17 އެޕްރީލް 2025 - 02:05
ރެއާލް މެޑްރިޑްގެ ދަނޑުގައި އެޓީމު 1-2 އިން ބަލިކޮށް، 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އާސެނަލްގެ ދަނޑުގައި 3-0 އިން ބަލިވި މެޗަށް ފަހު ރެއާލްގެ ކުޅުންތެރިން ތިބީ ރެއާލްގެ ދަނޑުގައި އާސެނަލް ބޮޑު ބައްޔަކުން ބަލިކޮށް ސެމީގެ ޖާގަ ހޯދަން ވަރަށް ބޮޑަށް ޔަގީން ކޮށްގެންނެވެ. ނަމަވެސް މެޗު ނިމުނީ ފަހު ވަގުތު ރެއާލް ބަލިވެގެންނެވެ.
ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އާސެނަލް އަށް ލީޑު ނަގަން ޕެނަލްޓީއެއް ލިބުނެވެ. ރައުލް އަސެންސިއޯ، އާސެނަލްގެ މިކެލް މެރީނޯ ވައްޓާލި ކަމަށް ބަލައި ވީއޭއާރުގެ އެހީގައި ދިން ޕެނަލްޓީ ބުކަޔޯ ސަކާ ފޮނުވާލުމުން ކީޕަރު ތިބައު ކޯޓުއާ ދިފާއު ކުރި އެވެ.
އޭގެ އިރުކޮޅެއް ފަހުން ޑެކްލަން ރައިސް، ކިލިއަން އެމްބާޕޭ ވައްޓާލީ ކަމަށް ބަލައި ރެފްރީ ވަނީ ރެއާލަށް ޕެނަލްޓީއެއް ދޭން ނިންމައިފަ އެވެ. ނަމަވެސް ވީއޭއާރުން ބެލި އިރު، އޭގެ ކުރިން އެންޓޮނީ ރުޑިގާ އޮފްސައިޑް ވެފައި ވާތީ ނިންމުން ބަދަލު ކުރީ އެވެ.
މެޗުގެ ފުރަތަމަ ގޯލު 65 ވަނަ މިނިޓުގައި ޖަހައިދިނީ ސަކާ އެވެ. އޭގެ ދެ މިނިޓު ފަހުން ރެއާލަށް އެއްވަރު ކޮށްދިން ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ އެެވެ.
ރެކޯޑް 15 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް ބަލިކުރި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ޖަހައިދިނީ ގެބްރިއެލް މާޓިނެއްލީ އެވެ.
ކުއާޓާގައި ދެން ކުޅުނީ އިންޓަ މިލާނާއި ބެޔާން މިއުނިކެވެ. އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު 2-2 އިން އެއްވަރު ކޮށްލައިގެން 4-3 ގެ އެގްރިގޭޓަކާ އެކު ސެމީ އަށް ދިޔައީ އިންޓަ މިލާނެވެ.
ސެމީ ފައިނަލްގައި އާސެނަލް ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ. އަދި އިންޓަ މިލާން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެރޭޒް
17 April 2025
ރެއާލް އަކީ އަބަދު ވެސް ރެފްރީގެ އެހީތެރިކަމާ އެކު މޮޅުވާ ބައެއް.
ޔޔޔޔޔޔޔޔޔޔ
17 April 2025
ކޮބާ ކިހިނެއް ވަނީ..
ރަދީފްއޮފިޝަލް / ހަނދަށް ދެވޭތޯ ނާސާއަށް ލިޔެގެން
17 April 2025
މަރުހަބާ އާސެނަލް.ރެއާލުންކުރި ހިތްވަރަށް ސާބަސް. ޕުތަމެދްރިދް. ވ.ވެދުން
އަހުމިއްޓޭ
18 April 2025
ބަލަގަ ދިވެހިން ލިޔެބަލަ.