03 ޖެނުއަރީ

January 03, 2019 40
"ފިނިފެންމާ" ވީޑިއޯ ތަހުގީގުކުރުމާ މެދު ލަފާ ހޯދަނީ

ރައީސްގެ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މަންޒަރު ފެންނަ ވީޑިއޯއާ މެދު ސުވާލު އުފައްދާތީ އޭގެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ކުރައްވާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖެނުއަރީ

January 02, 2019 28
ޔަމަންގެ މީހާއާ ގުޅޭ ކަންކަން ސީރިއަސް: އިމްރާން

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް، ދައުވާއެއް ވެސް އަދި ޝަރީއަތެއް ވެސް ކުރުމަކާ ނުލައި މިދިޔަ އަހަރުން ފެށިގެން ހައްޔަރު ކޮށްފައި ހުންނަ ޔަމަނު މީހާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

13 ޑިސެމްބަރ

December 13, 2018 29
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން މިރޭ އޭނާ އެއްކޮށް މިނިވަންކޮށްފި އެވެ.

27 ނޮވެމްބަރ

November 27, 2018 10
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު،...

November 27, 2018 11
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، ނާޒިމް 11 އަހަރަށް ޖަލަށް...

25 ނޮވެމްބަރ

November 25, 2018 23
ނަޝީދުގެ ޖަލު ހުކުމާ މެދު މާދަމާ ގޮތެއް ނިންމަނީ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މާދަމާ ގޮތެއް ނިންމަން އެ ކޯޓުން ތާވަލްކޮށްފި އެވެ.

November 25, 2018 4
އެފްއައިޔޫން ގިނައިން ބެލީ ޓެރަރިޒަމަށް ކުރި ހަރަދު

މަރުކަޒީ ބެންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން މިދިޔަ އަހަރު އެންމެ ގިނައިން ބަލާފައިވަނީ ރާއްޖޭގައި ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ޝައްކު...

November 25, 2018
ސައުދަށް ކުރި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލައިފި

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު...

23 ނޮވެމްބަރ

November 23, 2018 9
މިނިވަންވެ "ސްނައިޕާ" ލަންކާއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ކަމުގެ ތުހުމަތުގައި މީގެ ތިން އަހަރު ކުރިން ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ސްރީ ލަންކާގެ ސްނައިޕަރު ލަހިރު މަޑިޝަންކަރްއާ، މިނިވަންވެ ރޭ އޭނާގެ ގައުމަށް ހިނގައްޖެ އެވެ.

22 ނޮވެމްބަރ

November 22, 2018 6
ކުރީގެ ޕީޖީ މުހުތާޒު މިނިވަން ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި 17 އަހަރަށް ޖަލަށްލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ހައިކޯޓުން މިނިވަން ކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2018 17
ނަޝީދުގެ ޖަލު ހުކުމްގެ މައްސަލަ ހުކުމާ ހަމަައަށް

ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.

18 ނޮވެމްބަރ

November 18, 2018 20
އިމްރާން ވަޒީރުކަން ކުރުމަށް ހުރަސް އެބައޮތް: ފާއިޒް

ރާއްޖޭގެ ވެރިކަމާ އިއްޔެ ހަވާލުވި އާ ސަރުކާރުގައި ހޯމް މިިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް އެ މަގާމު އަދާ ކުރައްވަން ހުރަސް އެބައޮތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

12 ނޮވެމްބަރ

November 12, 2018 25
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުހައްގުން ޖަލަށް ލައި އަނިޔާ ދިނުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ވިދާޅުވެ، ނާޒިމް ދެއްކެވި...

November 12, 2018 38
ނާޒިމްގެ ތުހުމަތު ރައީސް ޔާމީނާއި ހުސެއިން ވަހީދަށް!

ނުހައްގުން ޖަލަށް ލައި އަނިޔާ ދިނުމުގައި، ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ތުހުމަތު ކުރައްވައި، އެ...

08 ނޮވެމްބަރ

November 08, 2018 2
ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނަޝީދުގެ ފަރާތުން މިއަދު އެ ކޯޓަށް ޖަވާބު ހުށަހަޅައިފި އެވެ.

05 ނޮވެމްބަރ

November 05, 2018 37
ޖަލުގައި އިމްރާންގެ ބައިވެރިން: 19 ކޮތަރު!

ސިޔާސީ ކަންކަމަކީ، ބައެއް ފަހަރަށް، ބިރުވެރި މަސައްކަތެކެވެ. މޭޑޭގެ މުޒާހަރާ އަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުކުންނެވިި އިރު އެފަދަ، ދެތިން ހާލަތެއް މެދުވެރި ވެދާނެ ކަމަށް ވިސްނުން ބެހެއްޓެވި އެވެ. އެއީ، އޭނާ ހައްޔަރުކުރުން ނުވަތަ ހަށިގަނޑަށް ބަޔަކު ގެއްލުން ދިނުމެވެ. އެކަމަކު 12 އަހަރުގެ ނުހައްގު، ޖަލު ހުކުމެއް...

04 ނޮވެމްބަރ

November 04, 2018 8
ޖާނުންފިދާވާން ރޭވި ކަމަށް ބުނާ ދެ މީހުން ދޫކޮށްލައިފި

ޖާނުން ފިދާވެގެން ހަމަލައެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން ކްރިމިނަލް ކޯޓުން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

03 ނޮވެމްބަރ

November 03, 2018 23
އިމްރާނާއި އިބޫ ބައްދަލު ކުރައްވައިފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިއަދު ބައްދަލު ކުރައްވައިފި އެވެ.

November 03, 2018 33
ނޮވެމްބަރު 3، މޫސާ ޖަލީލުގެ ތަޖުރިބާ

މިއީ ނޮވެމްބަރު 3 ގެ ހަމަލާއަށް 25 އަހަރު ފުރުމާ ގުޅިގެން، 2013 ގައި، އަޅުގަނޑު އޭރުގެ "ހަވީރު" ނޫހަށް ލިއެދިން ރިޕޯޓެކެވެ. މިއަދު މި ރިޕޯޓް "މިހާރު"ގައި މި ޖަހަނީ ކިއުންތެރިންނަށް މި...

01 ނޮވެމްބަރ

November 01, 2018 21
އިމްރާން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ދޫކޮށްލަން ދާދި ދެންމެއަކު ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

29 އޮކްޓޯބަރ

October 29, 2018 7
ދީދީއާ ދެކޮޅަށް ކުރި ދައުވާ ބޭރުކޮށްލައިފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އާ ދެކޮޅަށް ދައުލަތުން 2015 ވަނަ އަހަރު ކުރި ދައުވާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

28 އޮކްޓޯބަރ

October 28, 2018 5
ޓެރަރިޒަމްގެ ދައުވާއިން އަމީން ސަލާމަތްވެއްޖެ

އެމްޑީޕީ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2018 19
ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންނަށް ނަޝީދުގެ ޝުކުރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި...

October 24, 2018 24
ނަޝީދަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ފޮނުވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

18 އޮކްޓޯބަރ

October 18, 2018 7
ބޮމެއް ބޭއްވި ކަމަށްބުނެ ޖަލަށްލި އެކަކު ސަލާމަތްވެއްޖެ

މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވި ކަމަށް ބުނެ ޖަލަށް ލި ހަތަރު މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހައި ކޯޓުން އޭނާ މިއަދު މިނިވަންކޮށްފި އެވެ.

14 އޮކްޓޯބަރ

October 14, 2018 37
އެމްސެވަން ރޯކޮށްލާނެ ކަމުގެ އިންޒާރުތަކެއް

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް ސެވަން ޕްރިންޓާސްގެ ފިހާރަތަކާއި ޗާޕްހާނާ ރޯކޮށްލާނެ ކަމަށް ބަޔަކު އިންޒާރު ދީފައިވާ ކަމަށް އެ ތަނުން ބުނެފި އެވެ.