ސީރިއާގެ އާ ލީޑަރު އަހްމަދު އައް ޝަރާ (ވ) އާއި ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސައޫދީގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
28 އެޕްރީލް 2025 - 06:14
ސީރިއާއިން ވޯލްޑް ބޭންކަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ދަރަނި ސައޫދީ އަރަބިއްޔާ އާއި ގަތަރުން ދައްކައިދޭން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ސައޫދީ އާއި ގަތަރަކީ މިދިޔަ ޑިސެމްބަރު މަހު ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރި ފަހުން އެ ގައުމުގެ އާ ވެރިންނަށް ޑިޕްލޮމެޓި ގުޅުންތައް ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ގައުމެވެ.
"ސައުދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓްރީ އާއި ގަތަރު ގުޅިގެން މި އިއުލާނުކުރަނީ، ސީރިއާއިން ވޯލްޑް ބޭންކް ގްރޫޕަށް ލިބެންޖެހޭ ފައިސާ ހަމަޖައްސައިދޭން ވައުދުވެފައިވާކަންކަން. އެއީ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު،" އެ ބަޔާނުގައިވެ އެވެ.
މިކަން އިއުލާނުކޮށްފައި މި ވަނީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ ބައްދަލުވުންތަކުގައި ސީރިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ފިނޭންސް މިނިސްޓަރު 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންނެވިތާ ދުވަސްކޮޅެއް ފަހުންނެވެ.
ޑިމޮކްރަސީއަށް ގޮވާލައި ސީރިއާގައި ފެށި މުޒާހަރާތަކާ ދެކޮޅަށް ފެށި ލޭ އޮހޮރުވުމުގެ އޮޕަރޭޝަންތަކާ އެކު ސީރިއާގައި ފެށުނު ދާހިލީ ހަނގުރާމަ 14 އަހަރު ފަހުން މިދިޔަ އަހަރު ނިމުމަކަށް އައި އިރު ގައުމުގެ އިންފްރާސްޓްރަކްޗާގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހަނގުރާމަވެރިން ހޯދި ކުއްލި ކުރިއެރުންތަކުގައި ބައްޝާރު މަގާމުން ދުރުކޮށްފައިވާއިރު، ސީރިއާގެ އާ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކު އެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން އަލުން އާރާސްތު ކުރަން މަސައްކަތް ފަށައިފަ އެވެ.
ހަނގުރާމަ ފެށުމާ އެކު ވޯލްޑް ބޭންކުން ވަނީ ސީރިއާގެ އޮޕަރޭޝަންތައް މެދުކަނޑާލައިފަ އެވެ. ވޯލްޑް ބޭންކަށް ދަރަނި އަދާކުރުމުން މާލީ އެހީތެރިކަމާއި ފަންނީ ލަފާ ހޯދުމުގެ ފުރުސަތު ސީރިއާއަށް އަލުން ލިބިގެންދާނެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުބައި
28 April 2025
15 މިލިއަނެއްނޫން، 15 ބިލިއަން ކަމަށްވާނީ
ޮެޕެންޓު ހައުސް
28 April 2025
އެޔޮށް ވޮޑު ސީރިޔާގެ ދަރަންޏަކީ 15 މިލިޔަން ޑޮލަރު. އެ ޤައުމާ އަޅާ ބަލާއިރު ކައިވަތެއް ނުވާ ރާއްޖެއިން މި އުޅެނީ އަންނަ އަހަރު އެކަނިވެސް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހިގެން! ހެޔޮވާނީ ކިހިނެއްތަ؟
ބައްޝާރު
28 April 2025
އެއީ ވޯލްޑް ބޭންކަށް ދަރާފަހުރި ވަރު.. ވޯލްޑް ބޭންކުގެ ދަރަނި އަދާކުރީމަ އެހެން ލޯންތައްވެސް ދެންލިބޭނީ.. ރާއްޖެއަށްވުރެ އެމީހުން މުއްސަނދިވާނެ. ތެޔޮވިއްކާގެން އެވަރަށް ފައިސާހޯދާނެ.. ހަނގުރާމަ ކުރާތީ އެ ފަޤީރުވީ
އިސްމާލި
28 April 2025
ފާހަގަ ކޮއްލަން ރަނގަޅު ދޯ ސީރިޔާގެ ވެރިއާ ޖޮލާނަކީ އައިސިސް ގެ ބޮޑެއް ކަމާ، އެހެނަސް، އެމެރިކާ އާއި ޔޫރަޕުން މި ކަލޭގެ ވެރިއެއް ގެ ގޮތުގައި ބަލައިގަނެ، އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރުތަކުން (އަރަބި ގައަުމުތަކުން) ވެސް މިކަލޭގެ ހުދުކާފޫރަށް ހަދައި ބަލައިގެންފި ކަން. އަދި އިޒްރޭލުން ސީރިޔާގެ ބިންތައް ހިފައި ސުންނާފަތިކުރާ އިރުވެސް މީނާ ހަނު ހުންނަ ކަމާއި މި ކަމުން އަންގައިދެނީ ކޮން ކަމެއް ކަން.
ނޫސް
28 April 2025
15 މިލިއަން ޑޮލަރޭ؟ 15 ބިލިއަން ޑޮލަރު. ސާބަސް
މިއައު
28 April 2025
އިޒްރޭލުން ދައްކަ ދޭންވީނުން ޖޫލާނީ. ހުރިހާ ކަމެއް އެމީހުންނަށް ކޮށްދޭއިރު
ޅަބޯ
28 April 2025
ގއދރނ