ކުޅިވަރު / ރިޕޯޓް

އެފްއޭއެމް ކޮންގްރެސް: މި ފަހަރު ވެސް އޮތީ އަތޮޅުތެރެ ބާކީ ކޮށްލުމުގެ ސަގާފަތް ދިރުވުން!

އެފްއޭއެމްގެ މެންބަރުންނަކީ މާލޭ ޒޯނުގައި ކުޅޭ އެއްވަނަ ޑިވިޝަންގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބް ކަމަށް ގަވާއިދުގެ ޑްރާފްޓްގައި އޮތީ ލިޔެފައި.

އެފްއޭއެމުން މާޗް މަހު ބޭއްވި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކުޗެއާމަން އަހްމަދު މުއިއްޒާއި ސްޕޯޓްސް މިނިސްޓަރު ރާފިއު: އެފްއޭއެމުން ހުށަހަޅާފައިވާ އަސާސީ ގަވާއިދުން ފހަގީގީ ބަދަލުތައް ނުގެނެވޭނެ ކަމަށް ތަޖުރިބާކާރުން ބުނޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އާއި ހުނަރު ވެސް އޮތީ އަތޮޅުތެރޭގަ އެވެ. އެ ހަގީގަތް ރަށްރަށަށް ހާއްސަކޮށް ބާއްވާ މުބާރާތްތަކުންނާއި ގައުމީ ސްކޮޑުން ވެސް ފެނެ އެވެ. އެ ހަގީގަތް "ނޭނގެނީ" ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އާއި އެ އިދާރާގެ ލީޑަޝިޕަށެވެ.

މިހާރު ވެސް ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެ އެސޯސިއޭޝަނަށް އިސްލާހާއި ބަދަލުތައް ގެންނަން ތިން ފަހަރު މަތިން އެ ހާލަތު ކުރިމަތި ކުރި އިރު ވެސް ހަގީގީ ބަދަލުތަކެއް ނާންނަ ކަމަށް ފުޓްބޯޅައިގެ މައްސަލަތަކަށް ފާޑުކިޔާ ބޭފުޅުން ވިދާޅުވެ އެވެ. ތިން ވަނަ ފަހަރަށް ގެނައި ނޯމަލައިޒޭޝަން މަރުހަލާގައި ވެސް އަތޮޅުތެރޭގެ ޓީމުތަކަށް އެފްއޭއެމްގެ ހައިސިއްޔަތެއް ނުލިބުނެވެ. ރާއްޖޭގެ އެންމެ ޒޯނަކަށް ފުޓްބޯޅަ ބަރޯސާކޮށް، ބަސްބުނުމާއި ވޯޓު ދިނުމުގެ ހައްގު ދީގެން މިހެން ތިބެންވެއްޖެ ނަމަ ރާއްޖޭގެ ފުޓްބޯޅަ ކުރި ނާރާނެ ކަމަށް ތަޖުރިބާކާރުން އަބަދުވެސް ގަބޫލު ކުރެ އެވެ. ކުރީގައި އޮތް ފޯރިއެއް ވެސް ދެން ނުގެނެވޭނެ އެވެ.

އެފްއޭއެމުން 2016 ގައި ފާސްކުރި އަސާސީ ގަވާއިދުގައި ވަކި މުއްދަތެއްގެ ތެރޭގައި ނުވަ ޒޯނަކަށް ރާއްޖެ ބަހާލައި އެ ޒޯންތަކާއި އެހެން ސަބް އެސޯސިއޭޝަން އުފައްދަން ޖެހޭނެ ކަމަށް ލިޔުނެވެ. އޭގެ ހަތަރު އަހަރު ފަހުން ބާއްވާ އިންތިހާބުގައި އެ ޒޯންތަކާއި ސަބް އެސޯސިއޭޝަންތަކުގެ މަންދޫބުންނަށް ކޮންގްރެސްގައި ވޯޓު ދިނުމުގެ ހައްގު ލިބޭ ވަރަށް އެކަން ފުރިހަމަކޮށްފައި އޮންނާނެ ކަމުގެ އުއްމީދު އަސާސީ ގަވާއިދުން އާ ކޮށްދިނެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: 2026 ގައި ފާސް ކުރި އަސާސީ ގަވާއިދު އޭނާ ތަންފީޒެއް ނުކުރައްވާ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފުރަތަމަ ދައުރުގައި އެ ކަމަށް އަމަލެއް ނުކުރި އެވެ. ބަހަނާއަކަށް އޭނާ ދެއްކެވީ ކުޅިވަރުގެ ޕިރަމިޑްގައި އެފްއޭއެމަކީ އެސޯސިއޭޝަނަކަށް ވުމެވެ. އެސޯސިއޭޝަނެއްގެ ތެރެއިން އިތުރު އެސޯސިއޭޝަންތަކެއް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން އޭނާ އޭރު ވިދާޅުވި އެވެ. ބައްސާމްގެ ބަހުން ނަމަ ސަރުކާރުގެ ކުޅިވަރުގެ އިދާރާތަކުން އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުކޮށްދިން ދުވަހަކުން ނޫނީ ސަބް އެސޯސިއޭޝަންތަކެއް ނުއުފެއްދޭނެ އެވެ.

އޭގެ ނަތީޖާއަކީ ބައްސާމް ދެވަނަ ދައުރަށް އިންތިހާބުވި ކޮންގްރެސްގައި އަސާސީ ގަވާއިދު އިސްލާހުކޮށް، ސަބް އެސޯސިއޭޝަންތަކާއި ޒޯން އެސޯސިއޭޝަންތައް އުފެއްދުމުގެ ބައި ދިވެހި ގަވާއިދުން އުވައިލުމެވެ.

ތިންވަނަ ފަހަރަށް އަސާސީ ގަވާއިދު ފާސްކުރަން މިއަދު ބާއްވާ ކޮންގްރެސް އަށް ހުށަހަޅާއިރު އެ ގަވާއިދުގައި ޒޯންތަކަށް ހައިސިއްޔަތެއް ލިބޭނެ ޖާގައެއް ނެތެވެ. އެފްއޭއެމްގެ މެންބަރުންނަކީ މާލޭ ޒޯނުގައި ކުޅޭ އެއްވަނަ ޑިވިޝަންގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބް ކަމަށް ގަވާއިދުގެ ޑްރާފްޓްގައި އޮތީ ލިޔެފަ އެވެ.

ކުރިން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފ. ނިލަންދޫ ސްޕޯޓްސް ކަލްބްގެ ހަރަކާތްތެރިޔާ އަންވަރު އަލީ، "ސޭވް އެފްއޭއެމް" ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެފްއޭއެމްގެ އަސާސީ ގަވާއިދުން ހަމައެކަނި އެންމެ ޒޯނަކަށް ފުރުސަތު ލިބޭގޮތަށް އޮތުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ތަރައްގީގެ ޕްލޭނާއި ކުޅިވަރު ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ.

މާޗް މަހު ބޭއްވި ކޮންގްރެސްގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން (ކ-2 މުއިއްޒާއި ނޯމަލއިޒޭޝަން ކޮމިޓީގެ މެންބަރު ފަރީހާ (ކ) --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ގައުމީ ޖަމިއްޔާއަކުން އަތޮޅުތެރެ ބާކީ ކުރަމަކީ ޖަމިއްޔާގެ ގައުމީވަންތަކަށް ނިގުޅައި ގަންނަން ޖެހޭ ސަބަބެއް. އެހެން ނޫނީ އެފްއޭ މޯލްޑިވްސް ނުކިޔާ އެފްއޭ މާލެ ކިޔަން ރަނގަޅު ވާނެ،" ނިއު ރޭޑިއަންޓްގެ ފުޓްބޯޅަ ޑައިރެކްޓަރުގެ މަގާމު ވެސް ކުރިން އަދާކުރެއްވި އަންވަރު، ސޭވް އެފްއޭމްގެ ގުރޫޕްގައި ވިދާޅުވި އެވެ.

ކޮންގްރެސް އަށް މިއަދު ހުށަހަޅާ އަސާސީ ގަވާއިދު ފާސްކުރަން ގިނަ ކްލަބްތަކުން ވޯޓު ދޭނެ ކަމަށް މިހާރު އޮތީ ބެލެވިފަ އެވެ. ދެން އެ އަށް ފަހު، އަންނަ މަހު އިންތިހާބު އޮންނާނެ އެވެ.

އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވާ އަހްމަދު ތޯރިގް (ޓޮމް) އޮތީ ރާއްޖޭގެ ފުޓްބޯޅަ ހަ ޒޯނަކަށް ބަހާލައި އެއް އަހަރުގެ ތެރޭގައި ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދައި، ދެ އަހަރު ދުވަހުގެ މުއްދަތުން ލީގު ފަށައި ހަތަރު އަހަރު ފަހުން ކޮންގްރެސް އިން ވެސް އަތޮޅުތެރޭގެ ޒޯންތަކަށް ފުރުސަތު ދިނުމަށް ޓައިމްލައިނެއް އިއުލާން ކޮށްފަ އެވެ.

އެކަމަކު އެފްއޭއެމްގެ ތާރީހަށް ބަލާއިރު، އެ ކަން ކުރަން ޖެހުމުން އޮންނަނީ ފަހަތު ފަޔަށް ބުރަވެފަ އެވެ. މަރުހަލާތައް ވެސް ދިގުދެމިގެން ގޮސްފަ އެވެ. އެ ބަދަލު ގެންނަން އަނެއްކާވެސް އަސާސީ ގަވާއިދު ލިޔަންވީ އެވެ. އިސްލާހާއި ބަދަލު ގެންނަން ފީފާ އިން ގެންނަ ނޯމަލައިޒޭޝަން މަރުހަލާގައި އެ ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޝާހް އިސްމާއީލް ވިދާޅުވި އެވެ.

އެފްއޭއެމުން ރޭ ބޭއްވި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކު ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި ފީފާ އާއި އޭއެފްސީގެ މަންދޫބުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވިގޮތުގައި، އެފްއޭއެމް އަބަދުވެސް އޮންނަނީ އަސާސީ ގަވާއިދު ލިޔޭ ނުނިމޭ ތަނަކަށް ވެފަ އެވެ. ގާތްގަނޑަކަށް 17 އަހަރުގެ ތެރޭޭގައި މިއީ އެ އިދާރާގެ އަސާސީ ގަވާއިދު އިސްލާހު ކުރާ ހަތަރުވަނަ ފަހަރެވެ. ނަމަވެސް ހަގީގީ ބަދަލުތަކެއް ނާދެ އެވެ. އަބަދުވެސް ކަރު އެލުވާލައި މާޔޫސް ވާން ޖެހޭނީ ގައުމީ ފެންވަރުގައި ހައިސިއްޔަތެއް ހޯދަން އުއްމީދު ކޮށްގެން ތިބި އަތޮޅުތަކުގެ ޓީމުތަކެވެ. ހަގީގީ އިސްލާހާއި ބަދަލު ގެނެވޭނެ ދުވަހެއް އެފްއޭއެމަށް ކުރިމައްޗެއް ނުވެ އެވެ.

"އެފްއޭއެމްގެ އަސާސީ ގަވާއިދު އަލުން ލިޔުމަކީ ދުވަހަކު ވެސް ދެން ނުނިމޭނެ ހާސްކަމަކަށް ވެއްޖެ. އެންމެ ބޮޑަށް ހިތްދަތިވަނީ ފީފާ އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެބައިމީހުންގެ މައްޗަށް އިތުބާރު ގެއްލޭ މިންވަރަށް ހަގީގަތާ ދުރަށް ދިޔަތަން ފެނުނީމަ،" ސޯޝަލް މީޑިއާގައި ޝާހު ލިޔުނެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެފްއޭއެމްގެ އަސާސީ ގަވާއިދު މިހާރު ޑްރާފްޓްގައި އޮތް ގޮތަށް ލިޔެފައި އެ އޮތީ ވަކި ބަޔަކަށް "ހެޔޮވަރުކޮށް ކޯޓު ފައްސައި،" ދިނުމަށެވެ.

"(ރަސްމީ އިދާރާތަކުން) ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކޮށްދިނުމުގެ ބަދަލުގައި ހަގީގަތާ ކުރިމަތިލާން ޖެހުނީމަ ހަނުހުރުމާ އެކު، ކުޅިވަރުގެ ރޫހާއި އިންސާފަށް ޖަވާބުދާރީވުމަށް ބޭނުން ނުވެ ފައުލް ގޭމެއް ކުޅުމަށް ވަކި ބަޔަކަށް މަގުކޮށްޓެވީތީ [ހިތްދަތިވޭ]."

އެފްއޭއެމްގެ ކޮންގްރެސް މިއަދު ފަށާއިރު، އަތޮޅުތެރޭގެ ކްލަބުތަކަށާއި ހުނަރުވެރި ކުޅުންތެރިންނަށް ލިބޭނެ އެއްވެސް މޮޅެއް ނެތެވެ. އެ ކޮންގްރެސް އެ ފަށަނީ ވެސް އެ ގޮތަށް ކަންކަން ބައްޓަން ކޮށްގެންނެވެ. އެހެންވެ، އިތުރަށް ވަކި މޮޅެއް މި ފަހަރު ވެސް ލިބޭނެ ކަމަށް ބެލުމުގެ މާނައެއް ނެތެވެ. މާޒީ އަށް ބަލާއިރު އެފްއޭއެމްގެ ލީޑަޝިޕަށް އަންނަ ކޮންމެ ބައެއްގެ ވެސް ވިސްނުން ހުންނަނީ އެއްގޮތަކަށެވެ. އަތޮޅުތެރެ ބާކީ ކޮށްލުމެވެ.

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރާސީނު

28 June 2025

އެހެންވިޔަސް، ކައުންސިލް އިންތިހާބަށް ވޯޓު ހޯދަން ރަށްރަށަށް އަންނަންވާނެ!

The name is already taken The name is available. Register?

ހޯރަ އައްޔާ

27 June 2025

ފުޓްބޯލް އެސޯސިއޭޝަން އޮފް މާލެ، ކިޔަން ވީނުން. މޯލްޑިވްސް ކިޔާނެ ކަމެއް ނެތް. ހަމަ ކުރުކޮށް އިންނާނީ އެފް އޭ އެމް ވިއްޔާ. ތީ މާލޭ ނުފޫޒް ގަދަ ބަޔަކު ހިންގާ ޖަމިއްޔާ އެއް. ދެން ކީއްވެތަ، މި މީހުން ރާއްޖެ ތެރޭ ކުޅުންތެރިން މާލޭ ކުލަބު ތަކަށް ލައިގެން ކުޅުވަނީ ކީއްކުރަން. ހަމަ މާލޭ މީހުން ލައިގެން ކުޅެންވީނުން.

The name is already taken The name is available. Register?

އަލީ ނަސިރު

27 June 2025

މާލޭ ބޭބޭފުޅުންނަކަށް ހަޖަމުފުޅެއް ނުވާނެ ރާއްޖެތެރޭ ކުލަބްތައް މާލެއާ ވާދަކުރުމެއް! މިހާރުވެސް ގޯސް ވެގެން މިއުޅެނީ އަތޮޅުތެރޭގައި ފުޓްބޯޅަ މާ ފޮރި ގަދަކަމުން! އަޅާ ނުލާ އެފްއޭއްމް ބާއްވާފަ މަމެން ހިންގާ އާ އެސޯސޭސަނެއް ހަދަން! އައްޑޫގަ އައްޑު އެޝޯސިއޭސަން އުތުރުގަ އުތުރު އެސޮސޭސަން! އެފްއޭއެމް ބާއްވާ މާލޭގަ ގަލޮޅު ދަނޑު ގަކުޅެއް!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 June 2025

އާބާދީގެ 3 ބައިކުޅާ ދެ ބައި ރައްޔިތުންނަށް ޤައުމީއްޔަވަންތަ ފުރުސަތާއި ހަމަހަމަކަމާއި މިނިވަންކަން ފޯރުކޮށްނުދީ "އެއްބައިވަންތަ، އެއްބަހަކުން ވާހަކަ ދައްކާ، އެއް ދީނެއްގެ ބައެކޭ ކިޔައިގެން" މީހުން ވާވައްދަން އުޅުނެއް ކަމަކު 21 ވަނަ ޤަރުނުގައި އެވާހަކަ ތައް ޤަބޫލު ކުރާނެ ބަޔަކު ނުވާނެ. މާލޭ ސަރުކާރު ވެރިން "ރާއްޖެތެރޭ މީހުންނޭ ނުކިޔަންވެގެން "އަތޮޅު ތެރޭ ރައްޔިތުންނޭ" ކިއުންފަދަ ބަދަލެއް ތިޔަ އަސާސީ ޤަވާއިދަށްވެސް ތިގެންނަނީ. މުޅިން އޮޅުވާލުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 June 2025

ދިވެހި ޤައުމީޓީމް ވާދަ ކުރަންޖެހެނީ ސާކްގެ ޤައުމު ތަކާއި، އިންޑިޔާގައި އޮންނަނީ ދިއްލީ ލީގެއްނޫން. އަދި އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަންގެ އިންތިޙާބް ތަކުގައި ވޯޓް ދިނުމުގެ ޙައްޤު އޮންނަނީ ހަމަ އެކަނި ވެރިކަންކުރާ ރަށުގެ އަވަށްތަކަށާއި ދާދާއިންގެ ޓީމް ތަކަކަށްވެސް ނޫން. ކ.މާލޭ މީހުން ކިތަންމެ ބޭނުން ނުވިޔަސް މިއަދު އެ ބަދަލު ނުގެނައި ކަމަށް ވިޔަސް ޒަމާނީ ބަދަލު ގެންނާން އަދި މަޖުބޫރު ވާނެ. މަޖުބޫރުވެގެން ބަދަލު ގެންނައިރު ފުޓްބޯޅަ މުޅިން ފުޑޭނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 June 2025

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން އަކަށް ރާއްޖޭގެ ކުރީގެ ޕްރޮސިކިއުޓަރ ޖެނަރަލްކަންވެސް ކުރެއްވެވި އަދި ރާއްޖޭގެ ބާ ކައުންސިލްގެ ވެސް އިސް ވެރިއެއް ކަމަށްވާ ޤާނޫނީ ވަކީލް އަހްމަދު މުއިއްޒް ހުންނެވުމުން އަޅަުގަނޑު އުއްމީދު ކުރިން ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތު ދޫކޮށް ފީފާ އާއި އޭއެފްސީގެ އަސާސީ ޤަވާއިދު ތަކާއި އުސޫލަށް އަސި ފުޓްބޯޅަ މުބާރާތް ތަކުގެ ރޫޙާއި މަޤުސަދަށް ބަލައިގެން އިންސާފުން މިކަން ކުރާނެ ކަމަށް. އެކަމަކު އޭނާވެސް ވަކި ތަފާތެއް ނުވި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 June 2025

ނަމުގެކުރިއަށާއި، މެދުތެރެ އަދި ފަހަތަށް "ޤައުމީ" ޅައިގެން ކ.މާލޭގައިހަދާފައިވާ މިފަދަ އެސޯސިއޭޝަންތަކުގެ އަސާސީޤަވާއިދުގައި ހަމަހަމަކަމާއިއެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ރަށެއްގެ ކުލަބްތަކަށް ވާދަކުރުމުގެ ފުރުސަތު ދީފައިނުވާނަމަ، އެފަދަ ފަރާތްތަކާއި ދެކޮޅަށް ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީފަދަ އާބާދީބޮޑު ރަށްރަށުން ފިޔަވަޅު އަޅާ ހުރިހާ ދަނޑުތަކެއް ކައުންސިލްގެ ބާރުގެދަށަށް ގެނެސް އެފްއޭއަށް އެއްބާރުލުން ނުދޭނެކަން އިޢުލާން ކުރޭ.

The name is already taken The name is available. Register?

1828

27 June 2025

މައި ސަރުކާރުތަކުގައިވެސް އޮތީ 'ރާއްޖެތެރެ' ބާކީކޮށްލުމުގެ ސަޤާފަތެއް. ވީއިރު އަދި މާލޭގައި ހުންނަ އެފްއޭއެމް އިން ރާއްޖެތެރެ ބާކީކޮށްލުމަކީ މިހާރުގެ ފަލަ ސުރުހީއަށް އަރަންޖެހޭ ސަބަބެއް ނޫން. ސަރުކާރުތަކަށްވެސް މާލެ ސަރަހައްދު ނޫން އެހެން ތަނެއް ނުފެނޭ

The name is already taken The name is available. Register?

އަހުމަދު މީމު

27 June 2025

ތިހުރިހާކަމެއްވެސް އެއްމެނަށް އެގޭ ކޮންމެކަމެއްވެސް މާލެއަށް ޖަމާކުރުމަކީ ސަރުކާރުތަކުން ހިންގާ ޖަރީމާއެއްނު އަތޮޅު ތެރޭމީހުންނަކީ ކުޅަނދު މަދުބައެއް އެހެން ނޫންނަމަ އަތޮޅުތެރޭމީހަކު ޥެރިކަން ކުރަން ފުރުސަތުދިނީސް

The name is already taken The name is available. Register?

އަޅި އަޅީ

27 June 2025

މާލޭ އެފްއޭއެމް އަށް ނަންވެސް ބަދަލު ކޮއްލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454