އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަން އަހްމަދު މުއިއްޒު: އޭނާ ޗެއާމަނަކަށް ހަމަޖެއްސީ ބުރާސްފަތި ދުވަހު --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ފެބުރުއަރީ 2025 - 00:06
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް، އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު، ފީފާއިން މިއަދު އައްޔަން ކޮށްފި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހްމަޒު ޒުހޫރު ވަކި ކުރުމުންނެވެ.
ކޮމިޓީގެ މެންބަރުންގެ އަދަދު، ފަހަކުން ތިނަކަށް ދަށްކޮށް ޒުހޫރު މަގާމުން ވަކި ކުރީ މިއަދު އެވެ. އޭގެ ކުރިން ކޮމިޓީގެ މެންބަރު އަހްމަދު އަލީ ވަނީ އަމިއްލަ ސަބަބުތަކާ ހުރެ ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާ ދީފަ އެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަޒު ޒުހޫރު (ވ) އާ އެކު މިހާރުގެ ޗެއާމަން އަހްމަދު މުއިއްޒު --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޗެއާމަން ކަމަށް މުއިއްޒު ހަމަޖައްސާފައިވާކަން، ފީފާއިން އަންގާފައިވާ ކަމަށް މުއިއްޒު، "މިހާރު" އަށް ވިދާޅުވި އެވެ.
ކޮމިޓީގައި މިހާރު ތިއްބަވާ ތިން މެންބަރުންނަކީ މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.
މި މަހުގެ ތެރޭގައި އެފްއޭއެމްގެ އެތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގި އެވެ. ޖެނަރަލް ސެކްރެޓަރީ ނާހިލް ސިއްދީގް އިސްތިއުފާ ދިނީ ވެސް މި މަހު އެވެ. އެކްޓިން ޖެނަރަލް ސެކްރެޓަރީކަން މި ވަގުތު ކުރައްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއިއްޒު ވަކިކުރޭ
16 February 2025
އެއްވެސް ކުރިއެރުމެއް ނާންނާނެ!
މުޔައްސޖރު
15 February 2025
ޒުހޫރަށް ވުރެ އަދި މާ އީގޯ ފުޅު ބޮޑު ބޭފުޅެއް މިއީ
ކެނެޑީ
15 February 2025
ކުޑަކޮށް މޮރީނިއޯއާ ވައްތަރުގޮތެއްހުރޭދޯ
ބުލޫ
14 February 2025
ނޯމައިލު ކޮމެޓީ މިފަހަރު ވަރަށް ކަޑަ ހަގީގަތުގަ. އެކަމްގެ ހެއްކެއް އަދިވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ
އާރީ
14 February 2025
ފުޓްބޯޅަޔާއި އެއްވެސް ގުޅުމެއް ނެތްބަޔަކު ފީފާއިންވެސް މި ލަނީ.
މޯޑިސްގަ
15 February 2025
ގުޅުން އޮންނަ މީހުން ފީފާ ފަންޑުން ގަންނަނީ އަމިއްލަ ނަމުގަ ފްލެޓް.
ސުނާރު
14 February 2025
އެފް އޭ އެމް ވެއްޖެ އެއްނު އުވާލަން މިހާރު، ! ފީފާއިން ތިޔަތަން މިރާއްޖޭގަ ހިންގަން ތިހާ ބޭނުމިއްޔާ ، ރައީސް އޮފީސް ފެންޑާގަ ރައީސުލް ޖުމްހޫރިއްޔާއާ ހަވާލުކޮއްގެން ހިންގާ!
ސައިނީސް
14 February 2025
ޒުހޫރު ހުރިހާކަމަކުން ފެއިލް، ކުރީގެ ދެ ސަރުކާރުގަވެސް ފެއިލް ދެން އޮސްޓުރޭލިޔާއަށް ބަދަލުވުން ރަގަޅު ކަމަށް ފެނޭ!
ސަންގައްޕާ
14 February 2025
ވަރަށް ރަގަޅު ބޭކަލަކާއި ތިޔަހަވާލުވީ. ތިޔަތަން ރަގަޅަ އޯވަހޯލްކޮށް ހަރުދަނާ ގަވާއިދަކާއި އުސޫލުތަކެއްގެ ތެރެއިން ތަންހިގަން ދަސްކޮށްދީ ކަރަފުސަން މޮޕުޖަހައިގެން ވިއަސް ސާފުތާހިރުކޮށް އެފްއޭއެމަކީ ދިވެހި މުޖުތަމައަށް ބޭނުން ތަނަކަށް ހަދައިލާނެކަމުގެ އިންތިޒާރުގައި އެބަތިބީމު
ޕަސްގަމް
14 February 2025
މިމީހުންނަށް ދުނިޔޭގެ ހުރިހާ މޮޅެއް. ގޭގައި ހުންނަން އެދެނީ މަހަކަށް 4 ހާސް ޑޮލަރު.
ކެނޑުން
14 February 2025
މުޅިންވެސް އިވޭއަޑަކީ ވަކިކޮށްފި، ވަކޮކޮށްފި، ވަކޮކޮށްފި، ދެން ކުރީސަރުކާރު، ކުރީސަރުކާރު، ކުރީސަރުކާރު. މިކަހަލަ ސްޓްރެޓެޖީ އެއްގައި ސަރުކާރެއް ހިންގާނީ ކިހިނެއްތޯ. ހަމަ ގާބިލު ކަމުންވާގޮތްތޯ.
އެދުރު1
14 February 2025
ވާނުވާ ބަލާފައި ކޮމެންޓް ކޮއްލަން ފެނޭ . މިއީ ސަރުކާއި ބެހޭ ކަމެއްނޫން ފީފާއިން ކުރާ ކަމެއް.