އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޝާހް އާއި އެ އިދާރާގެ މިހާރުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުއިއްޒު: ޝާހް ވިދާޅުވީ އެފްއޭއެމްގެ ގަވާއިދު މުއިއްޒު ތަންފީޒު ނުކުރައްވާ ކަމަށް
19 މެއި 2025 - 07:46
ގާނޫނީ ދާއިރާގެ ތަޖުރިބާކާރަކަށްވެ ހުންނެވި ނަމަވެސް، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު ތަންފީޒު ނުކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެނައި ބަދަލަކާ ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކައެއް ހިއްސާކުރައްވައި ޝާހު ވިދާޅުވީ އެފަދަ ކަންކަމަށް ފާޑުވިދާޅުވުމުގެ ކުރިން މުއިއްޒު ކުރައްވަން ޖެހޭ ކަމަކީ އެފްއޭއެމްގެ އަސާސީ ގަވާއިދު ތަންފީޒުކުރުން ކަމަށެވެ.
"މަނިކުފާނުގެ ބިޔަ ގާނޫނީ ތަޖުރިބާއިން އެފްއޭއެމްގެ އަސާސީ ގަވާއިދު ފުރިހަމަ ގޮތުގައި ތަންފީޒު ނުކުރެވިގެން ތިއުޅެނީ ކީއްވެތޯ؟،" ޝާހު ސުވާލުކުރެއްވެވި އެވެ.
ބިއްލޫރި ގެއެއްގައި އުޅޭ މީހާ، އެހެން މީހުންގެ ގޭގެއަށް ގާއުކައިގެން ނުވާނެ ކަމަށް ވިދާޅުވެ ޝާހު ވަނީ މުއިއްޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާ އަދާނުކުރައްވާ ހުންނަވައި އެހެން ކަންކަމަށް ފާޑުވިދާޅުވާތީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ.
ޝާހު އެ އިޝާރާތްކުރެއްވީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ރާއްޖޭގެ ނުވަ ޒޯނުގެ ޓީމުތަކަށް ކޮންގްރެސްއިން ފުރުސަތު ދޭން ޖެހޭކަމަށް އިނގިރޭސި އަސާސީ ގަވާއިދުގައި އޮންނަ އޮތުން އެފްއޭއެމުން ތަންފީޒުނުކުރާ ކުރުމަށެވެ.
އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރުމަށް ކެމްޕޭން ކުރާ "ސޭވް އެފްއޭއެމް" ގްރޫޕުން މިދިޔަ މަހު ވަނީ މުއިއްޒުގެ ނޯމަލައިޒޭޝަން ކޮމިޓީއާ ބައްދަލުކޮށް އަސާސީ ގަވާއިދާ އެއްގޮތަށް އެކަން ތަންފީޒު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ސޭވް އެފްއޭއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ޝާހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމަށް ފަހު ޝާހް "މިހާރު" އަށް ވިދާޅުވެފައި ވަނީ އެފްއޭއެމުން 2016 ގައި ފާސް ކުރި އަސާސީ ގަވާއިދުން 44 މަންދޫބުން ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭ ކަމަށެވެ.
އެކަމަކު ޖުލައި 2020 ގައި ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދުގެ ދިވެހި ކޮޕީ އިސްލާހުކޮށް "އިންޓަރެސްޓް ގުރޫޕްތައް" އުފެއްދުމުގެ މާއްދާ އުވާލި އެވެ.
ޝާހު ވިދާޅުވެފައި ވަނީ ދިވެހި ގަވާއިދަށް ބަދަލު ގެނައި ނަމަވެސް ފީފާގެ ކުރިމަތީގައި ސައްހަ ގަވާއިދަކީ އިނގިރޭސި ގަވާއިދު ކަމަށެވެ.
"އަސާސީ ގަވާއިދުގެ އަށް ވަނަ މާއްދާގައި ބުނެފައި އޮންނާނެ މާނަ ކުރުމުގައި ތައާރުޒެއް އުފެދޭނެމަ ބަލަން ޖެހޭނީ އިނގިރޭސި ގަވާއިދަށް ކަމަށް،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިނގިރޭސި ގަވާއިދުގައި ރާއްޖޭގެ ނުވަ ޒޯނަށް ފުރުސަތު ލިބޭ ގޮތަށް 44 ޑެލިގޭޓުން ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭނެ ކަމަށް ލިޔެފައި އޮންނަ ކަމަށެވެ.
އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވެގެން މިހާތަނަށް ބޭއްވި ހަމައެކަނި ކޮންގްރެސް ވެސް ބޭއްވީ ހަމައެކަނި އެންމެ ޒޯނަކަށް ނިސްބަތްވާ ކްލަބްތައް ހިމަނައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކުމަލް
19 May 2025
ކުރާކަމެއް ކޮއްގެންވެސް ރަގަނޅު ވާހާ ދުވަސްވެއްޖެ. ފުޓުބޯޅަ ލީގެއް ނެއްހައެކަނި ޤައުމު ތޯޗެއް. ޖީލެއް ނިމި މިދަނީ ފުޓުބޯޅަ މިހާލެއްގަ އޮއްވާ.
އެލަންސޯ
19 May 2025
ޝާހު ވެސް ތީ މަޤާމް ބޭނުންވެގެން އުޅޭމީހެއް.. މިމީހުންތައް ވެގެން ރާއްޖޭގެ ފުޓްބޯޅަ ޙަލާކްކޮއްފި.. ހުރިހާ ތަނެއްގައި ހަސަނުގެ ދެފައި..
އިހްސާސް
19 May 2025
ޝާހަކަށް މުއިއްޒާ ދިމާލަކަށް ގޮވެލިފަތި ގޮވޭކަށް ވަކިނެތް. ޝާހުމެން ފުޓުބޯޅައިގެ ތަޖުރީބާކާރުން އެފްއޭއެމް އާއި ދިވެހި ފުޓުބޯޅާ މިއަނދަވަޅަށް ވެއްޓިގެންދާން ދޫކޮށްލީ ކީއްވެބާ؟ އޭރު ތިބާގެ ޒިންމާ އުފުލުނުބާ؟
ގެދޮރޭ
19 May 2025
ކަލޯގަޔާ ކޮމެންޓް ތައް ކިޔާލީމާ މާ ބޮޑަށްވެސް އާ މައުލޫމާތު އެބަ ލިބޭ. އަނގަ ފަޅައިގެން އުޅޭ މީހުންގެ ފަތިފުށްވެސް މި އެނގެނީ ކޮމެންޓް ތަކުން. ކޮރަޕްޓް ނޫން މީހެއް, ކޮރަޕްޓް ނޫން މުއައްސަސާއެއް.މިހާރު އެބަ ހުރިބާއޭ މިހާރު ހިތަށް އަރާ. އިސްލާމިކް މިނިސްޓްރީން ވެސް އެކަހަލަ ގަނޑު ގަންނަކަން މިހާރު ޔަގީން. އަދި އެވެސް މީހުން ޙައްޖަށް ގެންދިއުމުގަ.
އުމަރުބޭ
19 May 2025
ސާހަކީ ސަންޓުރެވަލް ސިޔާމުގެ ޕަޕެޓެއް މިހާރު ކުފޫހަމަވާމީހެއްނޫން
ސަން ސިޔާ
19 May 2025
ބައްލަވާ މުއިއްޒަކީ ސަންސިޔާމް ގްރޫޕްގެ ލޯޔަރޭ
މުލޭ
19 May 2025
އެފްއޭއެމަށް ވަންނަ ކޮންމެ މީހަކު ވެސް ގޭންގުތަކުގެ އަތްދަށުވެފައި މިހުންނަނީ. އެމީހުން ނުރިހިދާނެތީ އެމީހުންނާ ހަތަރުކަޅި ކަމަކޮށްލަން ވެސް ނުކެރޭ. ގޭންގް ކްލަބްތައް ކުޅިވަރުތަކުން އެއްފަރާތް ނުކޮށް މިކަމެއް ނުވާނެ. ގޭންގުތަކަށް ޚާއްސަކުޅިވަރެއް އޮންނާނެ ރާއްޖޭގައި. އެކުޅިވަރުގައި އެމީހުން ބައިވެެިކުރުވާ. އެމީހުން ފުޓުބޯޅައިން ބޭރުކުރޭ. އަނެއްކޮޅުން ކުޅިވަރު އެސޯސިއޭޝަނުގެ އިސް މަގާމެއްގައި ހުރެ ސިޔާސީ ކަންކަމާ ބެހުމަކީ ވެސް ރަނގަޅު ގޮތެއްނޫން.
އަހުމަދުއާ
19 May 2025
އެފްއޭއެމް ތީ އުވާލަންޖެހޭ ތަނެއް. އާންމުންނަށް ކުޅެލާނެ ދަނޑެއްނެތް. ހުރިހާ ދަނޑެއް ކޮންޓުރޯލްކުރަނީ ގޭންގުތައް.
އަލިބެ…
19 May 2025
ގަވާޢިދު ކައިގެން އެފް.އޭ.އެމް ކައި ހުސްކޮށްގެން ނިކުމެ ތިބެ އަގަހުޅުވަން ޝާހިމެން ލަދު ނުގަންނާތީ ހައިރާންވަން.
ރަޝީ45
19 May 2025
ސާޔާ އެފުއޭއެމުން ރައީސްކަން ބޭނުންވެގެން ބައްސާމަށް ގުޅިންތޯ؟ ނިކަން ޖަވާބު ދެއްވަ ބައްލަވާ
ޕޮލިޓިކަލްއާރޓް
19 May 2025
ތި މުއިއްޒު އަކީވެސް އައުޓްޑޭޓެޑް މީހެއް މިހާރު އިރެއްގައި ތި އެއްޗެހި ހިނގިޔަކަސް މިހާރަކު ނުހިނގާނެ
އަލިބެ...
19 May 2025
ކޮރަޕްޓްނޫން މީހުންނަކީ މިޤައުމުގައި އައުޓްޑޭޓެޑް މީނުން