ކުޅިވަރު / ފަލަސްތީން-އިޒްރޭލް

އިޒްރޭލު ބޮއިކޮޓް ކުރަން ދުނިޔޭގެ ފުޓްބޯޅަ ފެޑެރޭޝަންތަކުގެ ބޮޑު ކެމްޕެއިނެއް!

17 ސެޕްޓެމްބަރ 2025 - 07:09

3 comments

އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗުތައް ބޮއިކޮޓް ކުރަން ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ފެޑެރޭޝަންތަކުން ކެމްޕެއިނެއް ފަށައިފި އެވެ.

"ގޭމް އޯވާ އިޒްރޭލް" ގެ ނަމުގައި އިއްޔެ ފެށި މި ކެމްޕެއިން ކުރިއަށް ގެންދަނީ ދުނިޔޭގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕްތަކާއި ސަޕޯޓަރުންގެ އެސޯސިއޭޝަންތަކާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ޔޫރަޕްގެ ނުވަ ގައުމެއްގެ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެންނެވެ. މި ފުޓްބޯޅަ ފެޑެރޭޝަންތަކުގެ ތެރޭގައި ހިމެނެނީ ބެލްޖިއަމް، އިންގްލެންޑް، ފްރާންސް، ގްރީސް، އަޔަލެންޑް، ނޯވޭ، ސްކޮޓްލެންޑް އަދި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނެވެ.

މި ކެމްޕޭނުގައި ގޮވައިލަމުން ދަނީ އިޒްރޭލުގެ ގައުމީ ފުޓްބޯޅަ ޓީމާއި ކްލަބްތަކުގެ އިތުރުން، އެ ގައުމުތަކުގެ ޑޮމެސްޓިކް ލީގުގައި އިޒްރޭލު ކުޅުންތެރިން ކުޅުވުން މަނާ ކުރާށެވެ.

ކެމްޕެއިން އިންތިޒާމު ކުރާ ފަރާތްތަކުން ބުނި ގޮތުގައި މިއީ، ފަލަސްތީނުގެ އާއްމުންގެ ފުރާނަ އާއި ކުޅިވަރު ވަސީލަތްތަކާއި އެ ނޫން ވެސް އިންފްރާސްޓްރަކްޗާ އަދި ގާޒާގެ ކުޅިވަރު ކުޅުންތެރިންނަށް ދެމުން ގެންދާ ގެއްލުންތަކާ ގުޅިގެން ފެށި ކެމްޕެއިނެކެވެ. އަދި ދުނިޔޭގެ އާއްމު ރައްޔިތުން ވެސް މި އަމަލުތައް ކުށްވެރިކޮށް، އިޒްރޭލް ބޮއިކޮޓް ކުރަން އިތުރު އެސޯސިއޭޝަންތަކަށް ފިއްތުންތައް ކުރުމަށް ވެސް އެ ފަރާތްތަކުން ގޮވާލަ އެވެ.

"ކުޅިވަރުގެ މައި އިދާރާތަކުން ދަނީ މި ރަހުމުކުޑަ ނަސްލު ނައްތާލުމުގެ އަމަލުތަކުގައި ލަދުކުޑަކަމާ އެކު، އިޒްރޭލަށް ވާގިވެރި ވަމުން. އެހެންވެ މުޅި ދުނިޔެ އާއި ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ވެސް އެބަ ޖެހޭ އިޒްރޭލް ބޮއިކޮޓް ކުރަން،" ޔޫއެންގެ ކުރީގެ ހާއްސަ ރިޕޯޓަރު ރިޗަޑް ފޯކް ވިދާޅުވި އެވެ.

މި ކެމްޕެއިނުގައި ޔޫރަޕްގެ ގައުމުތަކުން އަންނަނީ އިޒްރޭލުން ގާޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެންނަން ވެސް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އިޓަލީގެ ކޯޗުންގެ އެސޯސިއޭޝަނުން ވަނީ، މުބާރާތްތަކުން އިޒްރޭލް ސަސްޕެންޑް ކޮށްދިނުމަށް މިދިޔަ މަހު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގޮވާލައިފަ އެވެ. އަދި ސްޕެއިން ވަނީ ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައިފަ އެވެ. އިޒްރޭލާ އޮންނަ ގުޅުން މުޅިން ކަނޑާލަން ވެސް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވަނީ މި ކެމްޕެއިންގެ ދަށުން ވަނީ ގޮވާލައިފަ އެވެ. އަދި ނޯވޭ އިން ވަނީ އެ ގައުމުން އިޒްރޭލާ ދެކޮޅަށް އަންނަ އޮކްޓޫބަރު މަހު ކުޅެން ޖެހޭ ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ގާޒާގައި އިންސާނީ އެހީ ދޭ ޖަމިއްޔާއަށް ހަދިޔާކުރަން ނިންމައިފަ އެވެ.

"އަހަރެމެން މި ދެކެމުން ދަނީ އަނދިރި ދުވަސްތަކެއް. ރައްޔިތުން ތިބީ ހިލިހިލާ ޖެހި ބަންދުވެފައި. އަދި އަހަރެމެންގެ ލޯތައް ކުރިމަތީގައި އެ މީހުން ދަނީ އިންސާނުންނާ މެދު ރަހުމު ކުޑަ އަމަލުތައް ހިންގަމުން. އަހަރެމެން އެކަކަށް ވެސް ނުބުނެވޭނެ މިއީ އަހަރެމެންނަށް ނޭނގި ހިނގާ ކަމެކޭ،" އދ. ގެ ކުރީގެ ހިއުމަން ރައިޓްސް އޮފިޝަލް ކްރެއިގް މޮކިބިއޭ ވިދާޅުވި އެވެ.

"މިކަމުގައި އިހުމާލު ވެވޭކަށް ނެތް. އަހަރެމެންނަށް އެކަމަށް ފިޔަވަޅުތަކެއް އެޅުމުގެ ބާރު އެބަ އޮތް. ކުޅިވަރުގެ ތެރެއިން އަހަރެމެންނަށް ފިޔަވަޅު އެޅިދާނެ. ހާއްސަކޮށް ހަތިޔާރެއްގެ ގޮތުގައި މި ރީތި ކުޅިވަރު؛ ފުޓްބޯޅަ ބޭނުން ކުރެވިދާނެ. ފުޓްބޯޅަ ފެޑެރޭޝަންތަކުގެ އިތުރުން އެހެނިހެން ފެޑެރޭޝަންތަކަށް ވެސް އިޒްރޭލު ބޮއިކޮޓް ކުރަން ޑިމާންޑް ކުރަން ޖެހޭ."

މި ކެމްޕެއިނުގެ ބައިވެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ މީހުންގެ ތެރޭގައި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބީބީސީގެ ކޮމެންޓޭޓަރު ގެރީ ލިނެކާ، ގްރީސްގެ ކުރީގެ ފިނޭންސް މިނިސްޓަރު ޔަނިސް ވަރުފޯކިސް، އަޔަލެންޑްގެ ފިލްމީތަރި ލިއަމް ކަނިންގްހަމް، އިނގިރޭސި ވިލާތުގެ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މެޓް ކެނާޑް، އަޔަލެންޑްގެ އެކްޓިވިސްޓް ތަދްގް ހިކީ، އިނގިރޭސި ވިލާތުގެ ސާޖަން ނިކް މޭނާޑް އަދި އިނގިރޭސި ވިލާތުގެ ޕަންކް ރެޕް ލަވަކިޔުންތެރިން ކަމަށްވާ ބޮބް ވިލަން އާއި ބޮބީ ވިލަން ހިމެނެ އެވެ.

3 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 91%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިތާމަހުރި

17 September 2025

އިންސާނީ ހައްގޭ، ހަމަހަމަކަމޭ ކިޔައިގެން މިހާ ވަކާލާތުކުރާ ޒަމާނެއް ދުނިޔެ ދެކެފައި ވާނެހެނެއް ހިޔެއް ނުވެ. އެކަމަކު މިއޮއްފަދަ ޒަމާނުގައި ހިނގަމުންމިދާ އަނިޔާވެރިކަމާ ނާއިންސާފާ ތަފާތު ކުރުމަކީ މި ފަހުން ދުނިޔެ ނުދެކޭހާ ހާމަކަންބޮޑު، ރަހުމުކުޑަ، ލަދުކުޑަ ކަމެއް. މީގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހެނީ މިކަންކަމަށް ވާގިވެރިވާ ގައުމުތަކުގެ ވެރިން. ހާއްސަކޮށް އެމެރިކާއާއި، އެ ގައުމުގެ ވާގިވެރިން.

The name is already taken The name is available. Register?

މުކުރު

17 September 2025

ރަޝިޔާ ސަސްޕެންޑް ކުރިއިރު އިޒްރޭލު ހަމަ ކުރިއަށް. ކޮބާ އިންސާފު.

The name is already taken The name is available. Register?

ބުރުގާ

17 September 2025

ތިކަމުގެވެސް އެންމެ ކުރީިގަ ރާއްޖޭގެ ރައީސް މުއިއްޒު އާއި ރާއްޖޭގެ އެފް.އޭ.އެމް އޮތިއްޔާ ރަގަޅުވާނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454