އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު ފޯރިގަދަ މެޗުގައި ވާދަވެރި ލިވަޕޫލް 3-2 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފި އެވެ.

މި މޮޅާއެކު ޔުނައިޓެޑުގެ ދަނޑުގައި އުފާފާޅުކުރަމުން ދިޔަ ނަމަވެސް، ކްލަބުގެ ލެޖެންޑަރީ ކޯޗު އެލެކްސް ފާގަސަންގެ ސިއްހީ ހާލަތާ ގުޅިގެން މުޅި ކލަބަށް ވަނީ ކަންބޮޑުވުން ވެރިވެފަ އެވެ.

އުމުރުން 84 އަހަރުގެ ފާގަސަން މެޗު ފެށުމުގެ ކުރިން ސްޓޭޑިއަމަށް ދިޔަ ނަމަވެސް، ހާލު ދެރަވުމުގެ ސަބަބުން ސިއްހީ ފަރުވާ ހޯދުމަށްފަހު ވަނީ މެޗު ފެށުމުގެ ކުރިން ސްޓޭޑިއަމް ދޫކޮށް ގޮސްފަ އެވެ.

ޔުނައިޓެޑްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ އީއެސްޕީއެން އިން ބުނީ މި މައްސަލައާ ގުޅިގެން ޔުނައިޓެޑުގެ އޮފިޝަލުންނާއި ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. ފާގަސަން ވަނީ މީގެ ކުރިން ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ފެބްރުއަރީ 2024 ވަނަ އަހަރުގެ ފަހުން  ކޯބީ މައިނޫ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑާ އެކު، މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުކޮށްފި. --- ފޮޓޯ: ޝޯން ބޮޓްރިލް | ގެޓީ އިމޭޖަސް
ފެބްރުއަރީ 2024 ވަނަ އަހަރުގެ ފަހުން ކޯބީ މައިނޫ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑާ އެކު، މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުކޮށްފި. --- ފޮޓޯ: ޝޯން ބޮޓްރިލް | ގެޓީ އިމޭޖަސް

މި ކާމިޔާބީއަކީ ޔުނައިޓެޑަށްތާރީހީ މޮޅެކެވެ. މިއީ 2015-16 ވަނަ ސީޒަނަށްފަހު، ލީގުގައި ކުޅުނު ދެ މެޗުން ވެސް ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން ލިވަޕޫލް ބަލިކުރި ފުރަތަމަ ސީޒަނެވެ. އަދި ލީގު ނިމެން ތިން މެޗު އޮއްވައި ޗެމްޕިއަންސް ލީގުގެ ޖާގަ މެތެމެޓިކަލީ ކަށަވަރުވުމަކީ، ވަގުތީ ކޯޗު މައިކަލް ކެރިކަށް ދާއިމީ ވަޒީފާ ލިބުމަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދިޔަ ކަމެއް ކަމަށް ދި ގާޑިއަންއިން ބުންޏެވެ. 

މެޗުގައި ޔުނައިޓެޑުން ވަނީ ފުރަތަމަ 14 މިނެޓުގެ ތެރޭގައި މެތިއުސް ކޫންޔާ އާއި ބެންޖަމިން ސެސްކޯގެ ލަނޑުތަކުން ލީޑު ނަގާފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި ލިވަޕޫލުން ދެ ގޯލު ޖަހައި ނަތީޖާ އެއްވަރުކުރި އެވެ. ޔުނައިޓެޑަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ 77 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ތަރި ކޯބީ މައިނޫ ޖަހައި ދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ ލިވަޕޫލްގެ މައްޗަށް އޮތް ގަދަބާރު އަލުން ދައްކާފަ އެވެ. ޔުނައިޓެޑް ވަނީ ހަތަރު ވަނައިގައި ލިވަޕޫލްގެ މައްޗަށް ހަ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.