އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް: އެފްއޭއެމްގެ އާ އަސާސީ ގަވާއިދުން އޭނާ އަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
28 ޖޫން 2025 - 22:01
އެފްއޭއެމްގެ އާ އަސާސީ ގަވާއިދުން އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަންދުވެއްޖެ އެވެ.
މިއަދު އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފަ އެވެ. އިންތިހާބަށް ހުޅުވާލިކަން އިއުލާންކޮށް ގެޒެޓްގައި އެފްއޭއެމުން ކުރި އިއުލާނުގައި ވަނީ އެ އެސޯސިއޭޝަނުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަކެއް ހިމަނައިފަ އެވެ.
އެ ޝަރުތުތަކަކީ އަސާސީ ގަވާއިދުން ވެސް ބާރު ލިބޭ ކަންކަމެވެ. އިންތިހާބަށް ކުރިމތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ހަވަނަ މާއްދާއިން ބައްސާމަށް ކުރިމަތިލުމުގެ ދޮރު ބަންދުވާނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.
އެ ނުކުތާގައި ބުނެފައި ވަނީ؛ ފީފާގެ އެތިކްސް ކޮމިޓީ ނުވަތަ ކުޅިވަރުގެ އެހެން ޖަމިއްޔާއަކުން ކުށް ސާބިތުވެ/ ނުވަތަ ހުކުމް ކޮށްފައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. ބައްސާމްގެ މައްޗަށް ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ވަނީ ނުވަ މަސް ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތިކޮށްފަ އެވެ. މިދިޔަ އަހަރު ޖުލައި މަހު ކުރިމަތި ކުރި ސަސްޕެންޝަނުގެ މުއްދަތު މިދިޔަ މާޗް މަހު ވަނީ ހަމަވެފަ އެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓު (ކާސް) އަށް ހުށަހެޅުމުން އެ ކޯޓުން ވެސް ހުކުމް ކުރީ އޭނާއާ ދެކޮޅަށެވެ.
އިންތިހާބަށް ކުރިމަތިލާއިރު ނަޒާހާތްތެރިކަން ކަށަވަރު ކުރަން އެފްއޭއެމުން ވަނީ ފޯމެއް ވެސް އިއުލާނާ އެކު ހިމަނައިފަ އެވެ. އެ ފޯމުގެ ތިންވަނަ ބައިގައި ހިމަނާފައިވާ ސުވާލުތަކުގެ ތެރެއިން ދެވަނަ ސުވާލަކީ ފީފާގެ ކޮމިޓީއަކުން އެއްވެސް ފިޔަވަޅެއް އެޅިތޯ ކަށަވަރު ކުރުމަށް ކުރިމަތިކޮށްފައިވާ ސުވާލެކެވެ.
އެ ސުވާލަކީ: ފީފާގެ ކޯޑް އޮފް އެތިކްސްގެ ދެ ވަނަ ބައިގައި ފަސް ވަނަ ސެކްޝަންގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވެ، މީގެ ކުރިން ކުޅިވަރު އެއްވެސް އިދާރާއަކުން (ކެންޑިޑޭޓްގެ) މައްޗަށް ސުލޫކީ ނުވަތަފިޔަވަޅެއް އަޅާފައި ނުވަތަ އަދަބެއް ދީފައި ވޭހެއްޔެވެ؟
ނަޒާހާތްތެރިކަން ކަށަވަރުކުރާ ފޯމުގެ އެ ސުވާލުން ވެސް ބައްސާމަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނެ އެވެ.
އެފްއޭއެމުން މިދިޔަ އަހަރު ދެވަނަ ފަހަރަށް ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ބައްސާމް ވާދަ ކުރެއްވި އެވެ. ދެން އެފަހަރު ކުރިމަތިލެއްވީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އެވެ. އެކަމަކު ފީފާއިން އެ އިންތިހާބު ހުއްޓުވި އެވެ. އޭގެ ފަހުން އެފްއޭއެމް ނޯމަލައިޒޭޝަން ހާލަތައް ގެނެސް އަސާސީ ގަވާއިދު އިސްލާހު ކުރި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން މިއަދު ފުރުސަތު ހުޅުވާލި އިންތިހާބުގައި ވެސް ތޯރިގް ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތަރީހަކީ ޖުލައި 6 ވާ އަންނަ އާދިއްތަ ދުވަހެވެ. އިންތިހާބު އޮންނާނީ އަންނަ މަހުގެ 26 ގަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ވެސް އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނަމް
29 June 2025
ވަޓް އަ މޭން! ވަޓް އަ ލައިފް ލިވްޑް! އޯލްސޯ ވަޓް އަ ކަނިން ވޭ ޓު ގެޓް އަ ޕެންޓްހައުސް! އޯލް އިންދަ ނޭމް އޮފް ބިލަވްޑް ފްޓްބޯލް! ފުޓްބޯޅައިގެ އެންމެ އިސްމަގާމަށް އިސްވެ ތަން ބިމާހަމަ ކޮށްލީ! އަޑުގަދަ ކުރިނަމުން ދިޔަ މީހުން އޮން ދަ ސްޕޮޓް ސައިލަންޓް ކޮށްލީ. ކަންވެ ނިމުނު އިރު އެފްއޭމް އެތައް ބަޔަކަށް ދަރާފަ، ފުޓްބޯޅަ އެތައް ގަރުނެއް ފަހަތައް. ހިނދެމުން ހިނދެމުންގެސް ހިނދިއްޖެ!
އޮފްސައިޑް
29 June 2025
ޒިންމާދާރު އެއްވެސް މަގާމެއް ހައްގުވާ މީހެއްނުން.
ރޮބާޓޯ ބާޖިއޯ
29 June 2025
މިމަގާމަށް އެންމެ އެކަށޭނެ ފަރާތަކީ އަހްމަދު ތޯރިގް (ޓޮމް) އެވެ.
ބާބާ
29 June 2025
އަދިވެއް ހިތައްއަރަނީ ބައްސާމުއާއި ދެކޮޅަށް އެއްކަލަ އަޑުގަދަކުރަމުންދިޔަ މަހުލޫފުގެ އަޑު ފިއްކަނޑައިގެން ދާވަރަށް ސައިލެޓްވި ދުވަސް..އެ މަންޒަރު. އެއްގަލަކަށް އެރިމަންޒަރު. މުސްކުޅިން ބުނެއުޅޭ އަހިވަކާޖެހި އަހިވަތް ފާވާނެއޭ.
ބޭކާރު ފީފާ
29 June 2025
މިހާރުވެސް ފީފާގެ ކޯޑްސް އޮފް އެތިކްސްގައި ހިމެނޭ: ރިޝްވަތުހިފުން، ރިޝްވަތު ނެގުން، އަންއެތިކަލްލޮބީ ކުރުން މަނާކޮށްފައި، ކޮންކަމެއްވީ އޭނަ ވެރިކަންކުރާނެވަރަކަށް ވެރިކަންކޮށް ގައުމުގެ ފުޓްބޯޅަ އިދަޖައްސާލައިފައި ހުރިމީހެއް.
ވަގުންގެ ދުނިޔެ
29 June 2025
އަހަރުމެން ހީކުރަނީ ކިޔެވީމަ މީހާ ތަހުޒީބުވެ، ތަންދޮރުއެގި، ހެޔޮނުބައި ވިސްނި، މީހާ ޑިސިޕްލިންވެ އެހެން ހަރުފަތަކަށް ދަނީކަމަށް.އެކަމަކު މިގައުމުގައި ބައެއްމީހުން މަގާމު ލިބުނީމަ ސީދާ ވައްކަންކުރުން ނޫންކަމެއް ނުކުރޭ.
ނަގިއްޔާ
29 June 2025
އޭނަ އަދިވެސް ކުރިމަތިލާން އެބައުޅޭތަ. ބޯހަމަޖެހޭ މީހަކު އޭނަގެ ކަންކަން ހައްދުންނައްޓަފައި އޮތްވައި އެކަހަލަ "ނޭތްގާނީ" ޚިޔާލެއް އިތައް އަރުވަންވެސް ލަދުވެސްގަންނާނެ. އެކަމަކު ދޯ...މިރާއްޖެއަކީ އާދަޔާ ޚިލާފު ގައުމެއް. އަދަޔާޚިލާފުކަންކަން ހިގާފައި އެބަހުރި. އެކަމެއްވާން އޮތީ ބޫގަލް ހަދައިގެން ކަމުގައިވާނަމަ އެކަންވެސް ކުރަން ފަހެއްނުޖެހޭނޭ. މިދައްކަނީ ރަންނަމާރި އެރިގައުމެއްގެވާހަކަ.
ފުޓް
29 June 2025
ބައްސާމުގެ އަމިއްލަ ތަރިކަ މުދާހެން ހީވާފަދަ ބައްސާމު އާއި އެފްއޭއެމް ގެ ވާހަކަ ޙަބަރު ތަކުގައި ލިޔާއިރު. މިއީ ދެރަވަރުކަންކަން...ކުށްވެރިއެއްކަން ސާބިތުވާއިތުވެސް ތަބަކަށް ލައިގެން އުފުލަމުން ދުވާހެން ހީވަނީ.
ލައިޓް
29 June 2025
ދިވެހި ފުޓްބޯޅަޔަށް އުފާވެރި ހަބަރެއް! އަލްހަމްދުﷲ!
ޞަހޭ
29 June 2025
ކޮރަޕްޓް ގައުމެއްގަ ބައިވެރި ނުވެވޭންވި ސަބަބެއް ނުފެނޭ. ޢެސޮރާ ދޭތެރޭ އެގޮތައް ކަންތައް ނުކުރައްވާ.