އެޕަލް އެޕް ސްޓޯރުން އީރާން އެޕްތައް ބޭރުކުރަނީ

އީރާނުގައި ބޭނުންކުރާހާ އައިފޯނެއް ގައުމަށް އެތެރެކޮށްފައި ވަނީ ސައްހަ ނޫން މަގުތަކުންނެވެ. އެޕަލްގެ ހުއްދަ ލިބިގެން، އެޕަލްގެ އުފެއްދުމެއް އީރާންގައި ނުވިއްކަ އެވެ. އީރާނަށް ޚާއްސަ އެޕަލް އެޕް ސްޓޯރެއް ނުހުރެ އެވެ.


އީރާން ޑިވެލޮޕަރަކަށް އައިފޯން އެޕްލިކޭޝަނެއް ލިޔެވޭކަށް ވެސް ނެތެވެ. އަދި އަމުދުން އީރާނަށް އެ އެޕްލިކޭޝަނެއް ނިސްބަތްކުރެވޭ ނަމަ އެވެ. އެޕަލް އިން އީރާނަށް އެ ފުރުސަތެއް ނުދެ އެވެ. އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅާފައި ވާތީ އެވެ.

އެޕަލް އިން މިހާރު އެންމެ ބުރަކޮށް ކުރާ މަސައްކަތަކީ ވެސް އެއީ އެވެ. އެޕް ސްޓޯރުގައި އީރާން އެޕްލިކޭޝަނެއް އިންތޯ ބަލައި، ފޮހެލުމެވެ. އެޕަލް އިން ބުނި ގޮތުގައި، އީރާންއާ އެކު މާލީ ފައިދާއެއް ލިބޭ މުއާމަލާތެއް ކުރެވޭކަށް ނެތެވެ.

އީރާނާ އެކު މުއާމަލާތުކުރުމުގައި އެޕަލް ރުންކުރު ނަމަވެސް، ގޫގުލް އިން އެ ކަމެއް ނުކުރެވެ އެވެ. އެޕްލިކޭޝަންތައް ބަންދެއް ވެސް ނުކުރެ އެވެ. ޑިވެލޮޕަރުންނަށް ބިރެއް ވެސް ނުދައްކަ އެވެ. އެކަމަކު ގޫގުލް އަދި އެޕަލް އަކީ ވެސް އެމެރިކާ ބައެކެވެ.

ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގައި، ޓެކްނޮލޮޖީ ކުންފުނިތައް ނިކަން ރަނގަޅަށް ފިތޭ ފަހަރު ވެސް އާދެ އެވެ. އަދި ވަކިން ޓެކްސްއާ ބެހޭ ގޮތުން ވާހަކަދައްކާ ނަމަ ގަންނާކުރައްވާ ބިރެއް ވެސް ނޭނގެ އެވެ. އެޕަލް އަށް ވެސް ވެގެން އުޅެނީ މި ބުނި ކަހަލަ ގޮތެކެވެ.

ސްމާޓްފޯން މާކެޓްގައި އެޕަލް އަށް ވާދަވެރިން ގިނަވެފައިވުން ވަނީ ވަރަށް ދުރަން ވިސްނަން ޖެހިފައި އޮތް ކަމަކަށެވެ. ގައުމުތައް ރުއްސައިގެން މެނުވީ ތަނަވަސް ވިޔަފާރިއެއް ކުރުން އެޕަލް އަށް ވަނީ ދަތިވެފަ އެވެ. އެޕަލް އިން ކުރިން ނުކުރާ ކިތަންމެ ކަމެއް ކުރާތީ މިހާރު އެބަ ފެނެ އެވެ. އެޕަލް އިން ދާދިފަހުން ވަނީ ޗައިން އެޕް ސްޓޯރުން ވެސް އެޕްތަކެއް ނަގާފަ އެވެ.