"ނޯ ސްޕައި" އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރު: ވާވޭ

މުވާސަލާތީ އާލާތްތައް އުފެއްދުމަށް މަޝްހޫރު، ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް" އަކީ ނުރައްކާތެރި ކުންފުންޏެއް ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅައިފަ އެވެ. އަދި ވާވޭއާ އެކު ވިޔަފާރިކުރުން އެމެރިކާ ކުންފުނިތަކަށް މަނާކުރުމަށް ސަރުކާރުން ވަނީ އަމުރުކޮށްފަ އެވެ. އަދި މި ލިސްޓްގައި އެކުވެރި ގައުމުތައް ހިމަނަން މަސައްކަތްކުރާނެ ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.


އެމެރިކާ އިން ވާވޭ އަށް ދަތިކޮށްފި ނަމަ ބޮޑު އުނދަގުލަކަށް ވާނެ އެވެ. ވިޔަފާރި ދަށްވެ، އުނދަގޫ މަރުހަލާތަކެއް ކުރިމަތިވާނެ އެވެ. އެހެންކަމުން، "ބްލެކް ލިސްޓް"ން ސަލާމަތްވުމަށް ވާވޭ އަށް ކުރެވެން ހުރިހައި ކަމެއް އެ ކުންފުނިން އެބަކުރެ އެވެ.

ވާވޭ ނުރައްކާތެރި ކުންފުންޏަކަށް ވަނީ، ވާވޭއިން އުފައްދާ މުވާސަލާތީ އާލާތްތައް މެދުވެރިކޮށް ޗައިނާ ސަރުކާރުން ޖާސޫސްކުރާތީ ކަމަށް އެމެރިކާއިން ބުނެ އެވެ. ވާވޭއިން މިކަން ދޮގުކުރެ އެވެ. ވާވޭއިން ބުނީ ތެދުވެރިކަށް ދެހެމެއްޓުމަށްޓަކައި "ނޯ ސްޕައި" އެއްބަސްވުންތަކެއްގައި ސޮއިކުރަން ވެސް ތައްޔާރު ކަމަށެވެ.

އެމެރިކާއިން ދަތިކުރަން ކުރާ މަސައްކަތްތަކާ އެކު ވެސް، ވާވޭ އަށް އަދި މާލީ ނުތަނަވަސްކަމެއް ދިމައެއް ނުވެ އެވެ. ނަމަވެސް، ނުތަނަވަސް މަރުހަލާތަކެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ގައުމުތަކާ އެކު ސުލްހަވެރި އެއްބަސްވުންތަކެއް ގާއިމުކުރުމަށް ވާވޭ ވަނީ ނުތަނަވަސްވެފަ އެވެ. ވާވޭގެ ހުށަހެޅުންތަކަށް ވިސްނާނެ ކަމަށް އިނގިރޭސިވިލާތުން ބުނި ނަމަވެސް އަދި ވަކި ޚަބަރެއް ނުވެ އެވެ.

ވާވޭއިން ބުނީ އެމެރިކާ ސަރުކާރުން ކޮށްފާނެ އުނދަގުލަކަށް އަބަދު ވެސް ވިނާ ކަމަށެވެ. އެހެންވެ، އާލާތްތައް އުފައްދަން ބޭނުންވާ ޗިޕްތައް ވެސް އަމިއްލަ އަށް އުފައްދައި ޓެސްކޮށް ނިންމާފައި ވާ ކަމަށެވެ. އެހެން ނަމަވެސް، އާލާތްތައް ގަންނާނެ ބަޔަކު އަތުޖެއްސުމަކީ ކުރަން އޮތް ބުރަމަސައްކަތެއް ކަމަށެވެ.