ގެލަކްސީ އެސް11 އަދި ނޯޓް11 ވެސް ނުނެރޭނެ ކަމަށް އެބަ ބުނޭ

މިއީ އިރުއިރުކޮޅާ ފެންމައްޗަށް އަރާ ވާހަކައެކެވެ. ގެލަކްސީ އެސް އަދި ގެލަކްސީ ނޯޓްގެ ވަކި އަދަދެއް، ސެމްސަންގުން ދެން ނުނެރޭނެ ވާހަކަ އެވެ. މިދިޔަ އަހަރު ވެސް މި ވާހަކަތައް ފެތުރުނެވެ. ޓްވީޓާގައި އަދި ޓެކް ބްލޮގްތަކުގަ އެވެ. އަނެއްކާ ވެސް ހަމަ އެ ވާހަކަ އެވެ.


ސެމްސަންގުން ގެލަކްސީ އެސް11 އަދި ނޯޓް11 ނުނެރޭނެ ކަމަށް ބުނެ ފަތުރާ ވާހަކަތައް ތަރުޖަމާކުރެވެނީ މި ކަހަލަ ގޮތަކަށެވެ. ސެމްސަންގުން މިހާރު ބޭނުންވަނީ މި ދެ ފޯނު އެއްކޮށްލާށެވެ. އަދި އަހަރުގެ ކުރީކޮޅުގައި ހަފުލާ ބާއްވައި ތައާރުފުކުރާށެވެ.

ގެލަކްސީ އެސް11 އަދި ނޯޓް11 އެއް ފޯނަކަށް ހަދައި، ކިޔާނެ ކަމެއް ކަމަށް ބުނާތީ އިވެނީ، "ގެލަކްސީ ވަން" އެވެ. މިއީ ގެލަކްސީ އެސް މަރުކާ އަށް ނިސްބަތްކުރެވޭ ފޯނަކަށް ވާނެ ކަމަށް ވެސް ބުނެވެ އެވެ. އެއީ މި ފޯނާ އެކު "އެސް ޕެން" ހިމަނާނެތީ އެވެ.

ސެމްސަންގުން ކޮންމެ އަހަރެއްގެ ކުރީކޮޅު، ގެލަކްސީ އެސް މަރުކާގެ ފޯނެއް ނެރެ އެވެ. އަހަރުގެ ފަހުކޮޅު، ނޯޓެކެވެ. މި ދެ ފޯނު އެއްކޮށްލައި، އެއް ޑިވައިސްއަކަށް ހެދުމަށް ފަހު، އަހަރުގެ ފަހުކޮޅު ޚާއްސަކުރާނެ ކަމަށް ވަނީ ފަތްޖެހި ފޯނު ހަފުލާތަކަށެވެ. ގެލްކްސީ ފޯލްޑަށް އޮތް ވަގުތަކީ އެއީ އެވެ.

މި ވާހަކަތަކުގައި ހަރުދަނާ ކަމެއް ހުރި ކަމަށް ހީވި ނަމަވެސް، އަޑު އިވުނު ކަމަށް ވެސް ހަދާނެ ކަމެއް ނެތެވެ. މި ގޮތަށް ދައްކާ ކިތަންމެ ވާހަކައެއް، ފަނުފުލުން ގޮސްފައި ވެސް އެބަ ހުއްޓެވެ. މިއީ ފަހަރެގައި ވެދާނެ ކަމެކެވެ. އެކަމަކު ވެސް، ވެދާނެ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސެމްސަންގުން ގެލަކްސީ ފޯލްޑް އަށް ބޮޑު އަހަންމިޔަތުކަމެއް ދޭތީ އެބަ ފެނެ އެވެ.