މިއީ މި ސީޒަނުގައި ވިދިވިދިގެން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރު!
ވިކްޓަރީ އަށް ލަނޑު ޖަހައިން އެވަޓަން (ކ) --- ފޮޓޯ: ޑީޑީޕީއެލް
01 ނޮވެމްބަރ 2025 - 19:38
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައި ވިދިވިދިގެން މޮޅުވުމުގެ ރޭހަށް ވިކްޓަރީން ވަދެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ފެށި ސީޒަނަށް އެންމެ ފަހުން ތައްޔާރުވާން ފެށި އެއް ކްލަބަކީ ވިކްޓަރީ އެވެ. އެކަށީގެންވާ ގޮތަކަށް ތައްޔާރު ނުވެވުމުން ލީގުގެ ކުރީކޮޅު އެ ޓީމުގެ ނަތީޖާތަކަށް ވެސް އަސަރު ކުރި އެވެ. ސީޒަނަށް އެ ޓީމުން ނުކުތީ ވަގުތީ ކޯޗެއްގެ ގޮތުގައި މިހާރުގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ގެ ނަން ޖަހައިގެންނެވެ.
މިހާރުގެ ކޯޗު ޖޯޖިއޮލީ ގެރީ އެ ޓީމާ ހަވާލުވީ މިދިޔަ މަހު ކުރީކޮޅު އެވެ. އޭނާގެ ކޯޗުކަމުގެދަށުން ވިކްޓަރީން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މޮޗުން މޮޅުވި އެވެ.
ސްލޮވާކިއާގެ ކޯޗު ގެރީގެ ޕްލޭނަށް ވިކްޓަރީ މަޑުމަޑުން ބަދަލުކުރަމުންދާ މަންޒަރު މިއަދުގެ މެޗުން ވެސް ފެނުނެވެ.
އެކަމަކު ޔުނައިޓެޑް ވިކްޓަރީގެ ޑިފެންސްގެ ތެރެއިން މާ ބޮޑު ޖާގައެއް އެ ޓީމުގެ ޑިފެންޑަރުން ވިކްޓަރީއަކަށް ނުދިނެވެ.
މުޅި މެޗުގައި ޔޫވީގެ ފަހަތުން އެ ޖާގަ ވިކްޓަރީ އަށް ލިބުނީ އެންމެ ފަހަރަކު އެވެ. މެޗުގެ 73 ވަނަ މިނެޓްގައި ލިބުނު އެ ފުރުސަތުން ވްލަޑްމިއާ އެވަޓަން ލަނޑު ޖަހައި ދިނެވެ.
ހުސައިން ނިޔާޒު މުހައްމަދު އޭރިއާ ތެރެއިން ބޯޅަ ދިނީ އެވަޓަން އަށެވެ. ބޯޅަ ކޮންޓްރޯލް ކޮށްލައި އޭނާ ފޮނުވާލި ބޯޅަ ޔޫވީގެ ޑިފެންޑަރުގެ ފައިގައި ޖެހިފައި ބްލޮކްވި އެވެ. އެކަމަކު ބޯޅަ ހޯދުމުގައި ޑިފެންޑަރަށް ކާމިޔާބުނުވި އެވެ.
ރީބައުންސްވެގެން ދިޔަ ބޯޅަ އެވަޓަން ފޮނުވާލީ ގޯލްގެ ކަނަށެވެ.
މޮޅާ އެކު ވިކްޓަރީ ވަނީ ނުވަ ޕޮއިންޓް ހޯދައި ތާވާލުގެ ހަތަރުވަނަ އަށް ޖެހިލާފަ އެވެ. މިހާރު ފަސްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ބުރު ސްޕޯޓްސް އެވެ. އެ ޓީމުން މިރޭ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
ޔުނައިޓެޑް ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓާ އެކު ހަވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
01 November 2025
ނަމުގެ ތެރެއަށް ޤައުމީ، ނެޝަނަލް، ދިވެހި، މޯލްޑިވްސް، ރާއްޖެ ބަދަ ނަންތައް ލައިގެން ފާޑު ފާޑުގެ އެސޯސިއޭޝަން ތައް ހަދައި ބައިނަލް އަަޤުވާމީ ކުޅިވަރު ޖަމީއްޔާތަކުން ލިބޭ ފައިސާގެ އިތުރަށް ސްޕޯޓްސް މިނިސްޓްރީ ކިޔާފައި ވުޒާރާ އެއް އުފައްދާފަައި އަހަރުގެ ބަޖޭޓްގައި އެތައް މިލިޔަން ރުފިޔާ ޖަހަައިގެން ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކަށާއި، ތިރަށު ގޭދޮށު ކުދިންނަށް ފައިސާ ބަހަންވެގެން ދައުލަތުގެ ކުންފުނިތަކުން ސްޕޮންސާރ ކޮށްގެން ކީއްކުރަން ޖަހާސަކަރާތެއް.