March 12, 2019 2
މޯލްޑިވް ގޭހުން ވެސް ވިހެއުމުގެ ޗުއްޓީ 6 މަހަށް

ސަރުކާރުގެ އާ ސިޔާސަތާ އެއްގޮތަށް، މޯލްޑިވް ގޭހުން ވެސް އެ ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ދަރިއަކު ލިބުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އަދި ފިރިހެން...

11 މާޗް

March 11, 2019 36
މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސަށް

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ހިންގެވި ފައިސާގެ މުއާމަލާތާ ގުޅިގެން ގޭގައި މަޑުކުރަން އެންގި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން އެންޓި ކޮރަޕްޝާން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް...

10 މާޗް

March 10, 2019 15
ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ބިލް ތަސްދީގުކޮށްފި

ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

08 މާޗް

March 08, 2019 38
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ޖެހޭ ސަބަބެއް ނެތް: ނަަޝީދު

އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިހަށް އައްޑޫގެ ދާއިރާތައް ތަމްސީލު ކުރަން އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް އިދިކޮޅު ޕީޕީއެމްގެ އައްޑޫގެ ހުރިހާ ސަޕޯޓަރުން ވެސް ވޯޓު ދިނުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.

March 08, 2019 65
އައްޑު އަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް...

March 08, 2019 29
ހާއްސަ ދުވަހު، އަންހެން ކްރޫންނާއެކު ރައީސް އައްޑުއަށް

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މުޅިން ވެސް އަންހެން ކްރޫންގެ މަތިންދާބޯޓެއްގައި އައްޑު އަށް ވަޑައިގެންފި...

07 މާޗް

March 07, 2019 11
ރެހެންދި އެވޯޑް އަށް ބޭފުޅަކާއި ޖަމިއްޔާއަކަށް

އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ 'ރެހެންދި އެވޯޑު' މި އަހަރު އަށް ބޭފުޅަކާއި ޖަމިއްޔާ އަކައަށް މިއަދު ދީފި އެވެ.

March 07, 2019 43
ތުއްތު ދަރިފުޅާ އެކު އޮފީހުގައި އުޅެވެން ޖެހޭ: ރައީސް

އޮފީސްތަކުގައި ވަޒީފާ އަދާކުރާ އަންހެނުންނަށް އެ މީހުންގެ ތުއްތު ކުދިން ގޮވައިގެން އޮފީހުގައި އުޅެވޭ ގޮތް ހަދަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު...

March 07, 2019 90
ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަށް މިއަދުން ފެށިގެން ސަރުކާރުން އިތުރުކޮށްދީފި އެވެ.

06 މާޗް

March 06, 2019 67
ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

March 06, 2019 25
ރައީސް ކުރައްވާ ކެމްޕޭނަށް ދައުލަތުން ހޭދަ ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް...

05 މާޗް

March 05, 2019 11
އީޔޫ ސަފީރަކަށް ސޯބިރު އައްޔަންކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ހަސަން ސޯބިރު މިއަދު އައްޔަން ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

March 05, 2019 12
އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އިންޑިއާ އިިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ސަންޖޭ ސުދިރް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

March 05, 2019 21
މަޖިލިސް ހޭލައިފި، ވަޒީރުންނަށް ސުވާލުތަކެއް!

ވަޒީރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ވަޒީރުން ފުލުފުލުގައި...

04 މާޗް

March 04, 2019 16
ނޭކުރެންދޫން ރައީސަށް ހުށަހެޅީ ހިޖުރަކުރާ މައްސަލަ

ނޭކުރެންދޫ ކައުންސިލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، ރަށުން ހިޖުރަކުރާ މީހުން ގިނަވާތީ އެ ކަންބޮޑުވުން ހިއްސާކޮށްފި އެވެ.

03 މާޗް

March 03, 2019 26
މަޖިލިސް ކެމްޕޭނަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕޭން ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުކުރު ދުވަހު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

28 ފެބުރުއަރީ

February 28, 2019 14
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި

ކަޝްމީރުގައި ޕާކިސްތާނު ހަނގުރާމަވެރިންގެ ބަޔަކު ހަމަލާދީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބަޔަކު މަރާލުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން ކެތްތެރިކަން އިސްކޮށް ވާހަކަ ދައްކައިގެން ހައްލު ހޯދަން ރާއްޖޭން ގޮވާލައިފި އެވެ.

27 ފެބުރުއަރީ

February 27, 2019 35
ރިޔާސީ ކޮމިޝަންގެ ބިލް އެޖެންޑާ އިން ނަގައިފި

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުގެ ތަޅުމަށް ފޮނުވާފައި އޮތީ ކޮމިޓީން ފާސްކުރި ގޮތަށް ނޫން ކަމަށް އެ ކޮމިޓީގެ މެމްބަރުންތަކެއް ވިދާޅުވުމާ ގުޅިގެން، އެ ބިލް އެޖެންޑާ އިން ނަގައި އަނބުރާ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

February 27, 2019 41
ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ފާސްކޮށްފި

ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

February 27, 2019 20
ރައީސަށް ކުރި ތުހުމަތަށް އަލީ އާރިފާ ސުވާލުކޮށްފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކުރެއްވި...

26 ފެބުރުއަރީ

February 26, 2019 41
ދެ ބިލަށް ވޯޓަށް ނޭހޭތީ ރައީސް ކަންބޮޑުވޭ: ހޫދު

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެ އެވެ.

February 26, 2019 3
އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ރައީސްގެ ތާއީދު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖޭން ބިޑްކުރާނެ ކަމުގެ ފެހި ސިގްނަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި ކަމަށް މޯލްޑިވްސް...

February 26, 2019 36
ހަރުކަށިކަން އިސް ނުކުރަން ރައީސް އިލްތިމާސްކުރައްވައިފި

ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަސްލަސްކަމާއި އަމާންކަން ގެއްލޭ ފަދަ ނުރައްކާތަކެއް އުފެދެމުން އަންނަ ކަމަށާއި އެހެންވެ ގައުމުގެ ހަމަޖެހުން ނަގައިނުލުމަށް ރައީސް އިބްރާހިމް...

24 ފެބުރުއަރީ

February 24, 2019 96
ޔާމީން މިނިވަންކޮށްދޭން އެދި ރައީސްއާ ބައްދަލުކޮށްފި

މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދޭން އެދި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2019 32
"ތައުލީމު ދިނުމުގައި ދިވެހި ބަސް ބޭނުންކުރަން ޖެހޭ"

ތައުލީމީ މަރުހަލާތަކުގައި ދިވެހި ބަހަށް އިސްކަން ދިނުން ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

February 21, 2019 7
ލަންކާ ޔުނިވާސިޓީއެއްގެ ކެމްޕަހެއް ރާއްޖޭގައި ހަދަނީ

ސްރީލަންކާގެ ޕެރަޑެނިޔާ އެންޑް މޮރަޓުވާ ޔުނިވާސިޓީގެ ކެމްޕަހެއް ރާއްޖޭގައި ގާއިމްކުރަން ނިންމައިފި އެވެ.

20 ފެބުރުއަރީ

February 20, 2019 15
މަސްވެރިން ހިތާމައިގައި ދެން ތިބޭކަށް ނުޖެހޭނެ: ރައީސް

މަސް ކިރުވި ފައިސާ ނުލިބިގެން މަސްވެރިން ހިތާމައިގެ ދުވަސްތައް ދެން ގުނަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ، ގއ. ކޫއްޑޫގައި ވިދާޅުވެއްޖެ އެވެ.

February 20, 2019 4
"މަސްދޯނި އެކައުންޓު" ހުޅުވަން ރައީސް ގއ. އަތޮޅަށް

މަސްވެރިންނަށް ހާއްސަ ބެންކިން ނިޒާމެއް އިފްތިތާހު ކުރެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ކޫއްޑޫ އާއި ވިލިނގިއްްްޔަށް މިއަދު ވަޑައިގެެެެެެެންފި އެވެ.

19 ފެބުރުއަރީ

February 19, 2019 38
ރަކީދޫގައި "އުޅެވެން ނެތިގެން" ރައީސަށް ދަންނަވައިފި

ވ. ރަކީދޫގައި އަސާސީ ހިދުމަތްތައް ލިބުން ދަތިވެފައިވާތީ އެރަށުގައި އުޅެވެން ނެތް ކަމަށް ބުނެ އެކަމަށް ހައްލެއް ހޯދަން ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިއްޔެ...

February 19, 2019 6
ޔާސިރު އެސްޓީއޯގެ ބޯޑުން ވަކިވެއްޖެ

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ބޯޑަށް މީގެ ދެހަފުތާއެއް ކުރިން އައްޔަން ކުރި އިސްމާއީލް ޔާސިރު އެ މަގާމު ބޭނުން ނުވުމުން، އޭނާގެ އެދިވަޑައިތުމުގެ މަތިން މަގާމުން...