ރިޕޯޓް

މި ގުޅުމުގެ އިން ވަކި ކުރާނީ ކިހާ ހިސާބަކުން؟

މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ ބައި ބެހުމުން ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ސިޔާސީ ބައެއް ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކި ކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަން މިދިޔަ ހަފުތާގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ އެހެން މެސެޖެއް ވެސް މީހުންނަށް ފެނުނެވެ. އެއީ މަސްރަހުގައި މި ވަގުތު ހަރަކާތްތެރިވާ ގާތްގަނޑަކަށް އިދިކޮޅު ހުރިހާ ޕާޓީއެއްގެ އިސްބޭފުޅުން އެއް މާލަމަކަށް އެއްވެ، އެއް މައްސަލައެއްގައި އެކައްޗެއް ކިޔައި ސަރުކާރާ ދެކޮޅަށް ތެދުވުމެވެ.

ކަނޑުގެ ގާނޫނުގެ ތަޖުރިބާކާރު އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީ އަދި އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް ފުރަތަމަ ފަހަރަށް އެއް ތަނަކުން މީޑިއާ އާ ބައްދަލުކުރި އެވެ.

ސީދާ އެހެން ވިދާޅުނުވި ނަމަވެސް އެއީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ފެނިދާނެ "ބިޔަ ކޯލިޝަނެއް" ގެ މަންޒަރު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެން ދެކެންވީ ސަބަބު ވެސް މަދެއް ނޫނެވެ. އެ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، މިގޮތަށް ޕާޓީތަކުން އެއް މޭޒެއްގެ ފަހަތަށް އަރައި ސިޔާސީ އަދި ގައުމީ މައްސަލަތަކުގައި ގުޅިގެން ވާހަކަ ދެއްކުމުގެ މާނައަކީ އާންމު ގޮތެއްގައި ރިޔާސީ އިންތިހާބުގައި ވެސް ގުޅިގެން މަސައްކަތް ކުރުމެވެ.

ޕީޕީއެމް، ނަޝީދު ފެކްޝަން، އެމްއެންޕީ އަދި ޖޭޕީން ބޭއްވި ބައްދަލުވުމެއް--ފޮޓޯ: ސޯޝަލް މީޑިއާ

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި އެ ހުރިހާ ޕާޓީތައް ގުޅޭ ހިސާބަކީ "ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުނު" މައްސަލަ އެވެ. އެއީ ހުރިހާ ކަމެއްގައި އެކައްޗެއް ކިޔާ ޕާޓީތަކެއް ނޫން ކަމަށާއި އެކަމަކު ގައުމީ މައްސަލައަކަށް ވާތީ ގުޅިގެން މަސައްކަތް ކުރައްވަނީ ކަމަށް އަލީ ވިދާޅުވި އެވެ.

ނަމަވެސް މި ދަނޑިވަޅުގައި އެފަދަ ގޮތަކަށް އިދިކޮޅު ގިނަ ޕާޓީތަކެއް ސްޕޮޓްލައިޓަށް އެރުމުން ދެތިން ސުވާލެއް އުފެދެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމާ ހަމައިން އެ ގުޅުން ނިމޭނެތޯ އެވެ. ޗާގޯސްގެ މައްސަލާގައި އެއްގަލަކަށް އަރައި ތިބި ނަމަވެސް އެ ގުޅުމުންގެ އިން ވަކި ކުރާނީ ކިހާ ހިސާބަކުންތޯ ވެސް ސުވާލު އުފެދެ އެވެ.

އެއް ގަލަކަށް އެރެނީ ޗާގޯސް އާ ހަމައިންނެއް ނޫން!

ސިޔާސީ ވިސްނުމަކުން ބަލާނަމަ އެ ދުވަހުގެ މީޑިއާ ބްރީފިންގައި ބައިވެރިވި ހުރިހާ ޕާޓީތަކަށް ޗާގޯސް ނޫނަސް އެއްގަލަކަށް އެރޭ އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ އެ ހުރިހާ ފަރާތްތަކަށް ވެސް މިވަގުތު އެންމެ ގޯސް ވެފައި އޮތީ ސަރުކާރު ކަމަށް ވާތީ އެވެ.

ނަޝީދުގެ ފެކްޝަނުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ސަރުކާރާ އިދިކޮޅުވާ ކޮންމެ ބަޔަކާ އެ ފެކްޝަނުން ގުޅެ އެވެ. އެ ފެކްޝަނާއި ޖުމްހޫރީ ޕާޓީއަކީ ވެސް މިހާރު ސަރުކާރާ އިދިކޮޅު ޕާޓީތަކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ޕީޕީއެމް/ޕީއެންސީ އާއި ނަޝީދުގެ ފެކްޝަނާއި ޖޭޕީ އަދި އެމްއެންޕީން މަޖިލީހުގައި ވެސް މަސައްކަތް ކުރަނީ ސަރުކާރު މެންބަރުންނާ ދެކޮޅަށެވެ. ރަސްމީ ޕީޖީ ގްރޫޕެއް ނުހެދި ނަމަވެސް މަޖިލިހުގެ އިދާރާގެ ކުޑަދޮށުގަ އާއި އެހެން ތަންތަނުގައި އެ ޕާޓީތަކުގެ ސައްލާތަކާއި އެކިއެކި މަޝްވަރާތައް ހިނގަ އެވެ.

ދޭތެރެއަކުން އޭގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ވެސް އާންމުވެ އެވެ. ބައެއް ފޮޓޯތަކުގައި އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ނަޝީދު ފެކްޝަންގެ އިސް މެންބަރުން ވެސް އެކުގައި ސައި ބައްލަވައި އެކިއެކި މަޝްވަރާ ކުރައްވާ މަންޒަރު ވަނީ އާންމުވެފަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބައެއް ބޭފުޅުން އިއްޔެ ނަޝީދާ އެކު ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި.

އެންމެ ފަހުން އަބްދުއްރަހީމް އިސްވެ ވަނީ ސީދާ ނަޝީދާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ވެސް ވިދާޅުވީ، ބޭނުމަކީ ޗޯގޮސްގެ މައްސަލާގައި ނަޝީދުގެ އެހީތެރިކަން ހޯއްދެވުން ކަމަށެވެ. ސިޔާސީ މަސައްކަތެއް އޮތް ވާހަކަ ވިދާޅެއް ނުވި އެވެ.

ސަން އައިލެންޑް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހު އޮތް ރޯދަވީއްލުމުގައި ނަޝީދާއި ގާސިމް އަދި އެ ދެބޭފުޅުންގެ ބައެއް އަރިސް ބޭފުޅުން.

އިދިކޮޅުގެ ބައްދަލުވުންތަކުގެ ތެރެއިން ކިރިޔާ ވެސް އާ މޫނަކަށް ދައްކާލީ ސަރުކާރު ގެންނަން ވަރަށް ކުރީގައި އުޅުއްވި އެމްއާރްއެމްގެ އައިމިނަތު ނާދިރާ އެވެ. މި ހުރިހާ ދުވަހު އެ ޕާޓީ އޮތް ގޮތެއް މުޅިން ސާފު ނޫނަސް އިއްޔެ ގިނަ މެންބަރުންތަކެއް ވަކިވުމާ އެކު ޕާޓީގެ އެެތެރޭގައި ފޮރުވައިގެން ތިބި ސިއްރުތައް ވެސް ބޭރު ކުރި އެވެ.

އެމްއާރްއެމްގައި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން އިސްތިއުފާ ދެއްވީ އެ ޕާޓީ ވެސް ސަރުކާރާ އިދިކޮޅު ރޫހެއްގައި އޮތް ކަމަށް ބުނެ އެވެ. އެހެންވެ މިހާރު އެ ޕާޓީން ސީދާ އިދިކޮޅު ކޯލިޝަނަކާ ގުޅެން ނުނިންމިޔަސް އެ ޕާޓީ އޮތީ ސަރުކާރާ އެކުގައި ނޫން ކަން ކަށަވަރެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ސަރުކާރު ފެކްޝަންގެ މެންބަރަކު ވިދާޅުވި ގޮތުގައި، މިހާރު އެ ޕާޓީތަކަށް އެއްގަލަކަށް އެރޭ ހަމައެކަނި ސަބަބަކީ ޗާގޯސްއެއް ނޫނެވެ. މި ވަގުތު އެކައްޗެއް ކިޔެނީ އެ ހުރިހާ އެންމެންގެ "ކޮމަން އެނިމީ" އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތު ޗާގޯސް އޭ ކިޔައިގެން މި ބޭފުޅުން އެކީ މަސައްކަތް ކުރި ނަމަވެސް އެއީ އަބަދުވެސް ސަރުކާރާ ދެކޮޅު މީހުން. ސަރުކާރު ތެރޭގައި ތިބެގެން ވެސް އަދި މަޖިލީހުގައި ވެސް ސަރުކާރަށް ޖެއްސުން ކުރަމުން އައި މީހުން،" ސަރުކާރު ފަޅީގެ އޮފިޝަލް ވިދާޅުވި އެވެ.

އެހެންވެ ކުރިޔަށް އޮތް ތަނުގައި ސަރުކާރާ ދެކޮޅަށް އެ ފަރާތްތަކުން އެހެން ނަން ނަމުގައި ވެސް ގުޅެން ތައްޔާރަށް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮނގެއް ދަމާލާނީ ކިހާ ހިސާބަކުން؟

ޗާގޯސް މައްސަލާގައި ހުރިހާ ޕާޓީއެއް އެއްކޮށް ތިބި ނަމަވެސް އިންތިހާބާ ހަމައަށް ދާއިރު ވެސް އެ ގުޅުން އެގޮތުގައި އޮންނާނެތޯ އެއީ މުހިންމު ސުވާލެކެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށްޓަކައި އެކުލަވައިލި ގުޅުމެއް ކަމަށެވެ.

"އެއީ ރަސްމީ ކޯލިޝަނެކޭ ނުދެންނެވޭނެ. އެކަމަށްޓަކައި އެންމެން އެކަތިގަނޑަކަށްވެ، ގުޅިގެން މަސައްކަތް ކުރުން މިއީ. ދެން ފާޑެއްގެ ކޯލިޝަނެކޭ ވެސް ކިއިދާނެ،" އޭނާ ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގެ އިތުރުން ކުރިޔަށް އޮތްތަނުގައި ޗާގޯސް ގެމައްސަލާގައި އެ ހުރިހާ ޕާޓީތަކާއި ވަކިވަކި ސިޔާސީ ބޭފުޅުން ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެކަމުގެ މަޝްވަރާތައް މިހާރު ވެސް ކުރިޔަށް ދާ ކަމަށާއި ޓާސްކް ފޯސްއެއް ވެސް އެކުލަވާލާފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމް އިން އުމަރު ނަސީރާ ބައްދަލު ކުރައްވަނީ--ފޮޓޯ: އުމަރު

އެ ހަރާކާތްތަކުގެ ތަފްސީލް މި ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މުނައްވަރާއި އުމަރު ނަސީރު މެން ފަދަ ބޭފުޅުންނާ އެކީގައި މަޝްވަރާތައް އެބަ ކުރެވޭ. ރޭ މުނައްވަރު ޗެނަލް-13 ގެ ޓޯކްޝޯއަށް އެރީ. އެއީ ވެސް ކޯޑިނޭޓަޑް ވެގެން ހިންގޭ މަސައްކަތްތައް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މި ވަގުތުގެ ފޯކަސް ޗާގޯސް އަށް ހުއްޓިފައި އޮތް ނަމަވެސް އެ އިން ވަކި ކުރާނީ ކިހާ ހިސާބަކުންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވި ގޮތުގައި މިހާރު ބާއްވާ ބައްދަލުވުންތަކުގެ ބޭރުން ހަވާސާގައި ސިޔާސީ މަސްރަހުގައި ހިނގާ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވެ އެވެ. އެއީ ރަސްމީ މަސައްކަތުގެ ތެރޭގައި ހިނގާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ މަޝްވަރާތަކުގެ އައުޓްކަމް އަދި ފެންނާނީ މާ ފަހުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ފެންނަ މަންޒަރަށް ބަލާއިރު 2023 އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އެކަނިވެރި ވާނެ. ވަކިން ހާއްސަކޮށް ޗާގޯސް މައްސަލާގައި ޕާޓީތަކަށް އެެއްބަސްވެވޭ ސަރުކާރުން އަމަލު ކުރި ގޮތް ގޯސް ކަން -- އާދަމް ޝަރީފް

"ފެންނަ މަންޒަރަށް ބަލާއިރު 2023 އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އެކަނިވެރި ވާނެ. ވަކިން ހާއްސަކޮށް ޗާގޯސް މައްސަލާގައި އެންމެނަށް ވެސް އެެއްބަސްވެވޭ ސަރުކާރުން އަމަލު ކުރި ގޮތް ގޯސް ކަން،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް އެ ވިދާޅުވަނީ ބެލެވޭ ގޮތުގައި ޗާގޯސްގެ މައްސަލާގައި އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރައިގެން ކުރާ މަސައްކަތުގެ ބޮޑު މަންޒަރެވެ. ހަވާސާގެ ބޭރުން ކުރާ މަޝްވަރާތަކުގެ "އައުޓް ކަމް" އަކީ އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިހާބުގެ އަސްލު މަންޒަރު ދައްކާލުމެވެ.

"އެއްގޮތަކީ އެޓާނީ ޖެނެރަލް ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުން. އެ ބައްދަލުވުންތަކުގެ ނަތީޖާއަކަށް އެ ކަން ވެސް ވުން ވަރަށް ކައިރި. ދެން އޮންނާނީ އިދިކޮޅު އެންމެން އެއްބަސްވާ ކެންޑިޑޭޓަކު ނެރުން. މަޝްވަރާތަކުގައި އިދިކޮޅުން ކައިރިވެ، އިތުބާރު ބޮޑުވާ ވަރަކަށް އެންމެން އެއްބަސްވާ ކެންޑިޑޭޓެއްގެ ވާހަކަ އައުން ވަރަށް ކައިރި،" އިދިކޮޅު ޕާޓީއެއްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދު ބައިބައި ކޮށްލި ހިސާބުން އިދިކޮޅު ހުރިހާ ޕާޓީއެއްގެ މެދުގައި މި އުފެދުނު ގުޅުން އެހާ ހިސާބުން ނިންމާ ނުލާނެ ކަން އެ ވާހަކަތަކުން އެނގެ އެވެ. އަދި ވަކިން ހާއްސަކޮށް މިވަގުތު ސަރުކާރުގައި ވެސް ހަމަ އެ ޕާޓީތަކުން ބައެއް އޮތް ނަމަވެސް މެޖޯރިޓީ އޮތީ ޖުމްލަ ގޮތެއްގައި ސަރުކާރާ ދެކޮޅު ރޫހެއްކަން އެނގެ އެވެ. އެހެންވެ. ސިޔާސީ މަސްރަހު ބަދަލުވާ ގޮތަކުން އިދިކޮޅުން ކިތަންމެ ފޯމިއުލާއެއް ނެރޭނެ ކަމަށް ބެލެވެ އެވެ.

44 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 6%
icon angry icon angry 59%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާވަސް

11 May 2023

ތީގެ އެކަކުވެސް ރާއްޖެ އަށް ހެވެއް ނޭދޭނެ. ކޮންމެ މީހަކުވެސް ފޫގަޅަނީ އާރާ ބާރާ ވެރިކަން ހޯދުމަށް އެކަނި. ސަހަލު ހަމަ އެކަކު ނުތޭ.

The name is already taken The name is available. Register?

ޢަރުތަ

10 May 2023

"ބައްދަލުވުންތަކުގެ ނަތީޖާއަކަށް އެ ކަން ވެސް ވުން ވަރަށް ކައިރި. ދެން އޮންނާނީ އިދިކޮޅު އެންމެން އެއްބަސްވާ ކެންޑިޑޭޓަކު ނެރުން. މަޝްވަރާތަކުގައި އިދިކޮޅުން ކައިރިވެ، އިތުބާރު ބޮޑުވާ ވަރަކަށް އެންމެން އެއްބަސްވާ ކެންޑިޑޭޓެއްގެ ވާހަކަ އައުން ވަރަށް ކައިރި،" ދެން އަނެއްކާވެސް އޮންނާނީ އެހެންވީމަ ބޯކިބާ ފެޅުން، ބޯކިބާ ފަޅާ ފޮތިފޮތި ކޮށްގެން ކާން އުޅެގެން ވީމޮޅެއް ލިބުނު ކުރިއެރުމެއް ނެތް، ހަމަ ޖެހުނުތާ އަނެއްކާވެސް ޖެހޭނީ، ތީތިކަޑަ.

The name is already taken The name is available. Register?

ކާތިބު

09 May 2023

ދެން ތިޔަހުރިހާ އެންމެން އެއްގަލަކަށް އަރައިގެން މީހަކު ވެރިކަމަށް ގެނެސްބަލަ. ވާއެއްޗެއް ތިބި ބަޔަކަށް ފެންނާނެ. 2018ގަ ވެސް އެއްގަލަކަށް އަރައިގެން ނޫންތަ މިވެރިކަން ގެނައީ؟؟ އެކަމަކު ކިހިނެއް މިހާރު މިވަނީ؟ މަށަށް އެޅުނު ބައި މަދުވެގެން މަގޭ ޖީބު ފުރޭލެއް ލަސްވެގެން މަބޭނުންހާ ގޮތެއް ނެހެދިގެން މަގޭ ފޮޓޯ ކޮންމެ ދުވަހަކު ނޫސް މަޖައްލާ ޓީވީ އަށް ނާރައިގެން މިއީތޯ ރައްޔަތުންނަށް ހެޔޮއެދިގެން މީހުންއުޅޭގޮތަކީ؟ ސެޕްޓެމްބަރ 9 ގައި ޖަބާބުލިބޭނެ.

The name is already taken The name is available. Register?

ބިޖަންދަރު ސިންގް

10 May 2023

ކާތިބު ކަލޭ މާ ބޭކާރު ވާހަކަ ނުދައްކާ ދީނާ ގައުމައްޓަކާ ވޯޓުލާން ތެޔޮލައިގެން ތައްުޔާރަށް ހުރޭ

The name is already taken The name is available. Register?

އައްޔަ

09 May 2023

އިދިކޮޅުމީހުން އެއްގަލަކަށްނޫން ހަގަލައް ނޫން ބާރަގަލަށް އެރިޔަސް އެނިންމުމައް ބަދަލެއް ގެނެވޭނެ އެކަކުވެސް ތިތާކުނެތް ތިކަހަލަ ޗޮސްއަނގަތެޅިދާނެ,

The name is already taken The name is available. Register?

ޢަރުތަ

10 May 2023

ޗާގޯސް ބާގޯހެއް ވެގެނެއް ނޫން، ވެރިކަން ނުލިބިގެން، ދެވަނަ އެހެން އެއްވެސް ކަމެއް ނެތް، ޔާމީނު އޯލްއައުޓް ވާނެކަން އަދުރޭމެނަށް އިނގޭތީވެ މިހާރު ފާޑަކަށް އެވަނީ ސައިޒު.

The name is already taken The name is available. Register?

ފުންނާބުއުސް

09 May 2023

މުނައްވަރު ރައީސަކަށްލާފަ އާޒިމާ ނައިބަކަށްލާފަ ދުވާލުނިދާފަ ދަންވަރު ޤަޢުމު ހިންގާ ގޮތައް ޤާނޫނުއަސާޗީ ބަދަލުކުރަންވީ

The name is already taken The name is available. Register?

ޢަރުތަ

10 May 2023

ދިނރުބަޔަށް އެހެލީމަ ދެން އޮންނާނީ ދަރަށް ޖެހުން، ތީމާޒީ ދެން ބޭނުމެއްނޫން.

The name is already taken The name is available. Register?

އަފްރާސިޔާބު

09 May 2023

މޮރިޝަސް އިން ޗާގޯސްގެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެމީހުންނަށް މިނިވަން ކަން ލިބުމާއެކު.ރާއްޖޭން އެމައްސަލައެއް ނުވެސް ޖައްސާ. އިއްޔެގައި އެމައްސަލަޖެއްސީ ވެސް ކަނޑުގެ މައްސަލާގައި.

The name is already taken The name is available. Register?

ސުނާރު

09 May 2023

ޝުކުރިއްޔާ އަލީ ހުސައިން. ތިހުރިހާ މުނާފިގުންގެ ނިޔަތް ހާމަކުރީތީ މިހާރު ނިންމާފިން އިބޫބއަށް ވޯޓުދޭން.

The name is already taken The name is available. Register?

އަސްތާ

09 May 2023

ޗާގޯހެއް ހޯދަންވެގެން އެހާ ގިނަ މީހުން އެއްގަލަކަށް އަރައިގެން އެ ގަލަށް ބަރުވެ ފަޅަފަޅައިގެން ގޮސް އިތުރު ގޯހެއް ހޯދިދާނެ.

The name is already taken The name is available. Register?

ޢަރުތަ

10 May 2023

ތިއެންމެން ނެގިނެގިފަ މަޑިއަކަށް ޖެހުނަސް، ޗާގޯސް ކީއްކުރަން ބާގޯންޏެއްވެސް ނުހޯދޭނެ، އެވަރުގެ ބައެއް ނޫން....... ކަން އެއޮތީ ނިންމާފަ.

The name is already taken The name is available. Register?

ހުސްނުހީނާ

09 May 2023

ތިތަނުން ފެންނަ އެއްމެންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއް ވައްޓާލަން އަބަދުމެ މަސައްކަތް ކުރާމީހުން. ވެރިކަމާއިހެދި މޮޔަވެފަތިބޭ މީހުން. ކޮންމެފަދަ ދޮގު ހޮޅިވާހަކައެއް ހަދައިގެންވިއަސް ބަލާނީ ވެރިކަމާ ތޮޅެލެވޭތޯ، ވައްޓާލެވޭތޯ. އެއީ ހެޔޮ ކިތަންމެ ނުރައްކާތެރި ގެއްލުންބޮޑު ކަމަކަށްވިޔަސްވެސް! އެހައިވެސް ނުލަފާބައެއް!

The name is already taken The name is available. Register?

ނުހީނާ

09 May 2023

ވެރިކަމުގައިވެސް އެހުރީ ހަމަ ތިޔަފަދަ މީހެއް. އެއްވެސް އިރެއްގަ އަމިއްލަ ޕާޓީ ފިޔަވައި އެހެން ބައެއްގެ ވެރިކަމަކަށް ތާއީދުކުރި މީހެއް ނޫން.

The name is already taken The name is available. Register?

އަބޫ ބިން މަލްދީފީ

09 May 2023

ޗާގޯސް ހިފަން ދާންވެގެން ބެލި އިރު ގައުމުގެ ހުރިހާ އަސްތަކެއް ހުރީ ސަން ސިޔާމު އަތުގަ. އޭނަ މިހާރު ހުރީ އިބޫ ފަޅީގަ. އެހެންވީމަ ގާސިމު އެބަޖެހޭ އަސްތަކެއް ވީހާވެސް އަވަހަކަށް ހޯދަދޭން.

The name is already taken The name is available. Register?

އެހް

09 May 2023

ސަންސިޔާމު ހުންނާނީ މިހާރު ހެދުނު އެތީގެ މޮޔަކަން މަތިން ހިތަށް އަރާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454