ސްމާޓް ފީޗާއެއް ގޮތުގައި ހުރިހާ ތަނެއްގައި ޑާކް މޯޑް ހިމަނަނީ
04 އެޕްރީލް 2019 - 07:35
މައިކްރޮސޮފްޓް ވިންޑޯޒް އަށް "ޑާކް މޯޑް" އަތުވެއްޖެ އެވެ. އެޕަލް "މެކްއޯއެސް" އަށް ވެސް ޑާކް މޯޑެއް އަތުވެއްޖެ އެވެ. ސްމާޓްފޯނުތަކުގައި އާންމުކޮށް ބޭނުންކުރާ ހުރިހާ އެޕްލިކޭޝަނެއްގައި ޑާކް މޯޑް ހިމަނައިފި އެވެ. ހުދު ކަރުދާހުގައި ކަޅު ދެލިން ލިޔެފައި ހުރި ނަމަ އެ ދިމާއަކަށް ޑާކް މޯޑް އަންނަނީ އެވެ. މިއީ އަޅެ ފަހެ ކޮން ޑާކް މޯޑެއް ހެއްޔެވެ؟
ސްމާޓް ޑިވައިސްތައް ސްމާޓްކުރުވަން ކުރި ކަމެއްގައި، ހުރިހާ އެޕްލިކޭޝަނެއް އަދި ވިންޑޯޒް ދާރަތައް ކަނު އަނދިރިވުމުން، ޑާކް މޯޑަށް ބަދަލުވީ އެވެ. ޑާކް މޯޑަށް ބަދަލުކުރުމުން ވާ ގޮތަކީ، ހުދު ކަޅަށް އަދި ކަޅު ހުދަށް ބަދަލުވުމެވެ. މިއީ މިހާރު ސްމާޓް އެޕްލިކޭޝަންތަކުގެ ޒަމާނީ ފެޝަނެވެ.
އެންޑްރޮއިޑް ފޯނުތައް އުފައްދާ ކުންފުނިތައް ގިނަ އެވެ. އެހެންކަމުން، އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމްގައި ޑާކް މޯޑް ނެތް ނަމަ، ހުރިހާ އެންޑްރޮއިޑް ފޯނެއް ޑާކް މޯޑަށް ބަދަލެއް ނުކުރެވެ އެވެ. ނަމަވެސް، އެންޑްރޮއިޑް 9.0 "ޕައި" ގައި ވަކި ޑާކް މޯޑެއް ވަނީ ހިމަނާފަ އެވެ. ޓެސްޓް މަރުހަލާތައް އަދި މުޅިން ފުރިހަމަ ނުވި ނަމަވެސް، އެންޑްރޮއިޑް ފޯނުތަކުގައި ޑާކް މޯޑް މަސައްކަތްކުރެ އެވެ.
އައިފޯން/ އައިޕެޑަށް ޑާކް މޯޑެއް އަދި ނާދެ އެވެ. ނަމަވެސް، ލޮލަށް އުނދަގޫވާނަމަ، ޑިވައިސްގެ ސެޓިން މެނޫ އަށް ވަދެ، ސްކްރީން އެކްސްރޭކުރެވެ އެވެ. މިއީ ލޮލަށް އުނދަގޫވާނަމަ ނުވަތަ ޑާކް މޯޑް ލިބެންދެން ހެދިދާނެ މަކަރެކެވެ.
އަހަރެމެންގެ ތެރޭގައި އެންމެ ގަދަ އަށް ހިނގާ އެޕްލިކޭޝަންތައް، ވައިބާ، ޓެލެގްރާމް، ޖީމެއިލް، ފޭސްބުކް މެސެންޖާ، ޔޫޓިއުބް، ރެޑިޓް، ގޫގުލް ކްރޯމް، މޮޒިއްލާ ފަޔާފޮކްސް އަދި ނުވީ ތަނަކަށް ޕްލޭސްޓޭޝަން 4، އެކްސްބޮކްސް އަދި ނިންޓެންޑޯ ސްވިޗް ވެސް ޑާކް މޯޑް ނުވަތަ އަނދިރިކޮށްލުމަށް "ތީމް"ތައް ވަނީ ހިމަނާފަ އެވެ. މި ހުރިހައި ދިމާއެއްގައި ޑާކް މޯޑް ހުރި ނަމަވެސް، އިންޓަނެޓަށް އަދި ޑާކް މޯޑެއް ނާދެ އެވެ.
ނިދަންވީމާ ނިދާ ކޮޓަރި ތެރެ ވެސް ބަދަލުކޮށްލަނީ ޑާކް މޯޑަށެވެ. ޑާކް މޯޑްގެ އެންމެ ކުރު ތައާރަފަކީ އެއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ނަދީިރު
04 April 2019
ޑާކް މޯޑްގެ އަސްލުބޭނުން ބޭފުޅާ ދަސްކުރަން އެބަޖެހޭ
ކީއްކުރާނީ
04 April 2019
މި ސޮރުމެންގެ ނުހުރޭ ރިސަރޗެއް ކުރާނެ ހިތްވަރެއް!!!