އައިފޯނަށް އޯލެޑް ޑިސްޕްލޭ

"ރެޓީނާ ޑިސްޕްލޭ" އަކީ "ހައި ރެޒޮލޫޝަން" އާލަތްތަކާއި ޑިސްޕްލޭ ސްކްރީންތައް މާކެޓްކުރަން އެޕަލް އިން ބޭނުންކުރާ ލަފުޒެކެވެ. އެ މީހުން ދެކޭ ގޮތުގައި، "ރެޓިނާ ޑިސްޕްލޭ"ތަކަށް، ވާދަވެރި މާކެޓްގައި ޖާގަ އެބަ އޮތެވެ.


އައިފޯނާއި އައިޕެޑްގައި "އޯލެޑް" ޑިސްޕްލޭ އަޅުވާނެ ކަމަށް ބުނެ ވެ އެވެ. ޚަބަރު ރިޕޯޓްތަކުގައި އެ ކަމަށް އަލިއަޅުވައި، ވާހަކަދައްކާފައި ހުރެ އެވެ. "ރެޓިނާ ޑިސްޕްލޭ"ތަކަށް ޒަމާން ގުޑުވައިލެވޭ ނަމަ ކީއްކުރާ "އޯލެޑް" ޑިސްޕްލޭއެއް ހެއްޔެވެ؟

މަސްރަހުގައި އަޑުބަޑު ހުރި ގޮތަށް ބަލާއިރު، އައިފޯނުގައި "އޯލެޑް" ޑިސްޕްލޭ އަޅުވާނެ ކަމަށް ދެކެވޭ ވާހަކަތަަކީ ހަގީގަތެއް ކަމަށް ބުރަވެވެ އެވެ. ޖަޕާނުގެ މަޝްހޫރު ޝާޕް ކުންފުންޏާ އެކު އެޕަލުން އެ ވާހަކަތައް ދައްކާ ކަމަށް މިހާރު ވާހަކަ ދެކެވެ އެވެ.

ބްލޫމްބާގް ރިޕޯޓްކުރާ ގޮތުގައި އެޕަލް އިން ޝާޕް ކުންފުންޏާ އެކު ވާހަކަ ދައްކަނީ ކޮންމެހެން އެ އަށް ވުރެ މޮޅު ކުންފުންޏެއް ނުވެގެނެއް ނޫނެވެ. ޝާޕްގައި އުފެއްދުންތެރިކަން ހުރި ނިސްބަތުން އެ ކުންފުންޏާ އެކު އެއްބަސްވުމަކަށް ދާން އެޕަލް ބޭނުންވަނީ، އައިފޯނަށް ޑިސްޕްލޭ އުފެއްދުމުގައި ވަކި ކުންފުންޏަކަށް މުޅިން ބަރޯސާނުވުމަށެވެ.

އެޕަލް އިން އައިފޯނަށް ތައާރުފުކުރަމުން އަންނަ ޓެކްނޮލޮޖީ އަށް ބަލާއިރު، "ރެޓިނާ ޑިސްޕްލޭ" ޓެކްނޮލޮޖީ އަށް ވުރެ ސާފު، އަލިގަދަ ޑިސްޕްލޭ ޓެކްނޮލޮޖީއެއް އެޕަލް އަށް ބޭނުންވާ ކަމަށް ބުނެފައި ހުރެ އެވެ. އެޕަލް އަށް ވަފާތެރިންނާއި ނުރުހުން ނުވެ ފާޑުކިޔާ މީހުން ވެސް އެ ކަމަށް އެއްބަސްވެ އެވެ.

އައިފޯނަށް ޑިސްޕްލޭ އުފެއްދުމަށްޓަކައި އެޕަލުން ސެމްސަންގްއާ މަޝްވަރާކުރާ ކަމަށް ވެސް ބުނެ ވެ އެވެ. އައިފޯނަށް ޑިސްޕްލޭ އުފައްދަން އެލްޖީން ވެސް ބޭނުންވެ އެވެ. އެޕަލް އަށް އޮތީ އިޚްތިޔާރުކުރުމެވެ.