މަޣްރިބް · 18:24

އަނބު ސަޓަނި ތައްޔާރު ކުރާނެ ގޮތް.

"މިހާރު" ރެސިޕީ- އަނބު ސަޓަނި

އަނބު ސަޓަނި


ބޭނުންވާ ތަކެތި:

ހަތަރު ހުތް އަނބު (ތޮށި މަށައި ގާނާފައި)

25 ގްރާމް ފިޔާ (ފޮތި ކޮށްފައި)

އެއް ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

15 އެމްއެލް ލުނބޯ ހުތް

ދެ ގްރާމް ލޮނު

އެއް ގްރާމް އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް:

ޝެފް އިސްހާގް ތައްޔާރުކޮށްދިން އަނބު ސަޓަނި

އަނބުގެ ތޮށި މަށައި ގޭނުން.

ފިޔާ، ގިތެޔޮ މިރުސް، އަސޭމިރުސް، ލުނބޯ އަދި ލޮނު އެއްކުރުމަށް މޮޑެލުން.

ގާނާފައި ހުރި އަނބު ފިޔާ، އަސޭމިރުސް، ލުނބޯ އަދި ލޮނުގެ ތެރެއަށް އެއްކުރުން.

ރަހަ ހެޔޮވަރު ކުރުން.

އެޑިޓަރުގެ ނޯޓު:

މި އަހަރުގެ ރޯދަ މަހު "މިހާރު" ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގް ސޯލިހްގެ ރެސިޕީތަކެވެ. އޭނާ އަކީ ކެއްކުމުގެ ދާއިރާގައި 30 އަހަރު ހޭދަކޮށް، އަދި ޕެރެޑައިސްގެ އިތުރުން ވެސް ރާއްޖޭގެ ބޮޑެތި އެހެން ރިސޯޓުތަކުގައި ރަހަ ހެޔޮވަރު ކުރުމަށް މަސައްކަތް ކޮށްފައިވާ ޝެފެކެވެ. ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ، ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ފުރަމުންދާ އިސްހާގަކީ ކެއްކުމުގައި ބައިނަލްއަގްވާމީ ފަނޑިޔާރެއް ވެސް މެ އެވެ. އަދި ރާއްޖޭގެ ސީނިއާ ޝެފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ.

މި ރޯދަ މަހުގައި ރެސިޕީތައް "މިހާރު" އިން މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި ޝެފް އިސްހާގްގެ އެހީތެރިކަމާ އެކު އެވެ.