މެޑްރިޑް ޑާބީގައި އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް މެޑްރިޑް ބަލިވުމުގެ ފަހަތުގައި އޮތީ ރެފްރީގެ ނުބައި ނިންމުންތައް ކަމަށް ރެއާލުން ސިފަކޮށްފި އެވެ. 

އެތުލެޓިކޯގެ ދަނޑު މެޓްރަޕޮލިޓާނޯގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 ންނެވެ. މެޗަށް ފަހު ރެއާލް މެޑްރިޑްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރި ޕޯސްޓްގައި ބުނެފައި ވަނީ ނަތީޖާ އައީ ރެފްރިގެ ނުބައި ނިންމުންތަކާ އެކުގައި ކަމަށެވެ. "

"ނުބައި ރެފްރީގެ ނިންމުމެއްގެ ސަބަބުން ޑާބީ މެޗުގެ ނަތީޖާ ނިމިއްޖެ،" ސޯޝަލް މީޑިއާގައި ރެއާލުން ކުރި ޕޯސްޓްގައިވެ އެވެ. 

އެ ޓީމުގެ ކޯޗު ހޮޒޭ މޮރީނިއޯ ވެސް ވަނީ ރެފްރީންނަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ކްރިސްޓިއަން ރޮމޭރޯ އާއި ކަންގް އިން ލީ، ރެއާލްގެ ޖޫޑް ބެލިންހަމް އާއި ފެޑޭ ވަލްވާޑޭއަށް ކުރި ވަރުގަދަ ފައުލްތަކަށް ރެފްރީ މިގޭލް އަންހެލް އޯޓިޒް އަރިއާސް ރަތް ކާޑު ނުދެއްކުމުން މައުރީނިއޯ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ۔

ކްރިސްޓިއަން ރޮމޭރޯ، ޖޫޑް ބެލިންގހޭމްގެ ފަޔަށް އަރައި، ފައުލް ކުރަނީ: މޮރޯނިއޯ ބުނީ އެ ފައުލަށް ރަތްކާޑް ދައްކަން ޖެހޭ ކަމަށް  -- ޕްރިމިއާ ސްޕޯޓްސް
ކްރިސްޓިއަން ރޮމޭރޯ، ޖޫޑް ބެލިންގހޭމްގެ ފަޔަށް އަރައި، ފައުލް ކުރަނީ: މޮރޯނިއޯ ބުނީ އެ ފައުލަށް ރަތްކާޑް ދައްކަން ޖެހޭ ކަމަށް -- ޕްރިމިއާ ސްޕޯޓްސް

މެޗުގެ ދެވަނަ ހާފުގައި ރިއާލްގެ ޑީން ހުއިސަންއަށް ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑު ދެއްކި އެވެ. އެ ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެލެކްސް ގްރިމާލްޑޯ ވަނީ އެތުލެޓިކޯއަށް ކުރިހޯދައިދީފަ އެވެ۔ އޭގެ ފަހުން ޖޮނަތަން ޑޭވިޑްގެ ލަނޑުން އެތުލެޓިކޯއިން ލީޑު ފުޅާކުރި އެވެ.  ރެއާލްގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅުގައި ޖަހައި ދިނީ އެންޓޯނިއޯ ރޫޑިގާ އެވެ۔ 

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް މައުރީނިއޯ އައީ، ރޮމޭރޯ އާއި ލީ ކުރި ފައުލްތަކުގެ މަންޒަރު ފެންނަ ކުލަ ފޮޓޯތަކެއް އޭ ފޯ ސައިޒް ކަރުދާހަށް ޕްރިންކޮށްގެންނެވެ۔ އަދި އެ ފޮޓޯތައް ނޫސްވެރިންނަށް ދައްކާލަމުން އޭނާ ބުނީ މެޗުގެ މުޅި ވާހަކައަކީ އެއީ ކަމަށެވެ. 

"މެޗުގެ މުޅި ވާހަކައަކީ މިއީ. މިއީ ސާފު ދެ ރަތް ކާޑު. ދިހަ ކުޅުންތެރިންނާ އެކު 11 ކުޅުންތެރިންނާ ދެކޮޅަށް ކުޅެން އަހަރެމެންނަށް އުނދަގޫވި ތަނުގައި، 50 މިނެޓު ވަންދެން 11 ކުޅުންތެރިންނާއެކު 9 ކުޅުންތެރިންނާ ދެކޮޅަށް ކުޅުނުނަމަ ވާނެ ގޮތް އަންދާޒާކޮށްލާ،" އެތުލެޓިކޯގެ އެ ދެ ކުޅުންތެރިންނަށް ރަތްކާޑް ދައްކަން ޖެހޭކަމަށް ބުނެ މޮރީނިއޯ ވާހަކަ ދެއްކި އެވެ. 

ކަންގް އިން ލީ، ފެޑޭ ވަލްވާޑޭގެ ފުންނާބަށް ފައުލްކުރަނީ: މޮރޯނިއޯ ބުނީ އެ ފައުލަށް ވެސް ރަތްކާޑް ދައްކަން ޖެހޭ ކަމަށް  -- ޕްރިމިއާ ސްޕޯޓްސް
ކަންގް އިން ލީ، ފެޑޭ ވަލްވާޑޭގެ ފުންނާބަށް ފައުލްކުރަނީ: މޮރޯނިއޯ ބުނީ އެ ފައުލަށް ވެސް ރަތްކާޑް ދައްކަން ޖެހޭ ކަމަށް -- ޕްރިމިއާ ސްޕޯޓްސް

"އެހެންވީމާ އަހަރެން ހަމައެކަނި ކުރާނެ ކަމަކީ ހުރިހާ އެއްޗެއް ގުރުބާންކޮށް ފުރަތަމަ ހާފުގައި ވަރަށް ފުރިހަމައަށް ކުޅުނު އަހަރެންގެ ކުޅުންތެރިންގެ އަގުވަޒަންކުރުން. މިއަދު އުފާކުރަންވީ އެތުލެޓިކޯގެ ސަޕޯޓަރުންގެ އެކަންޏެއް ނޫން. ރެފްރީން ކަނޑައަޅާ ކޮމިޓީން ވެސް (އުފާފާޅުކުރަންވީ)." 

މައުރީނިއޯ ވަނީ މެޗުގެ ރެފްރީ އޯޓިޒް އަރިއާސްއަކީ ޕްރެޝަރު ނެގެން ނެތް ރެފްރީއެއް ކަމަށްބުނެފަ އެވެ. ވީއޭއާރް އޮފިޝަލްގެ ގޮތުގައި ހުރި ޓްރުހީޔޯ ސުއާރޭޒްއަކީ ވެސް ރެއާލާ ދެކޮޅަށް ނިންމުންތައް ނިންމުމުގެ ތާރީހާއް އޮތް އޮފިޝަލެއް ކަމަށް މޮރީނިއޯ ތުހުމަތު ކުރި އެވެ.