ރިޕޯޓް / ދައުލަތުގެ ބަޖެޓް

ފޯރިގަދަ ބަޖެޓް ބަހުސް: 37 ބިލިއަނުން ކުރާނީ ކީއް؟

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގައި ވޭތުވެދިޔަ ދެ ތިން ދުވަހު ހިނގީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ބަހުސެވެ. ބައެއް މެމްބަރުންގެ ވިސްނުމުގައި އެއީ ރާއްޖެ ބަދަލުކޮށްލާނެ ވަރުގެ ބަޖެޓެކެވެ. އެކަމަކު ހިޔާލު ތަފާތުވާ މެމްބަރުންގެ ނަޒަރުގައި ބަޖެޓުން ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ރައްޔިތުންގެ އަތްމަތި ތަނަވަސްވާނެ މަގެއް ނެތެވެ.

ބަޖެޓު ބަހުސްގައި މިހާތަނަށް ފަންސާހަކަށް މެމްބަރުން ވާހަކަ ދެއްކެވި އިރު، ބަހުސްގެ ފޯރި ގަދަ އެވެ.

ވޭތުވެދިޔަ ފަސް އަހަރަށް ބަލާ އިރު، ބަޖެޓު ބަހުސް މަޖިލިހުގައި ކުރިއަށްދަނީ، މާ ބޮޑު ފޯރިއެއް ނެތި އެވެ. ގިނަ ފަހަރު އޭރުގެ އިދިކޮޅު އެމްޑީޕީގެ ގިނަ މެމްބަރުން ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެހެންވެ، ބަހުސްގެ ފޯރި އޭރުގައި އޮތީ ވަރަށް ބޮޑަށް ކެނޑިފަ އެވެ. އެކަމަކު، މިހާރު މަންޒަރު ބަދަލުވެ، ބަޖެޓާ މެދުގައި މެމްބަރުންގެ ހިޔާލުތައް ތަނަވަސް ވާން ފަށައިފި އެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ވަނީ ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ނެރުނު އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް ޓަކައި އިސްކަން ދީގެންނެވެ. އެކްޝަން ޕްލޭންގައި ހިމެނެނީ ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކެވެ. އެ ބައިތައް ބެހިފައި ވަނީ މައިގަނޑު ފަސް ބަޔަކަށެވެ. އޭގެ ތެރެއިން ނޫއިގްތިސާދަށް ބަޖެޓްގެ 11 ޕަސެންޓް، އޯގާތެރި ސަރުކާރަށް ބަޖެޓްގެ 33 ޕަސެންޓް، ފަޚުރުވެރި އާއިލާ އަށް 10 ޕަސެންޓް، ޖާޒީރާ ދިރިއުޅުމަށް 16 ޕަސެންޓް އަދި ހެޔޮވެރިކަމެއް ގާއިމްކުރުމަށް ބަޖެޓްގެ 30 ޕަސެންޓް ހޭދަކުރެވޭނެ އެވެ.

މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ވަރަށް އުންމީދީ ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓަކީ ހުރިހާ ސަރަހައްދަކަށް އުމްރާނީ ތަރައްގީ އާއި އާއިލާތަކަށް ދުޅަހެޔޮކަން ގެނެސްދޭނެ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެންމެ ބޮޑެތި ބަދަލުތަކެއް އަންނާނެ ސަބަބަކީ ލާމަރުކަޒީ އުސޫލުން ހިންގަމުން އަންނަ ލޯކަލް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމެވެ. ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ޣަފޫރު ވިދާޅުވީ ކައުންސިލްތަކަށް ގިނަ އަދަދެއްގެ ފައިސާ ދޭ އިރު، އެތަންތަން މިހާރަށް ވުރެ ބޮޑަށް ތަސައްރަފު ފުދި، ފައިސާ ބެލެހެއްޓުމުގައި މިހާރަށް ވުރެ މުހިންމު ކަމެއް ދޭން ޖެހޭ ކަމަށެވެ. ރަށްރަށަށް ލިބޭ އިތުރު ފައިސާ ޒިންމާދާރު ކަމާއެކު ބޭނުން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި މުދަލާއި ކަރަންޓު ފަދަ ތަކެތީގެ އަގު ބޮޑު ކުރުން ނޫން ކަމެއް ނުކުރާ ކަމަށާއި މިފަހަރުގެ ބަޖެޓަކީ ރާއްޖެ ބަދަލުކޮށްލާނެ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަޖެޓުން އަޅުގަނޑުމެންނަށް ދުޅަހެޔޮ ސިއްހަތެއް ލިބި، ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރެވި، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްވެގެން ދާނެ. އެކަން ކުރުމަށް ހުށަހެޅި ބަޖެޓެއް މި ބަޖެޓަކީ،" ބަޖެޓުގެ މުހިންމު ކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވައި ޣަފޫރު ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތައް ހިމަނާފައި ހުރީ ވަކި މީހަކަށް ބެލުމެއް ނެތި ވަރަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ކަމަށެވެ.

"މާލެ ވެސް ތަރައްގީ ވާނެ. މެދު ރާއްޖެ ވެސް ތަރައްގީ ވާނެ. އައްޑޫ ވެސް ދާނެ. ފުވައްމުލަކު ވެސް ދާނެ. ޖުމްލަކޮށް މުޅި ރާއްޖެ ތަރައްގީ ވެގެން ދާނެ. ގައިމު ވެސް ވައްކަމެއް މި ސަރުކާރުން ނުކުރާނެ،" ބަޖެޓުގައި ތަފްސީލީ ވާހަކަތަކެއް ހުރިކަން ފާހަގަ ކުރައްވައި ރާއީ ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑެ) ވިދާޅުވީ ކުރީގެ ސަރުކާރުގައި ބަޖެޓުގެ ނާޖައިޒު ފައިދާ ނަގައިގެން ހުރިހާ ކުންފުނިތަކެއް ދަރުވާލާފައިވާ ކަމަށެވެ. އެގޮތުން 30 އަށް ވުރެ ގިނަ ކުންފުނީގެ ތެރެއިން ފައިދާވާ 11 ކުންފުނި ވެސް ނެތް ކަމަށް ބޮންޑެ ވިދާޅުވި އެވެ. އޭގެ ފަހުގައި އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިންނެވެ.

"މިފްކޯ އޮތީ ޒޮމްބީއަކަށް ވެފައި. ޒޮމްބީއަކަށް ވީމަ ކައިރިއެއް ނުވާނެ. އެކަން ކުރީ އަޅުގަނޑު މި ދަންނަވަނީ ވެމްޕަޔަ އިކޮނޮމިސްޓް. ރާއްޖޭގެ ކުންފުނިތައް އެ އޮތީ ޒޮމްބީ އަށް ބަދަލުވެފައި. ދުނިޔޭގެ އިންވެސްޓަރުންނާއި އެހެނިހެން ތަންތަނުން އެ ދަރަޖަ އަށް ދިޔައީމަ ކައިރިއެއް ނުވާނެ،" ބޮންޑޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވީ އެމަނިކުފާނު ވެރިކަމުން ދުރަށް ވަޑައިގެންނެވީ މުޅި ނިޒާމު ގަޑުބަޑުކޮށްފައި ކަމަށެވެ. އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ އިގްތިސާދު ބަދަލު ކުރާނެ، ރާއްޖެ އަށް ފާގަތި ކަން ލިބޭނެ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓަށް ތައުރީފްކޮށް، އެމްޑީޕީގެ މެމްބަރުން ވާހަކަ ދެއްކެވި އިރު، އިދިކޮޅު މެމްބަރުންގެ ހިޔާލު ތަފާތެވެ.

އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ ދިވެހިންނަކީ ތަރައްގީއަށާއި ތާހިރު ދިރިއުޅުމެއް އުޅެން ލޯބިކުރާ ބައެއް ކަމަށެވެ. އަދި އެ މީހުންނަކީ ފަގީރުކަން ނައްތާލުމަށް އަބަދުވެސް މަސައްކަތް ކުރާ ބައެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓަށް ބަލާ އިރު، އާމްދަނީގެ ގޮތުގައި ބޮޑު ބައެއް ލިބެނީ އެކިއެކި ޓެކްސްތަކުންނެވެ. މިފަހަރު ހުށަހެޅީ އެކަށީގެންވާ ބަޖެޓެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.

އެކަމަކު، ސިޔާމް ވިދާޅުވި ގޮތުގައި އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށާ އިރު، އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނެ އެއް ބަޔަކީ ދިވެހި މަސްވެރިންނެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ވ) ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި (މ) މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިޔާމް ވިދާޅުވީ މަސްވެރިންނަކީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުން ކަމަށާއި ނަމަވެސް މަސްވެރިންނަކީ ބޮޑެތި ލޯނުތައް ނަގައިގެން ދޯނިފަހަރު ގަނެ، ދޯނި ބަންނަ މީހުން ކަމަށެވެ. އެ މީހުން އިންކަމް ޓެކްސް ދައްކާ ނަމަ، ރައްޔިތުން ނިކަމެތިވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. ސިޔާމް ވިދާޅުވީ ތިން ކޮޓަރީގެ އެޕާޓްމެންޓެއް މާލޭގައި 30،000ރ. އަށް ލިބޭއިރު ފެނާއި ކަރަންޓުގެ ހަރަދަށް ބަލާއިރު ދެމަފިރިއަކު ހަތަރު ކުދިން ގޮވައިގެން މާލޭގައި އުޅޭއިރު 50،000ރ. ހަރަދު ކުރަން ޖެހޭ ކަމަށެވެ.

"ކިހިނެއްތޯ 40،000ރ. ލިބޭ މީހަކު އިންކަމް ޓެކްސް ދައްކާނީ؟ އެހެންވީމާ މިފަދަ ކަންތައް ކުރާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ރިއާޔަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ޓެކްސް ނަގައިގެން ކަން، ވިޔަފާރިވެރިން ލާރި ދައްކައިގެން ކަން ރައްޔިތުންނަށް ކަންތައްތައް ކޮށްދެވޭނީ. ނަމަވެސް އެ މީހުންނަށް ލިބޭ އެއްޗެއް ނޫނީ ދެކޮޅު ނުޖެހޭ ވަރުގެ އަދަދެއް ޓެކްސް އަށް ނެގުމަކީ އެއީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން. އެފަދަ ކަންކަމަށް ކިޔަނީ ފޭރުމޭ،" ސިޔާމް ވިދާޅުވި އެވެ.

މީދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް ބޭނުންވާ ކަންތައް ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް ބައެއް މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދު އެކަށީގެންވާ ވަރަށްވުރެ ކުޑަ ކަމަށް ސިޔާމް ވިދާޅުވި އެވެ. ބަޖެޓުގައި ބައެއް ކަންކަން ހިމަނާފައި ނުވާތީ އެކަންކަން ހިމަނައިދިނުމަށް ސިޔާމް އެދިވަޑައިގެންނެވި އެވެ.

ކޮންޓެންޖެންސީ ބަޖެޓުގެ ގޮތުގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައި އޮތް އިރު، އެއީ ކޮން ކަމެއް ކުރަން ޖަހާފައި އޮތް އަދަދެއް ކަން އެނގެން ނެތުމުން ސިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ސިޔާމް ވަނީ އެއީ ބަދަލުގެ ގޮތުގައި ކޮން ބަޔަކަށް ދޭން ހިމަނާފައި އޮތް އަދަދެއްތޯ ސުވާލުކުރައްވައިފަ އެވެ.

"މި 7.5 ބިލިއަން ރުފިޔާ ޖަހާފައި އޮތުމަކީ އަޅުގަނޑު ހާސްވާ ކަމެއް،" ސިޔާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިފަހަރުގެ ބަޖެޓު އަމާޒުކޮށްފައި އޮތީ ލޯކަލް ކައުންސިލްތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. މި އަހަރު ސަރުކާރަށް ކަމެއް ކުރެވިފައި ނެތީމަ، ބަޖެޓުގައި ޖަހާލާ އަދަދަކުން ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މި އަހަރު ހިނގައިދިޔަ ކަންތައްތަކަށް ބަލާ އިރު، މާ ބޮޑު ކަމެއް ކުރެވިފައި ނެތީމަ ދެން ބަޖެޓުގައި ޖަހާ އަދަދުތަކުން މާ ބޮޑު ނަތީޖާއެއް ނުނިކުންނާނެ އަޅުގަނޑު ހިތުން އެންމެން ވެސް ގަބޫލު ކުރާނެ،" މަޑުއްވަރީ ދާއިރާ އަށް ވެސް ގިނަ ކަންކަން ހިމަނާފައި ހުރި ކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ވާން ކައިރިވާ އިރު، ދައުލަތަށް ލިބުނު އެއްޗަކުން ރައްޔިތުންނަށް ފެންނަ ވަރުގެ މާ ބޮޑު މަޝްރޫއުތަކެއް ހިންގިފައި ނުވާ ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް އަހަރުތަކުގައި އާ މަޝްރޫއުތަކެއް ހިންގިއްޖެ ނަމަ، އެއީ ރައްޔިތުން އުފާ ކުރާނެ ކަމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. ގިނަ މަޝްރޫއުތަކެއް ނުހިނގާތީ ރަށް ފުށުގައި ވިޔަފާރި ކުރާ މީހުންނަށް ލިބުނު ފައިސާގެ އަދަދު ވަރަށް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޝްރޫއުތައް ނުހިންގުމުގެ ސަބަބުން ނުވަތަ މަޝްރޫއުައް ނުހިންގައި މަޑުޖެހިގެން ދިއުމުގެ ސަބަބުން ފައިސާ ދައުރު ނުވާތީ މީހުންނަށް އަތްމަތި ދަތިވުމާއި ފަގީރުކަން އިހްސާސް ކުރަން ޖެހިފައިވޭ. ކުދި ވިޔަފާރިތައް ފަށައި ބޭންކްތަކުން ލޯން ނަގައިގެން މަސައްކަތް ފެށި ބައެއް ފަރާތްތައް ބަނގުރޫޓުވެ އިނދަ ޖެހިގެން ގޮސްފައި އެބަހުރި. ބައެއް ކުދިކުދި ފިހާރަތައް ބަންދުކުރަން ޖެހިފައި އެބަހުރި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިއަދަކީ ބަޖެޓުގެ ބަހުސްގެ ފަހު ދުވަހެވެ. ބަހުސްގެ ފޯރި މިއަދު ވެސް އިތުރަށް ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.

11 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެތަފާތު

14 November 2019

ފޯރިގަދަކުރަންވެސް މިހާރުގެ އިދިކޮޅުގަ ތިބިމީހުން އެބަ މަޖްލިހުގަ ފައިދާހުރި ވާހަކަދައްކާތާ. ކުރީގަ އެސަރުކާރަށް މެޖޯރިޓީއޮތީމަ އެމްޑީޕ މީހުންނަށް ހީނުވި ބަޖެޓާމެދު އެއްޗެކޭ ބުނެލާނަމޭވެސް. މިހާރުގެ އިދިކޮޅަށްވެސް އެނގޭ އެއްޗެކޭ ބުނެގެން ކުރާނެފައިދާއެއް ނޯންނާނެކަން އެކަމުވެސް ރައްޔިތުންނަށް އެބަ ޚިދުމަތްކޮށްދޭ. އެމްޑީޕީ މީހުން އޭރު ބޭނުންވީ ގޯސްކޮށް ހިނގަމުންދިއަ ކަންކަމުގެ ސިޔާސީ ފައިދާނަގަން. ރައްޔިތުންނަށް ހެވެއްނޭދޭނެ ވެރިކަން ނެތިއްޔާ

The name is already taken The name is available. Register?

އޭކް ސިޕާހީ ލާކް ޗޯރު

14 November 2019

ކުރާނެކަމަކީ ގޭކުދިންނަ ހަދިޔާ ގަނެދޭނީ 7އހަރު ނުކައިތިބި ގޭކުދިންނަ ކާންދޭނީ މޑޕހުރިހާ ކުދިންނަ އެއްފަހަރާ ޒުންބާޖެއްސޭވަރު ކްލާހެއަޅަން ބިމެގަންނާނީ ކްލާސްޓީޗަރުގެ ނަފްސް ޕްރޮމޯޓުކޮއްދޭން ރައްޓިހި ދޮންކުދިންނަ ހަދިޔާދޭނީ ކްލާސްޓީޗަރުގެ ބެސްޓްފްރެންޑް ރައީސްގެ ދެކަބަލުން ރާޖަރާނީ ބަގީޗާ ދެކިލުމަށް ދަތުދާނީ ފޮރިންވަޒީރު ހިލޭއެހީހޯދަން ބެލޭޑާންސަށް ކަރަކަރަޔަށް ފޮނުވާނީ. ގޭކުދިންގެ ފޮށިތަންމަތި އާކޮށް ފޮށިތައް ފުރާލާނީ އޭކް ޕައިސާބީ ނެހީ ޗޯޅޭންގޭ

The name is already taken The name is available. Register?

ނަގިލި

14 November 2019

ކުރިއެކޭ އެއްގޮތަށް ބަޖެޓުގެ 2/3 އޮތީ ކ.މާލެއަށް. އެރަށަށް 3.5 ބިލިއަން ތަރައްގީގެ މަޝްރޫއުތަކަށް އޮތްއިރު ރާއްޖޭގެ ބޮޑެތި ރަށްރަށަށް ހުރީ 15 މިލިއަންވަރު. ތިއަކުނެތް އާކަމެއް.

The name is already taken The name is available. Register?

1111

14 November 2019

މާލޭގައި6 ބްރިޖް އަޅާނީ!

The name is already taken The name is available. Register?

ހުޅުޅޭ ބޮޑުމީހާ

14 November 2019

ރައްޓެހިންނަށް ބަހާ ހުސްކުރާނީ 2019 ބަޖެޓްވެސް ހުސްކޮށްލި ގޮތަށް

The name is already taken The name is available. Register?

ތަފާތު

14 November 2019

ޖަވާބު ވަރަށް ސާފު..ސިޔާސީމީހުން ގިނަކޮށް މުސާރައިގެގޮތުގައި އެއް އަހަރަށް ބަހަލައިގެން ދީ ހުސްކުރާނީ..ރައްތަކުގައި ބަނދަރަށް ދެލޮރީ ހިލަ އަޅައިދޭނެ ތަރައްގީއޭ ބުނެ..

The name is already taken The name is available. Register?

އަލީ ހުސެއިން

14 November 2019

ކައުންސިލް އިންތިހާބަށް ދައްކާ އަވާމެންދުރެއް، ބައެއް ރައްރަށުގެ ބަނދަރުހަދަން ވޭތުވެދިޔަ 9އަހަރު ޖަހާފައެބަހުރި، ކުލާސްރޫމް އިތުރު ކުތަން 7އަހަރު ޖަހާފަ، މަގުބައްތި ޖަހަން 8 އަހަރު ޖަހާފަ، މަޖްލިސް މެންބަރުން ހީކުރަނީ ދިވެހިންނަކީ ގަމާރުން ކަމަށްތަ! އަމިއްލައަށް މުސާރަ ކަނޑައަޅާފަ ރައްޔިތުން ދައްކާ ޓެކްސްފައިސާއިން މުސާރަ ނަގައިގެން، އައްޗީޑި

The name is already taken The name is available. Register?

ބަޑީ

14 November 2019

ކައުންސިލް އިންތިހާބަކީ މާ މުހިއްމު އެއްޗަކީތޯ؟ އަޅުގަޑުހީކުރީ ހުރިހާވެސް އެއްޗަކީ މަޖިލިސް ކަމަށް.

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

14 November 2019

މިހާރު ވައްކަންކުރަނީ ވަރަށް ޕުރޮފެޝަނަލްކޮށް.

The name is already taken The name is available. Register?

ބަޑީ

14 November 2019

ކުރިން ކުރިމީހުނަށްވުރެވެސްތަ؟

The name is already taken The name is available. Register?

ޕާޓީ ކުއްޖާ

14 November 2019

ބަޑީ ކުރިއަށްވުރެ ޕްރޮފެޝަނަލް ކޮށް މިހާރު އެކަން ކުރަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454