ވ. ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ، ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފައި، ވާއިރު އެއީ ރާއްޖެ ދެ މީހަކާއި ސްރީލަންކާ މީހެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެރަށުގައި ބަނގުރާ ގެންގުޅެ ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މ. ލަކްސްގާޑް، އަހުމަދު އަޝްރަފާއި ގދ. ތިނަދޫ ބްލޫހެވަން އަމްޖަދު މުހައްމަދާއި ސްރީލަންކާ މީހެއް ކަމަށްވާ ނަލިން އިންދިކާ ކޮޑިކިރާ އެވެ.
ފުލުހުން ބުނީ ބޮޑުމޮހޮރާ ބަލައި، ފާސްކުރިއިރު އެރަށުން 24 ފުޅި ރާ ފެނިފައިވާ ކަމަށެވެ.