ޢިޝާ · 19:41

ބަށި ސަޓަނި ތައްޔާރު ކުރާނެ ގޮތް

"މިހާރު" ރެސިޕީ- ބަށި ސަޓަނި

ބަށި ސަޓަނި


ބޭނުންވާ ތަކެތި:

500 ގްރާމް ބަށި (ތުނިކޮށް ފޮތިކޮށްފައި، ތެލުލާފައި)

100 ގްރާމް ފިޔާ (ކޮށާފައި)

ފަސް ގްރާމް ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

50 ގްރާމް ވަޅޯ މަސް (ތުނިކޮށް ކޮށާފައި)

އެއް ގިތެޔޮ މިރުސް (ކޮށާފައި)

45 އެމްއެލް ލުނބޯ ހުތް

ފަސް ގްރާމް ލޮނު

ފަސް ގްރާމް ރީނދޫ

ދެ ގްރާމް އަސޭމިރުސް (މުގުރާފައި)

ތައްޔާރުކުރާ ގޮތް:

- ބަށިކޮށް ތުނިކޮށް ކޮށާފައި ރީނދުލާއި ލޮނު އެއްކޮށްފައި ހުރި ފެނުގައި ފަސް މިނިޓް ވަންދެން ބެހެއްޓުން.

- ފެންތައް އޮއްސާލައި، ޕޭޕާ ޓަވަލް އަކުން ހިއްކުމަށް ފަހު މުރަނަ ވަންދެން ތެލުލުން.

- ފިޔާ، ހިކަނދިފަތް، މިރުސް، ލުނބޯ އަދި ލޮނު އަޅައިގެން މޮޑުން. އޭގެ ފަހުން މަސް އަޅައިގެން ރަނގަޅަށް މޮޑުމަށް ފަހު ބަށި އެއްކޮށް ރަހަ ހެޔޮވަރު ކުރުން.

އެޑިޓަރުގެ ނޯޓު:

މި އަހަރުގެ ރޯދަ މަހު "މިހާރު" ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގް ސޯލިހްގެ ރެސިޕީތަކެވެ. އޭނާ އަކީ ކެއްކުމުގެ ދާއިރާގައި 30 އަހަރު ހޭދަކޮށް، އަދި ޕެރެޑައިސްގެ އިތުރުން ވެސް ރާއްޖޭގެ ބޮޑެތި އެހެން ރިސޯޓުތަކުގައި ރަހަ ހެޔޮވަރު ކުރުމަށް މަސައްކަތް ކޮށްފައިވާ ޝެފެކެވެ. ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ، ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ފުރަމުންދާ އިސްހާގަކީ ކެއްކުމުގައި ބައިނަލްއަގްވާމީ ފަނޑިޔާރެއް ވެސް މެ އެވެ. އަދި ރާއްޖޭގެ ސީނިއާ ޝެފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ.

މި ރޯދަ މަހުގައި ރެސިޕީތައް "މިހާރު" އިން މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި ޝެފް އިސްހާގްގެ އެހީތެރިކަމާ އެކު އެވެ.