ރިޕޯޓް / މީހުން

ދެ ކިޑްނީ ފެއިލްވުމުން ލެއްވި ކިޑްނީ ވެސް ފެއިލްވެ އަނެއްކާ ވެސް ހާލުގައި

މަރިޔަމް ޝާޔާ.

ނ. ލަންދޫ، މަރިޔަމް ޝާޔާއަކީ އުމުރުން އެންމެ 11 އަހަރުގައި ދެ ކިޑްނީ ފެއިލްވެ، ކިޑްނީ ބައްޔާ ހަނގުރާމަ ކުރަމުން އަންނަ ކުއްޖެކެވެ. މިހާރު 17 އަހަރުގެ ޝާޔާ އާއި އޭނާގެ އާއިލާގެ ހުވަފެންތައް ފުނޑުފުނޑުވީ ހަމަ ކުއްލިއަކަށް ދިމާވި މި ހިތާމައިގަ އެވެ.

ޝާޔާގެ ބައްޕަ އިބްރާހިމް ދާއޫދު، "މިހާރު" އަށް ކިޔައިދިން ގޮތުގައި 2015 އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް ވެސް ޝާޔާގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ހަމަ ކުއްލިއަކަށް ހުރެފައި ކޮންމެ ދުވަހެއްގެ ހެނދުނުގެ ސަޔަށް ފަހު ވަރަށް ގަދަޔަށް ހޮނޑުލެވެން ފެށީ އެވެ.

"ހަފްތާއެއްހާ ދުވަސް ވަންދެން ހަމަ ހެނދުނު ސައިބޯ އިރަށް ހޮޑުލެވެނީ. އެހެންވެ އޭރު ދެއްކީ އަތޮޅު ހޮސްޕިޓަލަށް [މަނަދޫގައި ހުންނަ]. އެކަމަކު ޓެސްޓްތައް ހެދިޔަސް ޑޮކްޓަރު ނުބުނޭ ދެ ކިޑްނީ ފެއިލްވެފައެކޭ. ބުނީ އަވަހަށް ހާއްސަ ޑޮކްޓަރަކަށް ދައްކާށޭ،" މީގެ ހަތް އަހަރު ކުރީގެ ހަނދާންތައް އާކޮށް އިބްރާހިމް ކިޔައިދޭން ފެށި އެވެ.

މަނަދޫގެ ޑޮކްޓަރުންގެ ލަފާގެ މަތިން މާލެ އައި ގޮތަށް އޭޑީކޭ ހޮސްޕިޓަލުގައި އިން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ޝާޔާ ދެއްކި އެވެ. ޓެސްޓުތަކަށް ފަހު، ޝާޔާގެ ދެ ކިޑްނީ ފެއިލްވިކަން އާއިލާ އަށް އެންގީ އެ ހޮސްޕިޓަލުންނެވެ.

އޭޑީކޭގެ ޑޮކްޓަރުގެ ލަފާގެ މަތިން އެ ހިސާބުން ފަރުވާ ފެށީ އައިޖީއެމްއެޗުންނެވެ. އިބްރާހިމް ބުނީ، މާލެ ދިޔަތާ ހަފްތާއެއްގެ ތެރޭގައި އާސަންދަ ހޯދައިގެން އެ މީހުން އިންޑިއާ އަށް ދިޔަ ކަމަށެވެ. އެ ދަތުރުގައި އޭނާ ބޭނުންވީ ޓްރާންސްޕްލާންޓް ވެސް ހަދާށެވެ.

"އެ ފަހަރު ޑޮކްޓަރަށް ދައްކާފައި އަނެއްކާ ރާއްޖެ ގޮސްފައި އަންނަންޏާ އިތުރަށް ވަގުތު ނަގާނެތީ އިތުރަށް ލަސްކުރަން އަޅުގަނޑު ބޭނުން ނުވީ. އެ ދަތުރުގައި ޓްރާންސްޕްލާންޓް ހަދައިގެން ދާން ބޭނުންވީ."

ޝާޔާއާ އާއިލީ ގޮތުން ވީއެންމެ ގާތުން ކިޑްނީ ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭރު ޑޮކްޓަރު ބުނުމުން އިބްރާހިމް ނިންމީ އޭނާގެ އެންމެ ހަގު ދަރިއަށް އޭނާގެ ކިޑްނީ ދޭށެވެ. ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ޓްރާންސްޕްލާންޓު ހަދައި، އެތަނުގައި އިތުރު ތިން މަހު މަޑުކޮށްފައި އަނބުރާ ރާއްޖެ އަށް އާދެވުނީ ފެބްރުއަރީ 2016 ގަ އެވެ. އާ ދިރިއުޅުމެއް ޝާޔާ އަށް ލިބުނީ އިބްރާހިމް ބުނާ ގޮތުން ނަމަ، ގިނަ ބައެއްގެ އެހީތެރި ކަމުގަ އެވެ.

"އަހަރެއްހާ ދުވަހު އިންޑިއާގައި މަޑުކުރެވުނީ ގިނަ ބައެއްގެ އެހީގައި. މަނަދޫ އާއި އަތޮޅުގެ އިތުރުން ވިޔަފާރިވެރިންގެ ފަރާތުން ލިބުނު މާލީ އެހީތެރިކަމާ އެކު."

އިބްރާހިމް ބުނި ގޮތުގައި ޓްރާންސްޕްލާންޓަށް ފަހު އެމީހުން އުޅުނީ ވަރަށް ބަލައިގެންނެވެ. މާސްކް އަޅައިގެން ނޫން ގޮތަކަށް ބޭރަށް ނުދެ އެވެ. ސްކޫލުގެ އެހީއާ އެކު ޝާޔާގެ ކިޔެވުން އަލުން ފެށީ ވެސް އެކަމަށް ބަލައިގެންނެވެ. އެކަމަކު އެހާ ބަލައިގެން އުޅެނިކޮށް އަނެއްކާ ވެސް ކުރިމަތިވީ އިިތުރު ގޮންޖެހުމެކެވެ. ޝާޔާއަށް ފާނަބަސަދު ޖެހިގެން ކިޑްނީގައި އިންފެކްޝަނެއް އުފެދުނީ އެވެ.

"ވަރަށް ބަލައިގެން އުޅެނިކޮށް ފާނަބަސަންދު ޖެހިގެން އަނެެއްކާ ވެސް މާލެ އައިސް އައިޖީއެމްއެޗުގައި 21 ދުވަހު އެޑްމިޓްކޮށްގެން ފަރުވާދިން. ކިޑްނީގައި އިންފެކްޝަނެއް އުފެދުނީ. ބޭސް ވެސް ބަދަލުކޮށްގެން ކެއި،" އިބްރާހިމް ބުންޏެވެ.

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ޝާޔާ.

ދެހާސް ސަތާރައިގެ ކުރީކޮޅު ދިމާވި އެ ކަންތައްތަކާ ހުރެ އެ ފަހަރު ވެސް އިންޑިއާ އަށް ގޮސް ޑޮކްޓަރަށް ދައްކަން ޖެހުނެވެ. އިންޑިއާގައި ހުއްޓާ ޑެންގޫ ހުން ވެސް އޭނާއަށް ޖެހުނެވެ. އެކަމަކު ކިޑްނީގެ މައްސަލަތަކެއް ހުރި ކަމަށް ޖެހިގެން އައިއިރު އައިޖީއެމްއެޗުގެ ޑޮކްޓަރަށް ފާހަގަކުރެވިގެން އަލުން އިންޑިއާ އަށް ދާން ލަފާ ދިނެވެ.

"ކިޑްނީގެ އިންފެކްޝަން މާބޮޑަށް މަތިވެގެން ގޮސް އެ ލެއްވި ކިޑްނީ ވެސް ފެއިލްވީއޭ ބުނީ،" އިބްރާހިމް ހަދިޔާކުރި ކިޑްނީ ފެއިލްވެފައިވާ ކަމަށް 2018 ގައި ޑޮކްޓަރު ބުންޏެވެ.

އޭގެ ފަހުން ކިޔެވުން މެދުކަނޑާލަން އަނެއްކާ ވެސް ޝާޔާ އަށް މަޖުބޫރުވީ އެވެ.

"2019 ގައި މާލެ އައި ގޮތަށް އަޅުގަނޑުމެން ރަށަށް އަދި ނުދަން. އައިޖީއެމްއެޗުން ޑައިލަސިސް ހަދަން ޖެހޭތީ މާލޭގައި އުޅެމުން މިދަނީ ރައްޓެހި ބައެއްގެ ގާތުގައި. ޝާޔާގެ ކިޔެވުން އަލުން މެދުކަނޑާލަން ޖެހުނީ ޖީސީ އަހަރު."

ތިން ކުދިންގެ އާއިލާއަކަށް ނިސްބަތްވާ ޝާޔާއަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އެކަމަކު އާއިލާގައި ދެން ތިބި ދެ ކުދިންނަށް ސިއްހީ މައްސަލަތަކާ ހުރެ އެ މީހުންގެ ކިޑްނީ ހަދިޔާކުރެވޭކަށް ނެތެވެ.

"އަޅުގަނޑުގެ ދެން ތިބި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ހުރީ ދެ އޮޕަރޭޝަނެއް ކޮށްފައި. އަނެއް ކުއްޖާއަކީ ހަކުރު ބަލީގެ ކުއްޖެއް. އެހެންވެ ކިޑްނީ ހަދިޔާކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޑޮކްޓަރު ބުނޭ." ޝާޔާގެ މަންމަ ފަރާތު މާމައަކީ ވެސް ކިޑްނީ ފެއިލްވެ މި ބައްޔަށް ހަނގުރާމަކުރަމުންދާ މީހެއްކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އެހެންވެ، އެ އާއިލާ އިން މަސައްކަތް ކުރަމުން ދަނީ ޝާޔާއަށް ކިޑްނީ ހަދިޔާކުރާނެ މީހަކު ލިބޭތޯ އެވެ. ސޯޝަލް މީޑިއާގައި އިބްރާހިމް އެ މަސައްކަތް ފެށީ އާއިލާ ތެރެއިން ލިބޭނެ ގޮތެއް ނެތިގެންނެވެ. ޝާޔާއަކީ ބީ ޕޮޒިޓިވް ލޭ ހުންނަ ކުއްޖަކަށްވާތީ އެ ލޭގެ ގްރޫޕުގެ މީހުންގެ ފަރާތުން ކިޑްނީއަކަށް މި އާއިލާ އާދޭސް ކުރެ އެވެ.

އިބްރާހިމް ދާއޫދު: 9974408

14 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާދާސީދާ

10 January 2023

ޔާ ﷲ! ޝާޔާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި. ކިޑްނީ ހޯދުމުގައި ޢާއިލާއިން ކުރާ މަސައްކަތަށް ކާމިޔާބު ދެއްވާށި.

The name is already taken The name is available. Register?

ޙައްބޭ

05 December 2022

ޝާޔާއަށް ހެޔޮގޮތް މިންވަރުކުރައްވާށި.

The name is already taken The name is available. Register?

ވިކިލީކްސް

05 December 2022

ޔާ ﷲ. މިކުއްޖާ އަށާ އަދި އަޅުގަނޑުމެންގެ ތެރޭގަ ތިބި ހުރި ބަލިމީހުންނަށް އަވަސް ޝިފާއެއް ދެއްވާނދޭވެ! އަޅަމެންނަކީ އިބަރަސްކަލާނގެ ކުރިފުޅުމަތީ ނިކަމެތި އާރެއް ބާރެއްނެތް ކުށްވެރީންނެވެ. އަޅަމެންގެފާފަ ފުއްސަވައި އަޅަމެންނަށް އަލުން ފުރުސަތު ދެއްވައި ދުޅަހެޔޮ ސިއްހަތެއް ދެއްވާނދޭވެ! ހަަމަކަށަވަރުން އިބަރަސްކަލާނގެއީ ބަލިމީހުންނަށް ޝިފާ ދެއްވާ އެންމެ ދީލަތިވަންތަ އޯގާތެރި ރަސްކަލާނގެއެވެ.

The name is already taken The name is available. Register?

ޑަކްޓަރު

05 December 2022

އޯ ޕޮޒިޓިވް/ނެގެޓިވް ނޫނީ ބީ ޕޮޒިޓިވް/ނެގެޓިވް ގްރޫޕް ތަކުގެ މީހުންނަށް ޑޮނޭޓް ކުރެވިދާނެ. އަދި އެހެން ގޮތެއް ނެތް ހާލަތުގައި ލޭގެ ގްރޫޕް ދިމާވާ ނުވިޔަސް ކިޑްނީ ދެވިދާނެ އެގޮތަށް ކިޑްނީ ބަދަލު ކުރާ ސެންޓަރެއް ގައި ނަމަ. އަވަސް ހައްލަކަށް އެދެން

The name is already taken The name is available. Register?

ހުސެންބެ ހުސެން

04 December 2022

1 މިލިއަނައް ކިޑްނީ ލިބިދާނެ ގުޅާލަ ދެއްވާ

The name is already taken The name is available. Register?

ތ‫ިމާ ޝަފީއު ބިން ޝިޔާމް

04 December 2022

ވ‫ިއްސާރަ އޮހޭހެން ރާއްޖެއަށް ފައިސާ އޮހޭ އެކަމް މިކަހަލަ ހާލަތަށް ރައްޔަތުމީހާ ދިއައީމަ ދެން ޖެހެނީ ނާށިގަޑު ހިފައިގެން ސަލާން ޖަހަން

The name is already taken The name is available. Register?

ޙިނި

04 December 2022

މިގޮތައް ލައިފް ތްރެޓްނިން ހާއްސަ ފަރުވާ އައް ބޭނުންވާ ބޭފުޅުންނާ ބަލި ކުޑަކުދިންނައް އެހީވާން ޑޯނޭޝަންސް ދެވޭ ހާއްސަ ފަންޑެއް ހަދަން ވެއްޖެ ނޫންތޯ، އާސަންދަ މެދުވެރި ކޮއްވެސް މި ފަންޑު ބެލެހެއްޓިދާނެ.

The name is already taken The name is available. Register?

ފެއާރީ

04 December 2022

ކިތަންމެ ފަންޑެއްވެސް ހުޅުވިދާނެ. އެކަމަކު މިހާރު އިހުލާސްތެރިން އުޅޭތޯ؟ ކޮންމެ މީހަކުވެސް ހުންނަނީ ކެވޭ ވަރު މަދުވެފަ. އެންމެ މަތިން ފެށިގެން ކަންތައްތައް ބަލާ އިސްލާހުކުރަން ތިބި މީހުންނާ ހަމައަށް. ވަރަށް ދެރަވޭ މިކަހަލަ ކަންތައްތައް ފެނުނީމަ. މާތްﷲ އާ ވަކީލް!

The name is already taken The name is available. Register?

ކަކުނިބޯ

04 December 2022

ޢާސަންދައިން ބޭސްކުރަންޔާ ގުނަވަންތަށް ހަދިޔާކުރަން މަޖްބޫރުވާގޮތަށް ހަދަންވީ އަދި އެއްގުނަވަނެއް މާގިނަވަންޔާ ރާއްޖެއިން ބޭރަށް ވިއްކާވެސްލާންވީ

The name is already taken The name is available. Register?

ހަބްރޭ

04 December 2022

@ކަކުނިބޯ. ކަލޭގެ ކޮމެންޓާއި ކަލޭ ނަމާއި ވަރަށް ގުޅޭ. ކަލޭގެ ތިކޮމެންޓަކީ ކަކުންޏެއްގެ ވިސްނުމަށްވުރެ ދައް ދެއުޅިއެއްނުވާ ކޮމެންޓެއް. ކަލޭ ތިހިރީ ގުރައިދޫ އަށް ގެންދަންޖެހޭވަރުވެފައި.

The name is already taken The name is available. Register?

އަވަސްޝިފާއަކަށް އެދެން

04 December 2022

މިފަދަ ހާލަތްތަކަކީ އައިލާވެސް އިމްތިހާން ވެވިގެންދާ ވަގުތުތަށް. ވޭންހުރިކަމެއް. ދަތި އުނދަގޫ ދުވަސްތަކެއް. ބައެއްމީހުން ބުނާނެ މީހުން އެހީޔަށްދޭ ލާރިން ނުވޭހޭ. ސަރުކާރުން އެހީނުވޭހޭ. އެފަދަމީހުންނަށް އިހުސާސްނުވާނެ އެކަމަށްދާ ޚަރަދު. ކެތްތެރިކަމާއިއެކު ހިތްވަރުކުރާތި. ﷲސ.ވގެ ހެޔޮރަހުމަތް ތަނަވަސް ވެގެންވޭ. އުނދަގޫ ކަންކަން ފަސޭހަކޮށްދެއްވަނީ އެއިލާހު. ގިނައިން ހެޔޮއަމަލުކޮށް އެދެންވާނެ. ދުޢާއަކީ އަހަރެމެންގެ ހަތިޔާރު. ދަތިކަމަށްފަހު ފަސޭހަކަންވޭ

The name is already taken The name is available. Register?

ކޮތަރޭ

04 December 2022

ބޭރު ޤައުމުތަކުގައިވެސް އޮވޭ ތިމާ މަރުވީމަ ތިމާގެ ގުނަވަންތައް ހަދިޔާ ކުރެވޭ ގޮތަށް. ދީނީ ގޮތުން މިކަމަކީ ރަނގަޅު ކަމެއް ކަމަށް ވާނަމަ ރާއްޖޭގައިވެސް މިކަން ކުރަން ފެނޭ. ތިމާ މަރުވުމަށްފަހު ތިމާގެ ގުނަވަނެއްގެ ސަބަބުން އެހެން މީހަކު ދިރިއުޅެން ލިބޭ ފުރުސަތަކީ މަރުވި މީހާ އަށް ލިބިލިބި ހުންނާނެ ދިގުދެމިގެންދާ ސަދަޤާތަކަށް ނުވާނެތޯ؟ ޢިލްމުވެރިންގެ ރަޢުޔަކީ ކޮބައިތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454