ކްރިޓަލް ޕެލަސްގެ މައްޗަށް 3-0 ން މޮޅުވެ މެންޗެސްޓާ ސިޓީން ތަށީގެ ރޭހުގައި ވާން ކޮށްފި އެވެ. 

އާލިން ހާލަންޑާއި، ރަޔާން ޗެކީ އަދި ޖެރެމީ ޑޯކޫ ނުލައި ކުޅުނު ނަމަވެސް، ސިޓީން ވަނީ ކްރިސްޓަލް ޕެލަސްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި ތާވަލުގެ ކުރީގައި އޮތް އާސެނަލްއާ ދެ ޕޮއިންޓަށް ގާތްވެފަ އެވެ.

ޕެޕް ގާޑިއޯލާގެ ޓީމަށް ކުރިއަށް އޮތް އެފްއޭ ކަޕް ފައިނަލުގެ ކުރިން މިއީ ލިބުނު ބޮޑު ހިތްހަމަޖެހުމެކަވެ. މެޗުގައި ފިލް ފޯޑެން ދެއްކި މޮޅު ކުޅުމާއެކު، ސިޓީން ވަނީ ތަށި ހޯދުމުގެ ރޭހުގައި އަމިއްލަ ބާރު ދަމަހައްޓާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެންޓޮއިން ސެމެންޔޯ އާއި އުމަރު މާމޫޝް ޖެހި ލަނޑުތަކުން ސިޓީން ވަނީ ކުރި ހޯދާފަ އެވެ. މެޗުގެ ފަހުކޮޅު ސަވީނިއޯ ޖެހި ލަނޑާއެކު ސިޓީން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

މެޗުގެ ކުރީކޮޅު ޕެލަސްގެ ޖީން ފިލިޕް މަޓެޓާ ޖެހި ލަނޑެއް އޮފްސައިޑްވުމުން ބަލައިނުގަތް ނަމަވެސް، އެ ޓީމުން ސިޓީގެ ޑިފެންސަށް ބައެއް ވަގުތުތަކުގައި ނުރައްކާކުރިއަ ވެ.

މެޗަށް ފަހު ފޯޑެން ބުނީ ލީގުގެ ފަހު މެޗުތަކުގައި ކޮންމެ ވެސް ގޮތެއްވެ އޭނާގެ ޓީމަށް ފުރުސަތު ފަހިވެދާނެ ކަމަށެވެ. 

"(ލީގުގެ) އެންމެ ފަހު ދުވަހު ގިނަ ކަންތައްތަކެއް ހިނގާފާނެކަން އަހަރެމެންނަށް ވަނީ ފެނިފައި. އަހަރެން އެކަން ތަޖުރިބާކޮށްފިން. އަހަރެމެން ކުރަންޖެހޭ ކަމަކީ ހަމައެކަނި ބާރަށް ކުރިއަށް ގޮސް އަހަރެމެންގެ ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރުން،" މެޗަށްފަހު ފޯޑެން ބުންޏަ އެވެ.

ސިޓީން މިހާރު އުންމީދު ކުރަނީ އަންގާރަ ދުވަހު އާސެނަލް އާއި ބާންލީ ބައްދަލުކުރާ މެޗުން އާސެނަލްއަށް ޕޮއިންޓެއް ގެއްލޭނެ ކަމަށެވެ.. ނަމަވެސް ބާންލޭއަކީ މިހާރު ރެލިގޭޓްވެފައިވާ ޓީމަކަށް ވުމުން، އާސެނަލް އެ މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑެވެ.

އާސެނަލް މޮޅުވެ، ސިޓީއަށް ބޯންމައުތު އަތުން މޮޅުނުވެވިއްޖެ ނަމަ، އާސެނަލްއަށް ލީގު ތަށި ކަށަވަރުވާނެއަ